07 ފެބުރުއަރީ 2019
ތެލުގެ އަގަށް އަންނަ ބަދަލަކީ ދުނިޔޭގެ އިގްތިސާދީ އެކި އެކި މުއާމަލާތްތަކަށް އަސަރު ކުރާނެ ކަމެކެވެ. މިދިޔަ އަހަރުގެ ފަހު ކޮޅު ތެލުގެ އަގަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވެ އެވެ. ނޮވެމްބަރު މަހު 25 ޕަސެންޓަށް ތެލުގެ އަގު ހެޔޮވި އެވެ.
ތެލުގެ އަގަށް އަންނަ ބަދަލަކީ ދުނިޔޭގެ އިގްތިސާދީ އެކި އެކި މުއާމަލާތްތަކަށް އަސަރު ކުރާނެ ކަމެކެވެ. މިދިޔަ އަހަރުގެ ފަހު ކޮޅު ތެލުގެ އަގަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވެ އެވެ. ނޮވެމްބަރު މަހު 25 ޕަސެންޓަށް ތެލުގެ އަގު ހެޔޮވި އެވެ.
އޭގެ ކުރިން 2017 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ވެސް ތެލުގެ އަގަށް ބޮޑު ބަދަލެއް ދުނިޔޭގެ ބާޒާރުގައި އައިސްފައިވެ އެވެ. އެގޮތުން ތެޔޮ އުފައްދާ ގައުމުތައް ކަމަށްވާ އެމެރިކާ، ރަޝިއާ، ސައުދީ އަރަބިޔާގައި ވެސް ތެލުގެ އަގު ހެޔޮވި އެވެ. ތެލުގެ އަގު މި ފާތުވެދިޔަ ދުވަސްތަކުގައި އެކި ފަހަރު މަތިން ހެޔޮވި ނަމަވެސް އިރާނަށް އދ. އިން ދަތި ކުރުމުގެ ފިޔަވަޅު އެޅުމާ އެކު ދުނިޔޭގެ ތެލުގެ ބާޒަށް ބޮޑު ކިލަނބު ކަމެއް ކުރިމަތިވެދާނެ ކަމުގެ ބިރު އޮތް ކަމަށް އޭރުވެސް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ދިޔައީ ފާހަގަކުރަމުންނެވެ. އީރާނަކީ ދުނިޔޭގައި ހަތް ވަނަ އަށް އެންމެ ގިނައިން ތެޔޮ އުފައްދާ ގައުމެވެ.
އެމެރިކާއިން ތެލުގެ އަގު ބޮޑު ކުރުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެޔޮ އެތެރެކުރާ ފަރާތްތަކަށް ވެސް އަގު ބޮޑުކުރަން ވަނީ މަޖުބޫރުވެފަ އެވެ. މީގެ އިތުރުން އެމެރިކާ އާއި ޗައިނާއާ ދެމެދު ކުރިއަށްދާ ވިޔަފާރީގެ ހަނގުރާމައާ ގުޅިގެން މިއަހަރު ދުނިޔޭގެ އިގްތިސާދު ކުރިއާނެ މިންވަރާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.
ތެލުގެ ވިޔަފާރިކުރާ ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް (ވީޓީއައި) އިން ބުނީ ތެޔޮ އުފައްދަންކުރާ ހަރަދުތައް އެއް ދުވަހުން އަނެއް ދުވަހަށް ބާރު ސްޕީޑުގައި އެމެރިކާގައި ބޮޑުވަމުންދާ ކަމަށެވެ. މިއަހަރު ތެޔޮ ފީފާއެއްގެ އަގު 64 ޑޮލަރާއި 72 ޑޮލަރާ ދެމެދުގެ އަގަކަށް އަރާނެ ކަމަށް ބެލެވެ އެވެ. މީގެ ކުރިން ލަފާކުރެވުނީ މިއަހަރު ތެޔޮ ފީފާއެއްގެ އަގު 72 ޑޮލަރާއި 80 ޑޮލަރަށް އަރާނެ ކަމަށެވެ. މިދިޔަ އަހަރު އެވްރެޖުކޮށް، ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު އުޅުނީ 66 ޑޮލަރަށެވެ.
ދުނިޔޭގެ ތެލުގެ އަގު ކަނޑައަޅާ އެނެއް ބެންޗްމާކު ކަމުގައިވާ "ބްރެންޓް ކްރޫޑް އޮއިލް" އިން ލަފާކޮށްފައިވާ ގޮތުގައި ތެލުގެ އަގު އުޅޭނީ 72 ޑޮލަރާއި 80 ޑޮލަރާ ދެމެދުގެ ރޭންޖެއްގަ އެވެ.
އެމެރިކާގައި ތެޔޮ އުފެއްދުމަށްދާ ހަރަދު ބޮޑުވަމުންދާ އިރު އޯޕެކް އިން ވެސް ވަނީ ތެޔޮ އުފައްދާ އަގު ހެޔޮ ކޮށްފަ އެވެ. އެހެން ނަމަވެސް ލީބިޔާ އާއި ނައިޖީރިއާގެ އިތުރުން ބްރެޒިލްގައި ތެލުގެ އަގު އުފުލިގެންދާނެ ކަމަށް ބެލެވެ އެވެ. މިފާއިތުވެދިޔަ އަހަރުތަކުގައި ދުނިޔޭގައި ތެޔޮ ބޭނުން ކުރާ މިންވަރު އެއް ހަމައެއްގައި ހިފެހެއްޓިފައިވާ އިރު މިއަހަރު ތެލުގެ ޑިމާންޑް އިތުރުވެގެންދާނެ ކަމަށް ބެލެވެ އެވެ. އަދި ތެޔޮ އުފައްދާ މިންވަރު އިތުރުވާނެ ކަމަށް ވެސް ބެލެވެ އެވެ.
މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓާގައި އޯއީސީޑީން ވިއްކި ތެލުގެ އަދަދު 58.1 މިލިއަން ފީފާ އަށް އަރަ އެވެ. މިއީ 2015 ވަނަ އަހަރަށް ފަހު ތެޔޮ އެންމެ ބޮޑަށް އިތުރުވި ފަހަރެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އެއް ހަމަޔެއްގައި ހިފެއްޓުމާ ގުޅޭ ގޮތުން އާޖެންޓީނާގައި މިދިޔަ އަހަރު ފަހުކޮޅު ބޭއްވި ޖީ20 ގައި ވެސް މަޝްވަރާ ކޮށްފައިވެ އެވެ. ތެލުގެ އަގަށް އަންނާނެ ބަދަލުތައް އެންމެ ފުރިހަމައަށް ސާފުވެގެންދާނީ އެމެރިކާ އިން ވެނެޒުއެލާ އާއި އީރާނަށް އަޅައިފާނެ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން ތެލުގެ ސަޕްލައި އަށް ހީނަރުކަމެއް އަޔަ ނުދީ ހިފެހެއްޓިގެންނެވެ. އެހެން ނަމަވެސް މިދިޔަ އަހަރާ އަޅާ ބަލާ އިރު މިއަހަރު ތެލުގެ އަގު އުފުލޭނެ ކަމަށް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ލަފާކުރެ އެވެ.
ތެލުގެ އަގަށް އަންނަ ކޮންމެ ބަދަލާ ގުޅިގެން ދުނިޔޭގެ ކޮންމެ ގައުމަކަށް ވެސް އޭގެ އަސަރު ކުރެ އެވެ. ރާއްޖެއަށް ވެސް މީގެ އަސަރު ކުރާނެ އެވެ. ރާއްޖެ އަށް އެތެރެކުރަނީ މުޅިން ވެސް ސާފުކުރި ތެލެވެ. އެހެން ނަމަވެސް ދުނިޔޭގެ ބާޒާރުގައި ސާފު ނުކުރާ ތެލުގެ އަގު ބޮޑުވަމުންދާ ނަމަ އޭގެ ނޭދެވޭ އަސަރު ރާއްޖެއަށް އެތެރެކުރާ ސާފުކުރި ތެލަށް ވެސް ކުރެ އެވެ.
ރާއްޖެއަށް އެތެރެކުރާ ތެލުގެ ގާތްގަނޑަކަށް 80 ޕަސެންޓް އެތެރެކުރަނީ އެސްޓީއޯއިންނެވެ. މި ފާއިތުވެދިޔަ އަހަރުތަކުގައި ރާއްޖެއަށް ތެޔޮ އެތެރެކުރާ މިންވަރު ހަތް ޕަސެންޓް ވަނީ އިތުރުވެފަ އެވެ. އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ އެކުންފުނިން މަސައްކަތް ކުރަނީ ތެލުގެ ސަޕްލައި މެދުނުކެނޑި ބެލެހެއްޓުމަށެވެ. ތެޔޮ އުފުލައި ރައްކާކުރުމުގެ ގާބިލްކަން ވަރުގަދަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ކުރު މުއްދަތުގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ލޮޅުންތަކުން ސަލާމަތްވުމުގެ ގާބިލްކަން އެކުންފުނީގައި އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
"އަގަށް ބަދަލު ގެންނަން ޖެހޭނީ ތެލުގެ އަގު ބޮޑުވެ އެކަން ދިގުދެމިގެންދާނަމަ. އެއާ ހިލާފަށް، އަގަށް އަންނަ ހެޔޮ ބަދަލުތައް ރައްޔިތުންނާ ހަމައަށް ލަސްނުކޮށް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން އަބަދުވެސް އިސްކަންދެން"، އަމްރު ވިދާޅުވި އެވެ.
ތެލުގެ އަގާ އެކު ދަތުރުތަކުގެ އަގު ވަރަށް ބޮޑުވެއްޖެ
ތެލުގެ އަގު މައްޗަށް، ދެ ގުނައަށް އަގު އުފުލިދާނެ
ތެޔޮ އުފެއްދުން މަދުކުރަން އެއްބަސްވެ އަގު މައްޗަށް
"ބޯޓުތަކަށް ރަނގަޅު އަގެއްގައި ތެޔޮ ފޯރުކޮށްދެވޭނެ"
ޕާކިސްތާނުން ތެލާއި ގޭހުގެ ބޮޑު ރިޒާވެއް ފެނިއްޖެ
ރަޝިޔާގެ ތެލުގެ ބޮޑު ބައި އިންޑިއާ އާއި ޗައިނާއަށް
ރަޝިޔާ އަށް ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަ ކުރަނީ
ތެޔޮ އުފެއްދުން މަދުކޮށްލާތީ، އަގުތައް މައްޗަށް
އަގު ކޮންޓްރޯލްކުރާ ގައުމަކަށް ތެލެއް ނުވިއްކާނަން
ރަޝިޔާގެ ތެޔޮ އުފުލުމުގައި ގޮތް ނޭނގޭ ބޯޓުތަކެއް