Roadha Mihaaru
ރާއްޖޭން ވަކާލާތުކުރާނީ މުސްލިމުންގެ ހައްގުގައި: ޝާހިދު

ރާއްޖޭން އަބަދުވެސް ވަކާލާތުކުރަނީ މުސްލިމުންގެ ހައްގުގައި: ޝާހިިދު

04 މާޗް 2021

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގައި ރާއްޖޭން ބައިވެރިވެ ރާއްޖޭން އަންނަނީ މުސްލިމުންގެ ހައްގުތަކަށް އަބަދުވެސް ވަކާލާތުކުރަމުން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގައި ރާއްޖޭން ބައިވެރިވެ ރާއްޖޭން އަންނަނީ މުސްލިމުންގެ ހައްގުތަކަށް އަބަދުވެސް ވަކާލާތުކުރަމުން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

ޝާހިދު މިހެން ވިދާޅުވީ އޯއައިސީގެ މެމްބަރު ގައުމުތަކުން އދ. އަށް ކަނޑައަޅާފައިވާ ދާއިމީ މަންދޫބުންނާ އޮންލައިންކޮށް ރޭ ބޭއްވި ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގައި ޝާހިދު ވިދާޅުވީ 1976 ވަނަ އަހަރު ރާއްޖެއިން އޯއައިސީއާ ގުޅުނު ފަހުން އޯއައިސީގެ މެމްބަރު ގައުމުތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ރާއްޖޭން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، މުސްލިމުންގެ ހައްގުތަކާއި ޚާއްސަކޮށް ފަލަސްތީނު ރައްޔިތުންގެ ހައްގުތަކަށް ރާއްޖެއިން ވަކާލާތުކުރާ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން އާންމު ސިއްހީ މައްސަލަތަކާއި މޫސުމީ ބަދަލުތަކާއި ޓެރަރިޒަމް ހުއްޓުވުމަށް ރާއްޖެއިން ވަކާލާތު ކުރަމުން އަންނަ ކަމަށާއި އޯއައިސީ އުފެދުނު ފަހުން 1.5 ބިލިއަން މުސްލިމުންގެ ހައްގުތަކާ ގުޅިފައިވާ ކަންކަމުގައި އެ ޖަމްއިއްޔާއިން ވަކާލާތު ކުރަމުން އަންނަ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވި ދަތިތަކުން އަރައިގަތުމަށް އދ. ގެ އާންމު މަޖިލީހުގައި ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމާ ބެހޭ ގޮތުން ވެސް ޝާހިދު ވާހަކަ ދެއްކެވި އެވެ. އަދި މަލްޓިލޭޓަރަލް ސިސްޓަމް ވަރުގަދަކޮށް، ގައުމުތައް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވި އެވެ.