12 މެއި 2023
ބެންކޮކް (މެއި 12) - މީގެ ނުވަ އަހަރު ކުރިން ފެށިގެން ތައިލެންޑުގައި ހިންގާ އަސްކަރީ ވެރިކަން އަންނަ އާދިއްތަ ދުވަހު އެ ގައުމުގައި ބާއްވާ އިންތިހާބާ އެކު ނިމޭނެ ކަމަށް ލަފާކޮށްފި އެވެ.
ބެންކޮކް (މެއި 12) - މީގެ ނުވަ އަހަރު ކުރިން ފެށިގެން ތައިލެންޑުގައި ހިންގާ އަސްކަރީ ވެރިކަން އަންނަ އާދިއްތަ ދުވަހު އެ ގައުމުގައި ބާއްވާ އިންތިހާބާ އެކު ނިމޭނެ ކަމަށް ލަފާކޮށްފި އެވެ.
ރަސްކަމެއް އޮތަސް، ބަރުލަމާނީ ނިޒާމެއް އޮންނަ ތައިލެންޑްގެ އިންތިހާބުގައި އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ ދެ ޕާޓީއެއްގެ ދެމެދުގަ އެވެ. "ޕޭއު ތައި" އާއި "ޕްރޮގްރެސިވް މޫވް ފޯވާޑް" އިން ވެސް ވަނީ ވެރިކަން ލިބިއްޖެ ނަމަ ތައިލެންޑުގެ ސިޔާސީ ކަންކަމުގެ ތެރެއިން އަސްކަރިއްޔާ ނެރޭނެ ކަމަށް ބުނެފަ އެވެ.
ޕޭއު ތައި ޕާޓީން ބޮޑުވަޒީރު ކަމަށް ވާދަކުރައްވާނެ ކަމަށް ބެލެވޭ ތިން ކެންޑިޑޭޓުންގެ ތެރެއިން އެއް ބޭފުޅަކީ ކުރީގެ ބޮޑުވަޒީރު ޓަކްސިން ސިނަވަޓްރާގެ ދަރިކަނބަލުން ޕެޓޮންގްޓަން ޝިނަވަޓްރާ އެވެ.
ޕެޓޮންގްޓަންގެ ބޮޑުދައިތަ ޔިންގްލަކް ވެސް ވަނީ ކުރިން ސަރުކާރު ހިންގަވައިފަ އެވެ. އެ ދެ ބޭފުޅުންގެ ވެރިކަމާ ދެކޮޅަށް ވެސް އަސްކަރިއްޔާ ނުކުމެ ބޮޑުވަޒީރު ކަމުން ދުރު ކުރި އެވެ.
ތައިލެންޑްގެ ރަށްފުށު ހިސާބުގެ މީހުންގެ މެދުގައި މަގުބޫލު ޓަކްސިންގެ ޕާޓީން ވަނީ 2001 ގައި ބޭއްވި ހުރިހާ އިންތިހާބެއް ކާމިޔާބު ކޮށްފަ އެވެ. އެކަމަކު މި ފަހަރުގެ އިންތިހާބު ތަފާތު ވެދާނެ ކަމަށް ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.
މިދިޔަ ހަފުތާގައި ނެގި ހިޔާލު ހޯދުމުގެ ވޯޓުތައް ދައްކާ ގޮތުން ފޯވާޑް ޕާޓީގެ ފަރާތުން ބޮޑުވަޒީރު ކަމަށް ވާދަކުރާ ޕިޓާ ލިމްޖަރޮއެންރާޓް ކުރި ހޯދަ އެވެ.
ދެ ޕާޓީން ވެސް އެންމެ ބޮޑަށް ކެމްޕޭން ކުރަނީ އިގްތިސޯދު ވަރުގަދަ ކުރުމަށާއި ލާމަރުކަޒީ ނިޒާމުގެ ދަށުން އެހެން ސަރަހައްދުތަކުގައި ވެރިކަން ކުރުމުގެ ފުރުސަތު ދިނުމަށާއި ސިޔާސީ ކަންތަކުން އަސްކަރިއްޔާ ބޭރު ކުރުމަށެވެ.
މީގެ ތިން އަހަރު ކުރިން ޒުވާނުންގެ ހަރަކާތަކުން ވަނީ ތައިލެންޑުގެ އަސްކަރީ ވެރިކަން ނިންމައި އިންތިހާބު ބާއްވަން މުޒާހަރާތަކެއް ކޮށްފަ އެވެ.
ކުރީގެ ބޮޑުވަޒީރަށް އެއް ބިލިއަން ޑޮލަރުގެ ޖޫރިމަނާއެއް
ތަކްސިންއަށް ރަސްގެފާނު މާފު ދެއްވައިފި
ޕީތާ ވެރިކަމަށް އައުން ހުއްޓުވި މައްސަލަ ބަލައިނުގަތް
ޕީތާ، ތައި ބޮޑުވަޒީރުކަމަށް އައްޔަނުކުރުން ހުއްޓުވައިފި
ތައިލެންޑްގައި އާ ސަރުކާރެއް އުފެއްދިދާނެކަމާމެދު ސުވާލު
ތައިލޭންޑްގެ މަނަވަރެއް ފެތި ސިފައިންތަކެއް ގެއްލިއްޖެ
ރައީސް ޕުޓިން އާއި ރައީސް ޝީ މަޝްވަރާ ކުރައްވައިފި
ލީޑަރު ދިން ލޯނަކާ ގުޅިގެން އިދިކޮޅު ޕާޓީ އުވާލައިފި
އިންތިޚާބަށް ކުރިމަތިލުމުން ކަންވީ ގޮތާ މެދު ދެރަވަން
ތައިލެންޑުގެ ޕްރިންސަސް ނޮމިނޭޓްކުރި ޕާޓީ އުވާލަނީ