10 ފެބުރުއަރީ 2019
ތިމާވެށީގެ ހިމާޔަތުގައި ކުރާ މަސައްކަތުގެ ތެރެއިން، އަންނަ އަހަރު ޖަޕާނުގައި ބާއްވާ އޮލިމްޕިކްސް ގޭމްސް ވެގެން ދާނީ ތިމާވެއްޓާ ރައްޓެހި މުބާރާތަކަށެވެ. މި މުބާރާތުގައި ދޭ ހުރިހާ މެޑެލްތަކަކީ ކުނިބުނި ރިސައިކަލްކޮށްގެން ތައްޔާރުކޮށްފައިވާ އެއްޗެހި ކަމަށް ޖަޕާނުން ބުންޏެވެ.
ތިމާވެށީގެ ހިމާޔަތުގައި ކުރާ މަސައްކަތުގެ ތެރެއިން، އަންނަ އަހަރު ޖަޕާނުގައި ބާއްވާ އޮލިމްޕިކްސް ގޭމްސް ވެގެން ދާނީ ތިމާވެއްޓާ ރައްޓެހި މުބާރާތަކަށެވެ. މި މުބާރާތުގައި ދޭ ހުރިހާ މެޑެލްތަކަކީ ކުނިބުނި ރިސައިކަލްކޮށްގެން ތައްޔާރުކޮށްފައިވާ އެއްޗެހި ކަމަށް ޖަޕާނުން ބުންޏެވެ.
އެގޮތުން މެޑެލް ތައްޔާރުކޮށްފައި ހުންނާނީ ކުނީގެ ގޮތުގައި އުކާލައިފައިވާ ފޯނާއި ލެޕްޓޮޕާއި އެ ނޫން ވެސް އިލެކްޓްރޯނިކް ސާމާނުތައް ރިސައިކަލްކޮށްގެންނެވެ. މި ޕްރޮޖެކްޓް ފަށާފައި ވަނީ 2017 ގަ އެވެ.
އަމާޒަކީ މެޑެލްތައް ތައްޔާރު ކުރަން އިލެކްޓްރޯނިކް ކުނިބުނިން 30.3 ކިލޯގެ ރަން، 4،100 ކިލޯގެ ލޯ އަދި 2،700 ކިލޯގެ ރަންވަންލޯ އެއްކުރުމެވެ. މި މަސައްކަތުގައި ހަރަކާތްތެރިވާ ޓީމުން ބުނާ ގޮތުގައި އެ މީހުންގެ ޓާގެޓަށް އަންނަ މަހުގެ ތެރޭގައި ވާސިލުވެވޭނެ އެވެ.
މިކަމަށްޓަކައި މިދިޔަ ނޮވެމްބަރު މަހާ ހަމައަށް 47،488 ޓަނުގެ ސާމާނު އެއްކޮށްފައިވާ އިރު، އޭގެ ތެރޭގައި އާންމުންގެ ފަރާތުން ލިބުނު ފަސް މިލިއަން ބައު ފޯނު ވެސް ހިމެނެ އެވެ.
ޖަޕާނުގައި ބާއްވާ އޮލިޕިކް އަދި ޕެރަލިމްޕިކް ގޭމްސްގެ މެޑަލްތައް މި އަހަރު ފަހުކޮޅު ޖަޕާނުން ދައްކައިލާނެ އެވެ.
ދެހާސް ސޯޅަ ވަނަ އަހަރު ބްރެޒިލްގެ ރިއޯގައި ވެސް ބޭއްވި އޮލިމްޕިކް ގޭމްސްގައި ދިން ލޯ އާއި ރަންވަންލޯ މެޑަލްގެ ތެރެއިން 30 ޕަސަންޓަކީ ރިސައިކަލްކޮށްގެން ތައްޔާރު ކުރި މެޑެލްތަކެވެ.
ޖަޕާނުގެ ޓޯކިއޯގައި ބާއްވާ އޮލިމްޕިކާއި ޕެރަލިމްޕިކް ގޭމްސް ކުރިއަށް ދާނީ ޖުލައި، 24، 2020 އިން އޮގަސްޓް، 9، 2020 އަށެވެ.
އޮލިމްޕިކްސް އަށް ކަރުދާސް އެނދު
އޮލިމްޕިކްސް އަށް ކުނިން ހެދި މެޑަލްތައް ދައްކާލައިފި
މުއްސަނދި ގައުމުތަކުގެ ވެރިން އިލެކްޓްރޯނިކް ކުނިބުނިން
ކުއްޖަކަށް އެހީވާން އޮލިމްޕިކް މެޑަލް ވިއްކާލައިފި
މެޑަލްގައި މޭޔަރު ދަތްއެޅުމުން އާ މެޑަލްއެއް ދެނީ
އޮލިމްޕިކްސްގައި ދޭ މާބޮނޑީގައި ހާއްސަ ހަނދާންތަކެއް
އެތުލީޓުން މެޑެލްގައި ދަތް އަޅަނީ ކީއްވެ؟
މެޑަލް ހޯދާ އެތުލީޓުންނަށް ފިލްމު ޓިކެޓް އުމުރަށް ހިލޭ
އޮލިމްޕިކްސް އެތުލީޓުންނަށް ސެމްސަންގުން ފޯނެއް
ގައުމުތައް ސިފަކޮށްދިން ގޮތުން ހޫނުފެނަށް