28 ޖެނުއަރީ 2019
ހަ މިނިސްޓްރީ އަކަށް މިނިސްޓަރުންގެ ނައިބުންގެ ގޮތުގައި އަށް ބޭފުޅަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އައްޔަން ކުރައްވައިފި އެވެ.
ހަ މިނިސްޓްރީ އަކަށް މިނިސްޓަރުންގެ ނައިބުންގެ ގޮތުގައި އަށް ބޭފުޅަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އައްޔަން ކުރައްވައިފި އެވެ.
މި ބޭފުޅުންނާ އެކު ރައީސް އޮފީހުގައި ތިއްބެވި ޑެޕިއުޓީ މިނިސްޓަރުން ފެންވަރުގެ ބޭފުޅުން ހިމެނޭ ގޮތުން މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުގެ އަދަދު މިހާރު 50 އަށް ވުރެ މަތިވީ އެވެ.
މުހައްމަދު ފިރުޒުލް ހުސައިން ފިރާޒް، ހ. ކަޅުވަކަރުގޭ/ ފިނޭންސް މިނިސްޓަރުގެ ނައިބު.
މުހައްމަދު އަންސާރު، ސ. ހުޅުދޫ، ހެޕީޑްރީމް/ ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރުގެ ނައިބު.
ހަމަދު އަބްދުލްޣަނީ، ގ. ސައިމާ/ ޓްރާންސްޕޯޓް މިނިސްޓަރުގެ ނައިބު.
އަހްމަދު މުހްސިން، ހދ. ނައިވާދޫ، ގުލްފާމްގޭ/ އާޓްސް އެންޑް ކަލްޗަރު މިނިސްޓަރުގެ ނައިބު.
ހުސެއިން ޒާމިރު، ހދ. ވައިކަރަދޫ، ޖޭޒްމީން/ އިކޮނޮމިކް މިނިސްޓަރުގެ ނައިބު.
ފާތުމަތު ނިއުމާ، ގ. ހިމާލިޔާގެ/ ޖެންޑާ އެންޑް ފެމިލީ މިނިސްޓަރުގެ ނައިބު.
ރިޔާޒް މަންސޫރު، މއ. މަނަސް/ ޖެންޑާ އެންޑް ފެމިލީ މިނިސްޓަރުގެ ނައިބު.
ފާތިމަތު ޔުމްނާ، ގ. ރަންދެލި/ ޖެންޑާ އެންޑް ފެމިލީ މިނިސްޓަރުގެ ނައިބު.
ރައީސް އޮފީހުން ކުރިން ބުނެފައިވާ ގޮތުގައި މި ސަރުކާރަށް ހަމަޖައްސާނީ 39 ސްޓޭޓް މިނިސްޓަރުންނާއި 50 ޑެޕިއުޓީ މިނިސްޓަރުންނެވެ.
ޑެޕިއުޓީ މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު ލިބިވަޑައިގަންނަވާނީ 35،500ރ. އެވެ. އެއީ 20،500ރ. ގެ މުސާރަ އާއި 15،000ރ. ގެ އެލަވަންސެކެވެ.
ސަސްޕެންޑްކުރި ޝުކޫރަށް ޑެޕިއުޓީ މިނިސްޓަރުކަން
ޝާތިރު ޓެކްނޮލޮޖީ މިނިސްޓްރީގެ ނައިބަކަށް ހަމަޖައްސައިފި
މަބްރޫކް ރައީސް އޮފީހުގެ އިިސް މަގާމަކަށް
ޝިމާޒް، ޓްރާންސްޕޯޓް މިނިސްޓަރުގެ ނައިބަކަށް
ކޮލިފިކޭޝަން އޮތޯރިޓީއަށް ހަންނާން،ޕޮލިޓެކްނިކަށް ނާސިރު
އިސްލާމިކް މިނިސްޓްރީގެ ނައިބަކަށް ޝާފިއު
ވަލީދާ އާއި ޝާމިންއަށް ޑެޕިއުޓީ މިނިސްޓަރު ކަން
ދެ މިނިސްޓްރީއަކަށް ޑެޕިއުޓީ މިނިސްޓަރުން ހަމަޖައްސައިފި
އިތުރު ތިން ޑެޕިއުޓީ މިނިސްޓަރުން އައްޔަން ކުރައްވައިފި
ދެ މިނިސްޓްރީ އަކަށް ނައިބުން އައްޔަން ކުރައްވައިފި