Roadha Mihaaru
ސައުދީ ފަންޑުގެ އިސްވެރިންނާ ޝާހިދު ބައްދަލުކުރައްވައިފި

ސައުދީ ފަންޑުގެ އިސްވެރިންނާ ފޮރިން މިނިސްޓަރު ބައްދަލުކުރައްވައިފި

14 ފެބުރުއަރީ 2019

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސައުދީ ފަންޑުގެ އިސްވެރިންނާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސައުދީ ފަންޑުގެ އިސްވެރިންނާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ރަސްމީ ދަތުރުފުޅެއްގައި ހޯމަ ދުވަހު ސައުދީ އަށް ވަޑައިގެން އެ ގައުމުގައި ހޭދަކުރައްވާ ތިން ދުވަހު، ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުންނާއި، ރާއްޖޭގެ ތަރައްގީ އަށް ސައުދީން ވެދެވޭނެ އެހީތެރިކަމާ މެދު މަޝްވަރާ ކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.

މި ބައްދަލުވުމުގައި ސައުދީ ފަންޑުގެ ޗެއާމަން އަހްމަދު ބިން އަލް ހާތިބާ ބައްދަލުކުރައްވައި، އެ ފަންޑުގެ އެހީގައި ރާއްޖޭގައި ހިންގާ މަޝްރޫއުތަކާ ގުޅޭގޮތުން މިނިސްޓަރު މައުލޫމާތު ދެއްވި އެވެ. އަދި ރާއްޖެ ތަރައްގީކުރުމަށްޓަކައި ކުރިއަށް އޮތް ތަނުގައި ވެސް ސައުދީ ފަންޑުން އެހީ ދޭނެ ކަމަށް އަލް ހާތިބް ވިދާޅުވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު (ވ) ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރު ޑރ އިބްރާހިމް ބިން އަބްދުލްއަޒީޒް އަލް-އައްސާފް އާ ބައްދަލުކުރައްވަނީ -- ފޮޓޯ: ފޮރިން މިިނިސްޓްރީ

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު (ވ) ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރު ޑރ އިބްރާހިމް ބިން އަބްދުލްއަޒީޒް އަލް-އައްސާފް އާ ބައްދަލުކުރައްވަނީ -- ފޮޓޯ: ފޮރިން މިިނިސްޓްރީ

މީގެ އިތުރުން ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރު ޑރ އިބްރާހިމް ބިން އަބްދުލް އަޒީޒް އަލް-އައްސަފް އާ ވެސް މިނިސްޓަރު ވަނީ މިއަދު ބައްދަލުކުރައްވައިފަ އެވެ. މި ބައްދަލުވުމުގައި ރާއްޖެ އާއި ސައުދީއާ އޮންނަ ގާތް ގުޅުން ދަމަހައްޓަން ސައުދީން މަސައްކަތް ކުރައްވާނެ ކަމަށް ސައޫދީ ފޮރިން މިނިސްޓަރު ވިދާޅުވި އެވެ. އަދި ދެ ގައުމުގެ ދޭތެރޭގައި އޮންނަ އަހުވަންތަކަމުގެ ގުޅުން ދަމަހައްޓަން ސައުދީން އަބަދުވެސް ދެމިތިބޭނެ ކަމަށް ވިދާޅުވި އެވެ. މި ބައްދަލުވުމުގައި ޝާހިދު ވަނީ ސައުދީގެ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ފޮރިން މިނިސްޓަރާ އެކު ރައީސް އޮފީހުގެ ސެކެޓަރީ އޮފް ޕޮލިސީ އައިމިނަތު ޝައުނާ އާއި ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކެޓަރީ އަހުމަދު ޝިއާނާއި މިނިސްޓްރީގެ އެހެން ބައެއް އޮފިޝަލުންގެ އިތުރުން ސައުދީގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އިސް އޮފިޝަލުން ބައިވެރިވި އެވެ.