13 ފެބުރުއަރީ 2019
ބެންކޮކް (ފެބްރުއަރީ 13) - ތައިލެންޑުގެ އިންތިޚާބުގައި ވާދަކުރަން ނިންމުމުން ބައެއް މީހުން އެކަމަށް ރިއެކްޓްކުރި ގޮތާ މެދު ހިތާމަކުރާ ކަމަށް ޕްރިންސަސް އުބޮލްރަޓަނާ މަހިދޯލް ވިދާޅުވެއްޖެ އެވެ.
ބެންކޮކް (ފެބްރުއަރީ 13) - ތައިލެންޑުގެ އިންތިޚާބުގައި ވާދަކުރަން ނިންމުމުން ބައެއް މީހުން އެކަމަށް ރިއެކްޓްކުރި ގޮތާ މެދު ހިތާމަކުރާ ކަމަށް ޕްރިންސަސް އުބޮލްރަޓަނާ މަހިދޯލް ވިދާޅުވެއްޖެ އެވެ.
އިންތިޚާބުގައި މަހިދޯލް ވާދަކުރަން ނިންމެވި ނަމަވެސް ތައިލެންޑުގެ އިލެކްޝަންސް ކޮމިޝަނުން ވަނީ އޭނާ ޑިސްކޮލިފައި ކޮށްފަ އެވެ. އަދި ޕްރިންސަސް ނޮމިނޭޓް ކުރި ޕާޓީ އުވާލުމުގެ މަސައްކަތް ކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.
މަހިދޯލްގެ ނިންމެވުމަށް ރަސްގެފާން ވަޖިރަލޮންގްކޯން ވަނީ ހިތްޕުޅު ހަމަނުޖެހުން ފާޅުކުރައްވައިފަ އެވެ. ގަނޑުވަރުން ނެރުނު ބަޔާނެއްގައި ރަސްގެފާން ވިދާޅުވެފައި ވަނީ ޝާހީ އާއިލާގެ މެންބަރުން ބޮޑު ވަޒީރު ކަމަށް ވާދަކުރުމަކީ "ކަމާ ގުޅޭ ކަމެއް ނޫން ކަމަށާއި އެއީ ތައިލެންޑުގެ ސަގާފަތެއް ވެސް ނޫން" ކަމަށެވެ.
ޕްރިންސަސްގެ އިންސްޓަގްރާމް އެކައުންޓުގައި ވިދާޅުވެފައި ވަނީ އިޚްލާސްތެރިކަމާ އެކު ގައުމަށް ޚިދުމަތް ކޮށްދޭން ނުކުތުމުން ބައެއް މީހުން އެކަމާ މެދު ދުށް ގޮތާ މެދު ހިތާމަ ކުރާ ކަމަށެވެ. އަދި އެއީ މި ޒަމާނުގައި ކަންވެގެންވާނެ ގޮތް ނޫން ކަމަށް ވިދާޅުވި އެވެ.
އިންތިޚާބަށް މަހިދޯލް ނޮމިނޭޓްކޮށްފައި ވަނީ ކުރީގެ ބޮޑު ވަޒީރު ތަކްސިން ޝިނަވަޓްރާއާ ގުޅުން އޮންނަ ތައި ރަކްސާ ޗާޓް ޕާޓީންނެވެ. އެ ޕާޓީގެ ލީޑަރު ޕްރީޗަޕޯލް ޕޮންޕަނިޓް ވިދާޅުވީ ކެންޑިޑޭޓެއްގެ ގޮތުގައި ޕްރިންސަސް ނެރެން އުޅުނީ ރަނގަޅު ނިޔަތުގައި ކަމަށެވެ.
ޕްރިންސަސް މަހިދޯލް ވަނީ އެމެރިކާގެ މަޝްހޫރު މެސަޗޫސެޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީން ތައުލީމް ހާސިލް ކުރައްވައިފަ އެވެ. އެމެރިކާ މީހަކާ 1972 ވަނަ އަހަރު ކައިވެނި ބައްލަވައިގަތުމަށް ފަހު ޝާހީ ހުރިހާ ލަގަބެއް ދޫކޮށްލެއްވި އެވެ. ނަމަވެސް 2001 ވަނަ އަހަރު ތައިލެންޑަށް އެނބުރި ވަޑައިގެން އަލުން ޝާހީ ދިރިއުޅުއްވުމަށް ވަޑައިގެންނެވި އެވެ. ސޯޝަލް މީޑިއާގައި ހަރަކާތްތެރި ޕްރިންސަސް ވަނީ ތައިލެންޑުގެ ބައެއް ފިލްމުތައް ވެސް ކުޅުއްވައިފަ އެވެ. އެކަމަނާ އަށް ތިން ބޭފުޅުން ލިބިވަޑައިގެންނެވި އެވެ. މީގެ ތެރޭން އެއް ބޭފުޅަކު ވަނީ 2004 ވަނަ އަހަރުގެ ސުނާމީގައި އަވަހާރަވެފަ އެވެ. އަނެއް ދެ ބޭފުޅުން ދިރިއުޅުއްވަނީ ތައިލެންޑުގަ އެވެ.
ތަކްސިންއަށް ރަސްގެފާނު މާފު ދެއްވައިފި
ޕީތާ ވެރިކަމަށް އައުން ހުއްޓުވި މައްސަލަ ބަލައިނުގަތް
ޕީތާ، ތައި ބޮޑުވަޒީރުކަމަށް އައްޔަނުކުރުން ހުއްޓުވައިފި
ތައިލެންޑްގައި އާ ސަރުކާރެއް އުފެއްދިދާނެކަމާމެދު ސުވާލު
އިންތިހާބާއެކު ތައިލެންޑްގެ އަސްކަރީ ވެރިކަން ނިމުމަކަށް
ލީޑަރު ދިން ލޯނަކާ ގުޅިގެން އިދިކޮޅު ޕާޓީ އުވާލައިފި
ތައިލެންޑުގެ ޕްރިންސަސް ނޮމިނޭޓްކުރި ޕާޓީ އުވާލަނީ
ތައިލެންޑުގެ ޕްރިންސަސް އިންތިޚާބުން ބޭރުކޮށްފި
ތައިލެންޑުގެ އިންތިޚާބަށް ކެމްޕޭން ކުރުމުގެ ހުއްދަ ދީފި
ހަތަރު އަހަރަށް ފަހު ތައިލެންޑުގައި ސިޔާސީ ހަރަކާތްތަކަށް ހުއްދަ