Roadha Mihaaru
އޯއައިސީ ސަމިޓުގެ ތައްޔާރީތަކަށް ޝާހިދު ސައޫދީ އަށް

އޯއައިސީ ސަމިޓުގެ ތައްޔާރީތަކަށް ޝާހިދު ސައޫދީ އަށް

28 މެއި 2019

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް (އޯއައިސީ)ގެ 14 ސަމިޓަށް ތައްޔާރުވުމަށް ބާއްވާ ބައްދަލުވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސައުދީ އަރަބިއްޔާ އަށް މިއަދު ވަޑައިގެންފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް (އޯއައިސީ)ގެ 14 ސަމިޓަށް ތައްޔާރުވުމަށް ބާއްވާ ބައްދަލުވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސައުދީ އަރަބިއްޔާ އަށް މިއަދު ވަޑައިގެންފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ޝާހިދު ސައޫދީ އަށް ފުރާވަޑައިގަތީ މައްކާ ގައި މާދަމާ އޮންނަ އޯއައިސީގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމަށް ކަމަށެވެ.

އޯއައިސީގެ ސަމިޓް އޮންނާނީ އަންނަ ހުކުރު ދުވަހު އެވެ.

މި ސަމިޓާ ގުޅޭ ގޮތުން ކުރެއްވި ޓްވީޓެއްގައި ޝާހިދު މިއަދު ވިދާޅުވީ، އިސްލާމީ އުއްމަތަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަަކާ ބެހޭ ގޮތުން އެ ސަމިޓުގައި މަޝްވަރާ ކުރާނެ ކަމަށެވެ.

އޯއައިސީ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މާދަމާ ސައޫދީ އަށް ފުރާވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުންޏެވެ.

ރައީސްގެ ތަރުޖަމާން އިބްރާހިމް ހޫދު މިއަދު ވިދާޅުވީ އޯއިސީ ސަމިޓުގައި ރައީސް ތަގުރީރު ކުރައްވާނެ ކަމަށެވެ. އެ ދަތުރުފުޅަށް ފަހު، ރައީސް އެނބުރި ރާއްޖެ ވަޑައިގަތުމަށް ނިންމަވާފައި ވަނީ އަންނަ މަހުގެ ތިން ވަނަ ދުވަހު ކަމަށް ހޫދު ވިދާޅުވި އެވެ.