23 މެއި 2021
ޓެސްލާގެ އިލެކްޓްރިކް ވެހިކަލް (އީވީ) ރަޝިއާ އާއި އެ ގައުމާ އަވަށްޓެރި ގައުމުތަކުގައި ވިއްކަން ނިންމާފައިވާ ކަމަށާއި ކުންފުނީގެ ފެކްޓްރީއެއް ވެސް ރަޝިއާގައި ހަދަން ބޭނުންވާ ކަމަށް ވިދާޅުވެ ޓެސްލާގެ ވެރިޔާ އީލޮންސް މަސްކް ދެއްކެވި ވާހަތަކާ ގުޅިގެން އޭނާ އަށް އެ ގައުމުން މަޝްވަރާ އަށް ވަޑައިގަންނަވަން ދައުވަތު ދީފި އެވެ.
ޓެސްލާގެ އިލެކްޓްރިކް ވެހިކަލް (އީވީ) ރަޝިއާ އާއި އެ ގައުމާ އަވަށްޓެރި ގައުމުތަކުގައި ވިއްކަން ނިންމާފައިވާ ކަމަށާއި ކުންފުނީގެ ފެކްޓްރީއެއް ވެސް ރަޝިއާގައި ހަދަން ބޭނުންވާ ކަމަށް ވިދާޅުވެ ޓެސްލާގެ ވެރިޔާ އީލޮންސް މަސްކް ދެއްކެވި ވާހަތަކާ ގުޅިގެން އޭނާ އަށް އެ ގައުމުން މަޝްވަރާ އަށް ވަޑައިގަންނަވަން ދައުވަތު ދީފި އެވެ.
ރަޝިއާގެ އިންޑަސްޓްރީ އެންޑް ޓްރޭޑް މިނިސްޓްރީން ހުކުރު ދުވަހު ކުރި ޓްވީޓެއްގައި ބުނީ ޓެސްލާގެ މަސައްކަތްތައް އެ ގައުމުގައި ކުރަން ބޭނުންވާ ނަމަ އެކަމަށް މަރުހަބާކިޔާނެ ކަމަށާއި މަޝްވަރާކުރަން ވަޑައިގަންނަވަން ދައުވަތު އަރުވާ ކަމަށެވެ.
މިނިސްޓްރީން ބުނި ގޮތުގައި ރަޝިއާގައި މިހާރު ވެސް އެ ގައުމުގެ އަމިއްލަ ގިނަ އޮރިޖިނަލް އިކްޕްމަންޓް މެނިފެކްޗަރާ (އޯއީއެމް) އުޅޭ އިރު، ޓެސްލާ އަށް ވެސް ސަރުކާރުން އެއްބާރުލުން ދޭން އޮތީ ތައްޔާރަށެވެ.
ޓެސްލާގެ އުފެއްދުންތައް ވިއްކުމާއި މަސައްކަތްތައް ރަޝިއާގައި ކުރަން ބޭނުންވާ ކަމަށް މަހުޖަނު އީލޮން ވިދާޅުވީ ރަޝިއާގެ ދަރިވަރުންތަކަކާ އެކު "ނިއު ނޮލެޖް" ގެ ނަމުގައި ހުކުރު ދުވަހު 40 މިނިޓަށް ބޭއްވި ވާޗުއަލް އިވެންޓެއްގެ ތެރޭގަ އެވެ. އަދި އޭނާ ރަޝިއާގެ މާކެޓަށް ޝައުގުވެރިކަން ފާޅުކުރެއްވީ އެކަމާ ބެހޭ ގޮތުން ދަރިވަރުންތަކެއް ސުވާލުކުރުމުންނެވެ.
Dear @Elonmusk, we were delighted to learn that you are considering building a factory in Russia. By the way, we have a number of state support measures for local OEMs. Come to see us, we’ll talk about it :)
— Минпромторг России (@minpromtorg_rus) May 21, 2021
Best regards,
Ministry of industry and trade of the Russian Federation pic.twitter.com/hrVtmLhGAa
"އަހަންނަށް ހީވަނީ މިހާރު އަހަރެމެން [ޓެސްލާ] ރަޝިއާ އަށް ދިއުން ވަރަށް ގާތްވެއްޖެހެން. ހަމައެކަނި ރަޝިއާއެއް ވެސް ނޫން އެ ގައުމާ އަވަށްޓެރި މިސާލަކަށް ކަަޒަކަސްތާން ފަދަ ގައުމުތަކަށް އަހަރެމެންގެ ވިޔަފާރި ގެންނަން ބޭނުންވޭ." ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ އީލޮން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ވިސްނުމުގެ ތެރެއިން އެންމެ ބޮޑަށް ކުރެވޭ އުންމީދަކީ ޓެސްލާގެ ފެކްޓްރީއެއް ރަޝިއާގައި ހެދުން ކަމަށެވ..
"އެހެންވީމަ މިކަމަށް ރަޝިއާގެ ސަޕޯޓް ވަރަށް ބޭނުން. އުންމީދުކުރަން ކޮންމެ ވެސް ހިސާބަކުން އަހަރެމެންގެ ފެކްޓްރީއެއް ރަޝިއާގައި ހެދޭނެ ކަމަށް." އީލޮން ވިިދާޅުވި އެވެ.
ޓެސްލާ އަކީ އީވީ އުފައްދާ ދުނިޔޭގެ އެންމެ ވަރުގަދަ ކުންފުންޏެވެ. އެ ކުންފުނީގެ ފެކްޓްރީތައް އެމެރިކާގެ ކެލިފޯނި އާއި ނެވާޑާގެ އިތުރުން ޗައިނާގެ ޝަންހާއީގައި ހުރެ އެވެ. އަދި މިހާރު ފެކްޓްރީތައް ހަދަމުން އަންނަ ތަންތަނުގެ ތެރޭގައި އެމެރިކާގެ ޓެކްސަސް އާއި ޖަރުމަނާއި އިންޑިއާ ހިމެނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ޓެސްލާ އަންނަނީ އިނގިރޭސިވިލާތުގައި ފެކްޓްރީއެއް ހެދޭތޯ މަސައްކަތްކުރަމުންނެވެ.
ޓެސްލާ އަކީ 2003 ގައި ވުޖޫދަށް އައި ކުންފުންޏެވެ. އެ ކުންފުނީގައި 70،750 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރެ އެވެ.
ޓެސްލާގެ އިންޑިއާގެ ހެޑްކުއާޓަރު މުމްބާއީގައި
ޓެސްލާގެ ކާރުތަކުން ޖާސޫސްކުރާކަމުގެ ތުހުމަތު
އިންޑިއާ އަށް އިލެކްޓްރިކް "ކުރޮޅި"
ޓެސްލާގެ ފުރަތަމަ ޔޫރަޕް ފެކްޓްރީ ޖަރުމަނަށް
ރަޝިޔާގެ ތެޔޮ އުފުލުމުގައި ގޮތް ނޭނގޭ ބޯޓުތަކެއް
ރަޝިޔާ، ޗައިނާ، އެމެރިކާގެ ޚާރިޖީ ވަޒީރުން އިންޑިއާ
އީވީ އުފެއްދުމުގައި ޓެސްލާ ވައްޓާލަން ޖެނެރެލް މޮޓޯސް
އަހަރުގެ އެންމެ ކަމުނުދާ ކުންފުންޏަކީ "މެޓަ"
އެޕަލްގެ ކާރަށް ބެޓެރި ހޯދަން ޗައިނާ އަށް
ޓެސްލާ އަންނަ އަހަރު އިންޑިއާ އަށް