02 ފެބުރުއަރީ 2019
ވިލިމާލެ އިން 35 ޓަނަށް ވުރެ ގިނަ ކުނި މިއަދު ނަގައިފި އެވެ.
ވިލިމާލެ އިން 35 ޓަނަށް ވުރެ ގިނަ ކުނި މިއަދު ނަގައިފި އެވެ.
"ސާފު ރާއްޖެ-އަހަރެންގެ ވެސް ޒިންމާ" ކެމްޕެއިން ގައި ވިލިމާލެ ސާފު ކުރުމުގެ ހަރަކާތް ފައްޓަވައި ދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. އެމަނިކުފާނު މި ހަރަކާތުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންނެވި އިރު، މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދާއި ވެމްކޯގެ މުވައްޒަފުންނާއި ވިލިމާލޭގައި ދިރިއުޅޭ ގިނަ އަދަދެއްގެ އާންމުން ވެސް ހަރަކާތުގައި ބައިވެރިވި އެވެ.
ވިލިމާލެ ސާފު ކުރުމުގެ މަސައްކަތް ބަޔަކު މިއަދު ކުރަނީ. -- ފޮޓޯ: ރައީސް އޮފީސް
ވެމްކޯގެ އޮފިޝަލަކު ވިދާޅުވީ، މި ހަރަކާތުގައި ވިލިމާލޭގެ ގޮނޑުދޮށާއި ސިނާއީ ސަރަހައްދުތަކާއި ޕާކުތަކާއި ބައެއް މަގުތައް ވެސް ވަނީ ސާފުކޮށްފައި ކަމަށެވެ. ވިލިމާލެ ސާފު ކުރިއިރު، ކުނީގެ ގޮތުގައި ބޮޑަށް ފެނިފައިވަނީ ޕްލާސްޓިކް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"ޕްލާސްޓިކް ފުޅި ފަދަ ތިމާވެއްޓަށް ގެއްލުން ވާނެ ތަކެތި ފެނިފައި ވަނީ،" އޭނާ ވިދާޅުވި އެވެ.
ވިލިމާލެ ސާފު ކުރުމަށް ހިންގި ޕްރޮގްރާމްގައި ނެގި ކުނިތައް. --- ފޮޓޯ: ރައީސް އޮފީސް
ސަރުކާރުން އިއްޔެ ފެށި "ސާފު ރާއްޖެ، އަހަރެންގެ ވެސް ޒިންމާ" އަކީ ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދަން ނިންމާފައިވާ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމަށް އެންމެންގެ އެއްބާރުލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެދިވަޑައިގެންފަ އެވެ.
މުޅި ރާއްޖެ ސާފުކުރުމަށް އަމާޒުކޮށް ހިންގާ ހަރަކާތުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މާލެ ސާފުކޮށް 20 ޓަނަށް ވުރެ ގިނަ ކުނި ނަގާފައިވެ އެވެ.
ވެމްކޯއަށް ހަރުކަށި ފިޔަވަޅު އަޅާނަން: މުއިއްޒު
މަގުތައް، ޕާކުތަކުގެ ކުނިނެގުމާ ކައުންސިލުން ހަވާލުވަނީ
މަހަކު 2.5 މިލިއަން، އެކަމަކު ވެމްކޯ ޒިންމާ ނުނަގާ
މާފަންނު މެދު ދާއިރާގެ މީހުން ނަމޫނާ ދައްކައިފި
"މާ ސާފު މާލެ" ޕްރޮގްރާމް ފަށައިފި
ސިޓީ ކައުންސިލުން 364،000ރ. ދޭން ހުކުމެއް
މާލެ ނައިސް ވިލިމާލެ/ހުޅުމާލެއިން ހިދުމަތް ފޯރުކޮށްދެނީ
އީދު ދުވަހުގެ ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާ
މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ފަސްތަރީގެ ފާހާނާތައް
މާލެ ސިޓީގެ މިސްކިތްތައް ދެން ސާފުކުރާނީ ދިވެހިން