ތައިލެންޑްގައި މިދިޔަ މެއި މަހު ބޭއްވި އިންތިހާބު ކާމިޔާބު ކުރެއްވި ޕީތާ ލިމްޖަރޮއެންރާތު، ބޮޑުވަޒީރުގެ މަގާމަށް އައްޔަން ކުރުން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން އަނެއްކާވެސް ހުއްޓުވައިފި އެވެ.
20 ޖުލައި 2023
ތައިލެންޑްގައި މިދިޔަ މެއި މަހު ބޭއްވި އިންތިހާބު ކާމިޔާބު ކުރެއްވި ޕީތާ ލިމްޖަރޮއެންރާތު، ބޮޑުވަޒީރުގެ މަގާމަށް އައްޔަން ކުރުން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން އަނެއްކާވެސް ހުއްޓުވައިފި އެވެ.
ޕީތާ ވަނީ ތައިލެންޑުގެ ގާނޫނު ހަދާ މަޖިލީހުގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ މެޖޯރިޓީ ލިބޭ ގޮތަށް ކޯލިޝަނެއް އެކުލަވާލައިފަ އެވެ.
އެކަމަކު މިދިޔަ ހަފުތާގައި ބޮޑުވަޒީރު ކަމަށް އޭނާގެ ނަން ހުށަހެޅުއްވުމުން، ހައުސް އާއި ސެނެޓުން ޖޮއިންޓް ވޯޓެއްގައި އެކަމަށް ދެކޮޅު ހެދީ އެ ގައުމުގެ އަސްކަރިއްޔާ އިން އައްޔަން ކޮށްފައިވާ ސެނެޓަރުން އިސްވެ އެވެ.
ތައިލެންޑުގެ އަސްކަރިއްޔާގެ ކޮންޓްރޯލް އޮންނަ ޕާޓީތަކުގެ މައްޗަށް ޕީތާގެ މޫވް ފޯވަޑް ޕާޓީން ކުރި ހޯދައި، އިންތިހާބު ކާމިޔާބުކުރި ފަހުން މިހާރު 65 ދުވަސް ވެއްޖެ އެވެ. މިދިޔަ މާޗް މަހުން ފެށިގެން ތައިލެންޑުގައި ވެރިކަން ކުރަމުންދަނީ ވަގުތީ ސަރުކާރަކުންނެވެ.
ޕީތާ ބޮޑުވަޒީރުކަމަށް އައްޔަން ކުރުން ހުއްޓުވުމުން އެ މަނިކުފާނުގެ އެތަކެއް ހާސް ސަޕޯޓަރުން ވަނީ މަގުތަކަށް ނުކުމެ އިހުތިޖާޖުކޮށްފަ އެވެ. ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ގިނަ ބަޔަކު ވަނީ ސެނެޓަރުންނަށް ގޮވާލައިފަ އެވެ.
ކުންފުންޏެއްގައި ހިއްސާ އޮއްވައި އިންތިހާބުގައި ޕީތާ ކުރިމަތިލެއްވި ކަމަށް ބުނެ ހުށަހެޅި މައްސަލައެއް ތައިލެންޑުގެ ދުސްތޫރީ ކޯޓަކުން އަންނަނީ ބަލަމުންނެވެ. އެ މައްސަލަ ކޯޓުން ނިމެންދެން، މަޖިލީހުގެ މެމްބަރުކަމުން ޕީތާ ވަނީ ސަސްޕެންޑު ވެސް ކޮށްފަ އެވެ.
ތަކްސިންއަށް ރަސްގެފާނު މާފު ދެއްވައިފި
ޕީތާ ވެރިކަމަށް އައުން ހުއްޓުވި މައްސަލަ ބަލައިނުގަތް
ތައިލެންޑްގައި އާ ސަރުކާރެއް އުފެއްދިދާނެކަމާމެދު ސުވާލު
އިންތިހާބާއެކު ތައިލެންޑްގެ އަސްކަރީ ވެރިކަން ނިމުމަކަށް
ލީޑަރު ދިން ލޯނަކާ ގުޅިގެން އިދިކޮޅު ޕާޓީ އުވާލައިފި
އިންތިޚާބަށް ކުރިމަތިލުމުން ކަންވީ ގޮތާ މެދު ދެރަވަން
ތައިލެންޑުގެ ޕްރިންސަސް ނޮމިނޭޓްކުރި ޕާޓީ އުވާލަނީ
ތައިލެންޑުގެ ޕްރިންސަސް އިންތިޚާބުން ބޭރުކޮށްފި
ތައިލެންޑުގެ އިންތިޚާބަށް ކެމްޕޭން ކުރުމުގެ ހުއްދަ ދީފި
ހަތަރު އަހަރަށް ފަހު ތައިލެންޑުގައި ސިޔާސީ ހަރަކާތްތަކަށް ހުއްދަ