Roadha Mihaaru
ޝިމާޒް، ޓްރާންސްޕޯޓް މިނިސްޓަރުގެ ނައިބަކަށް

ޝިމާޒް، ޓްރާންސްޕޯޓް މިނިސްޓަރުގެ ނައިބަކަށް

10 ފެބުރުއަރީ 2019

ރާއްޖޭގެ ފުޓުބޯޅަ އިދާރާ، އެފްއޭއެމާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ކުރީގެ މީޑިއާ އޮފިސަރު ޝިމާޒް އަލީ އަށް ޓްރާންސްޕޯޓް މިނިސްޓަރުގެ ނައިބުކަން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ދެއްވައިފި އެވެ.

ސަރުކާރު ހިންގާ ކޯލިޝަން ގައި ހިމެނޭ މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ސްލޮޓެއްގައި ޝިމާޒަށް ޓްރާންސްޕޯޓް މިނިސްޓަރުގެ ނައިބުކަން ދެއްވިއިރު، އެ މިނިސްޓްރީގައި މިހާރު ވެސް ދެ ޑެޕިއުޓީ މިނިސްޓަރުން ތިއްބަވަ އެވެ. އަދި ދެ ސްޓޭޓް މިނިސްޓަރުން އެބަތިއްބެވި އެވެ.

ޝިމާޒް ވަނީ ފިޝަރީޒް އެގްރިކަލްޗަރ އެންޑް މެރިން ރިސޯސް މިނިސްޓްރީ ގައި ޕްރޮގްރާމް އޮފިސަރެއްގެ މަގާމު ފުރުއްވައިފަ އެވެ. އޭނާ އަކީ މިހާރު ވެސް 'މޯލްޑިވްސްފުޓުބޯލްޑޮޓްކޮމްގެ' އެޑިޓަރެވެ.

މި ސަރުކާރުގައި މިހާރު 62 ޑެޕިއުޓީ މިނިސްޓަރުން އެބަތިއްބެވި އެވެ. އެއީ އެ ފެންވަރުގެ މަގާމުތައް ހިމަނައިގެންނެވެ.

ޑެޕިއުޓީ މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު ލިބިވަޑައިގަންނަވާނީ 35،500ރ. އެވެ. އެއީ 20،500ރ. ގެ މުސާރަ އަކާއި 15،000ރ. ގެ އެލަވަންސެކެވެ.