02 ފެބުރުއަރީ 2019
ބ. އޭދަފުށީ ބަނދަރު ސަރަހައްދުން އަށް މީހުންގެ ޓީމަކުން މިއަދު 9:45 ގައި ދިގު ފެތުމުގެ ދަތުރަކަށް އެ ފެށީ ވަރަށް މުހިންމު މަގްސަދެއްގަ އެވެ؛ ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތް ކުރުމަށް އެދި އާދޭސް ކުރުމަށާއި އެ ކަމަށް އާއްމުންނާއި ރިސޯޓްތަކުގެ މެނޭޖްމަންޓްތަކުން ހޭލުންތެރި ކުރުވުމަށް 43.7 ކިލޯ މީޓަރުގެ ދިގު ފެތުމަކަށެވެ.
ބ. އޭދަފުށީ ބަނދަރު ސަރަހައްދުން އަށް މީހުންގެ ޓީމަކުން މިއަދު 9:45 ގައި ދިގު ފެތުމުގެ ދަތުރަކަށް އެ ފެށީ ވަރަށް މުހިންމު މަގްސަދެއްގަ އެވެ؛ ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތް ކުރުމަށް އެދި އާދޭސް ކުރުމަށާއި އެ ކަމަށް އާއްމުންނާއި ރިސޯޓްތަކުގެ މެނޭޖްމަންޓްތަކުން ހޭލުންތެރި ކުރުވުމަށް 43.7 ކިލޯ މީޓަރުގެ ދިގު ފެތުމަކަށެވެ.
މަޝްހޫރު ގާނޫނީ ވަކީލް، އަދި ދުވުންތެރިޔާ، ހުސައިން ޝަމީމް އިސްވެ ހުންނަވައިގެން ހިންގާ، ސްވިމް މޯލްޑިވްސް އިން މިއަދު ފެށި، "ސްވިމް މޯލްޑިވްސް ބާ ބީއާރް ކްރޯލް 2019" އިވެންޓުގައި އަށް ފެތުންތެރިން ވަނީ ބައިވެރިވެފަ އެވެ. އޭގެ ތެރޭގައި ޝަމީމްގެ އިތުރުން ސްވިޑެންގެ އޯޕަން ވޯޓާ ފެޑެރޭޝަންގެ ހެޑް ކޯޗް، މީކޭލް ރޮސިއެން އާއި ރާއްޖޭގެ މަޝްހޫރު އަންހެން ފެތުންތެރިޔާ އަޒްކާ އާދިލާއި ދުވުންތެރިޔާ އާތިފް އަހުމަދާ އެކު އިތުރު ހަތަރު ދިވެހިން ހިމެނެ އެވެ. އެ މީހުންގެ ފެތުމުގެ ދަތުރުގައި 22 ރަށަށް އަރާނެ އެވެ.
ސްވިމް މޯލްޑިވްސްގެ ފަތާ ޓީމާއި އެ އިވެންޓް އޯގަނައިޒް ކުރާ ބައެއް ބޭފުޅުން.
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ފައްޓަވައި ދެއްވި އެ ހަރަކާތުގައި މިއަދު ހެނދުނު އޭދަފުށިން ފަތައިގެން އަށް މީހުންގެ ޓީމުން އަންނަ ހޮނިހިރު ދުވަހާ ހަމައަށް ފަތާފައި އަރާ 22 ރަށުގެ ތެރޭގައި މީހުން ދިރިއުޅޭ އަށް ރަށާއި 13 ރިސޯޓެއްގެ އިތުރުން ފިނޮޅެއް ހިމެނެ އެވެ.
ކޮންމެ ދުވަހެއްގެ ވެސް ފެތުން ރަވާފައި ވަނީ އިތުރު ހަރަކާތްތަކަކާ އެކު އެވެ. ހެނދުނު 8:30 އިން މެންދުރު 12:00 އާ ހަމައަށް ފަތަން ނިންމާފައިވާއިރު އެހެން ވަގުތުތަކުގައި އެ ޓީމުން އެންމެ އިސްކަން ދޭ ކަމަކީ ތިމާވެށި ހިމާޔަތް ކުރަން ހޭލުންތެރި ކުރުވުމެވެ.
"ދިވެހިން އެންމެ ވިސްނަން މިޖެހެނީ ތިމާވެއްޓަށް. އެކަން ހިމާޔަތް ނުކުރެވިއްޖެ ނަމަ ދިވެހިންނަށް މިހެން ނޫޅެވޭނެ. އެހެންވީމަ އެކަމަށް އާއްމުން ހޭލުންތެރި ކުރާނަން،" ބަޔޮސްފިޔާ ރިޒާވް އޮފީހާއި ޓޫރިޒަމް މިނިސްޓްރީއާ ގުޅިގެން ހިންގާ ހަރަކާތާ ގުޅޭގޮތުން ޝަމީމް ވިދާޅުވި އެވެ.
އެ ހަރަކާތުގެ ތެރެއިން ސޮނޭވާ ފުށި ރިސޯޓުގެ ފަރާތުން ދަރަވަންދޫ ގޮނޑުދޮށް ސާފު ކުރުމަށް ވަނީ ނިންމައިފަ އެވެ. އަދި ފޯސީޒަން ރިސޯޓުގެ ފަރާތުން ކަމަދޫ އާއި ކުޑަރިކިލީގެ އިތުރުން ކެންދޫގައި ވޯކްޝޮޕްތަކެއް ބޭއްވުމަށް ވަނީ ހަމަޖައްސައިފަ އެވެ.
"ފަތާފައި އެއްރަށުން އަނެއް ރަށަށް އަރާއިރު ބައްދަލުވާނެ ތަފާތު މީހުންނާ. އެމީހުންނާ ވާހަކަ ދައްކާނަން ތިމާވެށި ހިމާޔަތް ކުރުމާ ގުޅޭގޮތުން،" އުރީދޫ އަދި ސްޒުކީ އިން ސްޕޮންސާ ކޮށްފައިވާ އިވެންޓާ ގުޅޭގޮތުން ޝަމީމް ވިދާޅުވި އެވެ.
ސްވިމް މޯލްޑިވްސްގެ ޓީމުން ފަތަނީ-- ފޮޓޯ: ސްވިމް މޯލްޑިވްސް
ތިމާވެށީގެ އިތުރުން މޫދުގައި ދިމާވާ އެކި ހާދިސާތަކުން މީހުން ރައްކާތެރި ކުރުމަށް ހޭލުންތެރި ކުރުވުން ވެސް ސްވިމް މޯލްޑިވްސްގެ ހަރަކާތުގެ ތެރޭގައި ހިމެނެ އެވެ. ފަތާ އުޅުމުގައި ރައްކާތެރި ގޮތްތައް ބުނެދީ އާއްމުން ހޭލުންތެރި ކުރުމެވެ. އަދި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަކީ ވެސް އެ އިވެންޓްގެ މަގުސަދެކެވެ.
މިއަދު: އޭދަފުށި- ސޮނޭވާ ފުށި - ނެލިވަރު ފިނޮޅި- މާޅޮސް
އާދިއްތަ: މާޅޮސް- ހެބަޅިދޫ- ދަރަވަންދޫ
ހޯމަ: ދަރަވަންދޫ- ހަނިފަރު- ދޮންފަނު
އަންގާރަ: ދޮންފަނު- ކިހާދުއްވަރު- ކިހާދޫ- އަމިއްލަފުށި
ބުދަ: އަމިއްލަ ފުށީގައި އަރާމު ކުރާ ދުވަސް
ބުރާސްފަތި: އަމިއްލަފުށި- މިލައިދޫ- ކަމަދޫ
ހުކުރު: ކަމަދޫ- ފޯސީޒަން ލަނޑާ ގިރާވަރު- ކުޑަރިކިލު
ހޮނިހިރު: ކުޑަރިކިލު- ހުރުވަޅި- އުނޑޫދޫ- ފުނަދޫ - ހުޅުދޫ - ގެމެންދޫ- ކެންދޫ
އެ ހަރަކާތް ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދިއުމަށް ސްވިމް މޯލްޑިވްސްއިން ވަނީ ނިންމައިފަ އެވެ. އެ އިވެންޓް ނިންމުމުގެ ގޮތުން އަންނަ ހޮނިހިރު ދުވަހު ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވެސް އެ ޓީމާ އެކު ފެތުމަށް ވަނީ ހަމަޖައްސައިފަ އެވެ.
ތާރީޚީ ދިގު ފެތުން ނިންމަން ހިފައިފި
ހަކަތަ މަޝްރޫއުގެ ބީލަމުގެ މުއްދަތު އިތުރުކޮށްފި
ފެތުމަކީ ދިވެހިންނާ އެންމެ ގުޅޭ ކުޅިވަރު: މިނިސްޓަރު
ދައްތަގެ ފެތުން ނިންމާލަން ބައިވެރިވީ ކޮއްކޮ
ތިމާވެށީގެ ފެތުމުގައި 23 ކިލޯމީޓަރު ހަމަކޮށްފި
ތިމާވެށީގެ ފެތުން: އުނދަގޫ އެކަމަކު ހުއްޓުމެއް ނެތް!
ތިމާވެށީގެ ޖޫރިމަނާތަކުން 825 މިލިއަން ރުފިޔާ ނުލިބޭ
މޫސުމީ އިންޒާރުގެ މެސެޖް ފޯނަށް ލިބޭނެ ގޮތް ހަދަނީ
ލަނޑުދަނޑިތަކަށް ދެމެހެއްޓެނެވި ގޮތެއްގައި އެހީދޭންޖެހޭ
ޕަރީފެންގަނޑުގައި ވިއުއިން ޕްލެޓްފޯމެއް ހަދަނީ