05 ފެބުރުއަރީ 2019
މެޑްރިޑް- ވެނެޒުއޭލާގެ އިދިކޮޅު ލީޑަރު ހުވާން ގުއޭޑޯއަކީ އެ ގައުމުގެ ވެރިޔާ ކަމަށް ބަލައިގަންނަން އެމެރިކާއިން ނިންމި ނިންމުމުގައި ޔޫރަޕިއަން ޔޫނިއަންގެ ގިނަ ގައުމުތަކުން ބައިވެރިވެއްޖެ އެވެ.
މެޑްރިޑް- ވެނެޒުއޭލާގެ އިދިކޮޅު ލީޑަރު ހުވާން ގުއޭޑޯއަކީ އެ ގައުމުގެ ވެރިޔާ ކަމަށް ބަލައިގަންނަން އެމެރިކާއިން ނިންމި ނިންމުމުގައި ޔޫރަޕިއަން ޔޫނިއަންގެ ގިނަ ގައުމުތަކުން ބައިވެރިވެއްޖެ އެވެ.
ވެނެޒުއޭލާގެ ގާނޫނީ ހައިސިއްޔަތު އޮތް ވެރިޔަކީ ގުއޭޑޯ ކަމަށް ބަލައިގަތް ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތާއި ޖަރުމަނާއި ފްރާންސާއި ސްޕެއިން ހިމެނެ އެވެ. އެގައުމުތަކުން ގުއޭޑޯ ބަލައިގަންނަން ނިންމީ ރިޔާސީ އިންތިހާބެއް އަލުން ބާއްވަން ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯއަށް ދިން މުހުލަތު ހަމަވި އިރު އިންތިހާބު އިއުލާނު ނުކުރުމުންނެވެ.
ވެނެޒުއޭލާގެ މައްސަލައިގައި ދުނިޔޭގެ އެހެން ގިނަ މައްސަލަތަކެކޭ އެއްފަދައިން އެމެރިކާ އާއި އީޔޫއާ ތަފާތު ވިސްނުމެއް ގެންގުޅެނީ ރަޝިޔާ އާއި ޗައިނާއިންނެވެ.
"ވެނެޒުއޭލާގެ ރައްޔިތުންނަށް މިނިވަންކަމާއި ކުރިއެރުމާއި ހަމަޖެހުން ހޯދައިދިނުމަށް މިއަދުން ފެށިގެން އަހަރެމެން ނުކުރާ އެއްވެސް މަސައްކަތެއް ނުބާއްވާނަން،" ގުއޭޑޯ އަކީ ވަގުތީ ރައީސް ކަމަށް ސްޕެއިނުން ބަލައިގެންކަން އިއުލާނު ކުރައްވަމުން ސްޕެއިންގެ ބޮޑު ވަޒީރު ޕެޑްރޯ ސަންޗޭޒް ވިދާޅުވި އެވެ.
ވެނެޒުއޭލާގެ ނެޝަނަލް އެސެމްބްލީގެ ރައީސްގެ މަގާމުގައި ހުންނެވި ގުއޭޑޯއަކީ އެގައުމުގެ ވަގުތީ ވެރިޔާ ކަމަށް އަމިއްލަފުޅަށް އިއުލާނު ކުރެއްވީ މިދިޔަ ޖެނުއަރީމަހު އެވެ.
ލެޓިން އެމެރިކާ ސަރަހައްދުގެ ސަރަހައްދީ ހަރަކާތެއް ކަމަށްވާ ލީމާ ގްރޫޕްގައި ހިމެނޭ 14 ގައުމުގެ ތެރެއިން 11 ގައުމަކުން ވެސް ވަނީ ގުއޭޑޯ އަކީ ވެނެޒުއޭލާގެ ވަގުތީ ވެރިޔާ ކަަމަށް ބަލައިގެންފަ އެވެ. އެކަން ބަލައިގަތް ގައުމުތަކުގެ ތެރޭގައި ކެނެޑާ، ބްރެޒިލް، އާޖެންޓީނާ ހިމެނެ އެވެ.
ކެނެޑާގެ އޮޓާވާގައި އެ ގްރޫޕުން ބޭއްވި ބައްދަލުވުމަކަަށް ފަހު އެ ގްރޫޕުން ދުނިޔޭގެ ގައުމުތަކަށް ގޮވާލާފައި ވަނީ މަދޫރޯގެ ސަރުކާރުގެ މާލީ މުއާމަލާތްތައް ހުއްޓުވުމަށެވެ.
ގުއޭޑޯއަކީ ވަގުތީ ރައީސް ކަމަށް ބަލައިގަތް ގައުމުތަކަށް ރައްދު ދެމުން މަދޫރޯގެ ސަރުކާރުން ބުނީ އެއީ ވެނެޒުއޭލާގެ ގާނޫނީ ސަރުކާރު ވައްޓައިލަން އެމެރިކާއިން ކުރާ މަސައްކަތުގައި ބައިވެރިވުން ކަމަށެވެ. ވަކިން ހާއްސަކޮށް ސްޕެއިނަށް އަމާޒުކޮށް މަދޫރޯގެ ސަރުކާރުން ބުނީ އެގައުމުގެ ނިންމުމަކީ ފިނޑި ނިންމުމެއް ކަމަށެވެ.
ރަޝިޔާގެ ތެޔޮ އުފުލުމުގައި ގޮތް ނޭނގޭ ބޯޓުތަކެއް
ޕުޓިން އާއި ޝީ ބައްދަލުކުރައްވަނީ
ރަޝިޔާގެ ޓޫރިސްޓުންނަށް ވިލާތުން ދަތިކޮށްފި
ހަނގުރާމަ ހުއްޓުވުމުގައި މެދުވެރިވެވިދާނެ: ރައީސް ޝީ
ރައީސް ޕުޓިން އާއި ރައީސް ޝީ މަޝްވަރާ ކުރައްވައިފި
ޗޮކްލެޓްގެ ވިޔަފާރިން ރަޝިއާ އަށް ބޮޑު ކުރިއެރުމެއް
ޗައިނާ އާއި ރަޝިޔާ އަސްކަރީ ތަމްރީންތަކެއް ފަށައިފި
އީރާނުގެ ނިއުކްލިއާ ނިންމުމާ މެދު ހުޅަނގު ނުރުހިފައި
ފެކްޓްރީ ހަދަން ރަޝިއާ އިން ޓެސްލާ އަށް ދައުވަތު
ޔަހޫދީން ހިތްހަމަޖައްސައިދޭން މެކްރޯން ވެސް އިޒްރޭލަށް