Roadha Mihaaru
ވަލީދާ އާއި ޝާމިންއަށް ޑެޕިއުޓީ މިނިސްޓަރު ކަން

ވަލީދާ އާއި ޝާމިން ޑެޕިއުޓީ މިނިސްޓަރު ކަމަށް އައްޔަން ކުރައްވައިފި

23 ޑިސެމްބަރ 2018

ކުރީގެ ފިލްމީތަރި ވަލީދާ ވަލީދާއި ކުރީގެ ނޫސްވެރިޔާ އަލީ ޝާމިން ދެ މިނިސްޓްރީއެއްގެ ޑެޕިއުޓީ މިނިސްޓަރު ކަމަށް އައްޔަން ކުރައްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ފިލްމީތަރި ވަލީދާ ވަލީދާއި ކުރީގެ ނޫސްވެރިޔާ އަލީ ޝާމިން ދެ މިނިސްޓްރީއެއްގެ ޑެޕިއުޓީ މިނިސްޓަރު ކަމަށް އައްޔަން ކުރައްވައިފި އެވެ.

ޖުމްހޫރީ ޕާޓީގެ އަންހެނުން ގޮފީގެ ރައީސް ކަން ކުރައްވާ ވަލީދާ އައްޔަން ކުރެއްވީ އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށެވެ. ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު ޝާމިން އައްޔަން ކުރެއްވީ ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށެވެ.

ޝާމިން --ފޮޓޯ/ފޭސްބުކް

ޝާމިން --ފޮޓޯ/ފޭސްބުކް

އެ ދެ ބޭފުޅުން އެ މަގާމަށް އައްޔަން ކުރެއްވީ މިއަދުގެ ވަގުތެއްގަ އެވެ. އެކަމަކު ރައީސް އޮފީހުން އެކަން އަދި އިއުލާނެއް ނުކުރެ އެވެ.

ވަލީދާ އާއި ޝާމިން އައްޔަން ކުރުމުގެ ކުރިން މިއަދު ވަނީ އެހެން ދެ ބޭފުޅަކު ވަނީ ދެ މިނިސްޓްރީއެއް ސްޓޭޓް މިނިސްޓަރު ކަމަށް ވެސް އައްޔަން ކުރައްވައިފަ އެވެ.

ވަލީދާ އާއި ޝާމިންއާ އެކު، މި ސަރުކާރުގައި މިހާރު ތިއްބެވި ޑެޕިއުޓީ މިނިސްޓަރުން އަދި އެ ފެންވަރުގެ މަގާމުތަކުގެ އަދަދަކީ 43 އެވެ. ސްޓޭޓް މިނިސްޓަރުން އަދި އެ ފެންވަރުގެ މަގާމުގެ އަދަދު ވެސް ވަނީ މިއަދާ ހަމައަށް 43 އަށް އަރައިފަ އެވެ.

ޑެޕިއުޓީ މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު ލިބިވަޑައިގަންނަވާނީ 35،500ރ. އެވެ. އެއީ 20،500ރ. ގެ މުސާރަ އާއި 15،000ރ. ގެ އެލަވަންސެކެވެ.

ސްޓޭޓް މިނިސްޓަރެއްގެ މުސާރަ އަކީ މަހަކު 32،000ރ. އެވެ. އޭގެ އިތުރުން ސްޓޭޓް މިނިސްޓަރަކަށް މަހަކު 15،000ރ. ގެ އެލަވަންސެއް ލިބިވަޑައިގަންނަވާނެ އެވެ. އެހެންވެ، ކޮންމެ ސްޓޭޓް މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި މަހަކު 47،000ރ. ލިބިވަޑައިގަންނަވާނެ އެވެ.