04 ފެބުރުއަރީ 2019
ތިމާވެށީގެ ހޭލުންތެރިކަން އުފެއްދުމުގެ ގޮތުން ހިންގާ ދިގު ފެތުމުގެ ހަރަކާތުގެ ބައިވެރިން މިއަދު ހެނދުނު ބ. ދަރަވަންދޫން ފަތަން ފެށިއިރު ފުރަތަމަ ދުވަހު ކުރިމަތިވި ގޮންޖެހުންތަކުން ލިބުނު މާޔޫސްކަމެއް ނެތެވެ. އަށް ފެތުންތެރިން ހޮނިހިރު ދުވަހު އޭދަފުށިން ފަތަން ފަށައިގަތް އިރު ކަނޑުގެ އޮއި ގަދަވުމާ އެކު، ހީކުރި ވަރަށް ވުރެ މާ ބޮޑެތި އުނދަގޫތައް ކުރިމަތިވި އެވެ.
ތިމާވެށީގެ ހޭލުންތެރިކަން އުފެއްދުމުގެ ގޮތުން ހިންގާ ދިގު ފެތުމުގެ ހަރަކާތުގެ ބައިވެރިން މިއަދު ހެނދުނު ބ. ދަރަވަންދޫން ފަތަން ފެށިއިރު ފުރަތަމަ ދުވަހު ކުރިމަތިވި ގޮންޖެހުންތަކުން ލިބުނު މާޔޫސްކަމެއް ނެތެވެ. އަށް ފެތުންތެރިން ހޮނިހިރު ދުވަހު އޭދަފުށިން ފަތަން ފަށައިގަތް އިރު ކަނޑުގެ އޮއި ގަދަވުމާ އެކު، ހީކުރި ވަރަށް ވުރެ މާ ބޮޑެތި އުނދަގޫތައް ކުރިމަތިވި އެވެ.
އެކަމަކު ފުރަތަމަ ދުވަހު ފަތާފައި ގޮސް މާޅޮހަށް އަރައި އަދި އޭގެ ފަހުން އިއްޔެ ދަރަވަންދޫއަށް ވެސް ފަތާފައި ދިޔަ އެވެ. ދެ ދުވަހުން އަށް ފެތުންތެރިން ވަނީ 9.75 ކިލޯމީޓަރު ފަތާފަ އެވެ.
ދިގު ފެތުމުގެ ބައިވެރިންނަށް ފުރަތަމަ ދުވަހު އޮއި ގަދަވުމުގެ މައްސަލަ ދިމާވި -- ފޮޓޯ: ސްވިމް މޯލްޑިވްސް
"[ފުރަތަމަ ދުވަހު] ފެށުނުލެއް ލަސްވީމަ ގަޑި ބަދަލުވެ ދިޔަވަރު ބޮޑުވެ، އޮއި ބާރުވީ. ޖަހާޖަހާ ކުރިއަށް ނުގޮސްގެން އުޅެން ޖެހުނީ،" ބ. އަތޮޅުގެ ކަނޑުތައް ހުރަސްކޮށް، އެކި ރަށްރަށަށް ފަތާފައި ދިއުމުގެ މި ހަރަކާތުގެ އިސް އެއް ބައިވެރިޔާ އަދި ގާނޫނީ ވަކީލް ހުސެއިން ޝަމީމް ވިދާޅުވި އެވެ.
ޝަމީމްގެ އިތުރުން ސްވިޑެންގެ އޯޕަން ވޯޓާ ފެޑެރޭޝަންގެ ހެޑް ކޯޗް، މީކޭލް ރޮސިއެން އާއި ރާއްޖޭގެ މަޝްހޫރު އަންހެން ފެތުންތެރިޔާ އަޒްކާ އާދިލާއި ދުވުންތެރިޔާ އާތިފް އަހުމަދާ އެކު އިތުރު ހަތަރު ދިވެހިން ހިމެނޭ ޓީމުން އެކުގައި ފަތަމުން ދިޔައީ ރާވާފައި އޮތް ގޮތަށް ބައެއް ރަށްރަށަށް އަރައި އަރާމު ވެސް ކުރަމުންނެވެ.
Drafting is a technique used in open water swimming to reduce drawing and serve energy. This is me swimming today while @AzkaAdil drafting nicely. ? by @hadjeas #BaaBRCrawl @BaaAtollBR #islandtoisland #800kmPool pic.twitter.com/aIRoTptp6v
— Hussain Shameem (@HuShameem) February 2, 2019
ފެތުންތެރިޔާ ޝަމީމްގެ ޓްވީޓެއް
ފެތުންތެރިންގެ ސަލާމަތީ ކަންކަން ބަލަން ސިފައިންގެ ލޯންޗަކާއި ދެ ކެނޯ އަބަދުވެސް ކައިރީގައި އޮވެ އެވެ. އެ ހަރަކާތް އިންތިޒާމުކުރާ ޓީމު ވެސް ލޯންޗެއްގައި އެއްވަރަށް ދަތުރުކުރެ އެވެ.
ފުރަތަމަ ދުވަހު ފެތުންތެރިން މާޅޮހަށް އެރުނުއިރު މަރުހަބާ ކިއުމުގެ ގޮތުން އެ ރަށު އަންހެނުންގެ ކޮމެޓީން އޮތީ ދިވެހި ކެއުން ތައްޔާރުކޮށްފަ އެވެ. ގަރުދިޔަ އާއި ބަތާއި ވަޅޯމަހާއި ތެލުލި ރެހި ފަދަ ބާވަތްތަކެވެ.
We swam for hours to get this amazing meal, and skipped resort food for the #localcuisine. Couldn’t have asked for anything better. Many thanks to #Maalhos Women’s Committee.
— Athif (@hammettz) February 2, 2019
????♂️
.
.#BaaCrawl #SuzukiMarine #SwimMaldives #Ooredoo #OpenwaterSwimming #BaaAtollBR pic.twitter.com/MHlQ3yW5yU
ފެތުމުގެ އެއް ބައިވެރިޔާ އާތިފްގެ ޓްވީޓެއް
ފެތުންތެރިން އެދުވަހު ހަވީރު އެރަށުގައި ހިންގީ ތިމާވެއްޓާ މެދު ހޭލުންތެރިކުރުމުގެ ޕްރޮގްރާމެކެވެ. އެގޮތުން އުރީދޫން ސްޕޮންސާކޮށްގެން ސްވިމިން މޯލްޑިވްސްގެ ފަރާތުން މާޅޮހުގައި ފަތަން ދަސްކޮށްދިނުމުގެ ހަރަކާތެއް ވެސް ހިންގި އެވެ. އެ އިވެންޓުގައި 30 ކުޑަކުދިންނާއި 30 އަންހެނުން ބައިވެރިވި އެވެ.
"އަޅުގަނޑުމެންގެ ކޯޗު ފާހަގަކުރި ވަރަށް ހުނަރުވެރި ކުދިން ތިބިކަން. ހާއްސަކޮށް ކުޑަކުދިން. ގޮގުލް ފަދަ ތަކެތި ލިބިއްޖެ ނަމަ އެ ކުދިން މޮޅުވާނެ ކަމަށް ބެލެވޭ. އެ ކުދިންނަށް ގޮތްތަކެއް ހަމަޖައްސައިދެވޭތޯ އެބަ މަސައްކަތް ކުރަން،" ޝަމީމް ވިދާޅުވި އެވެ.
ސްވިމް މޯލްޑިވްސް އިން ފެށި، "ސްވިމް މޯލްޑިވްސް ބާ ބީއާރް ކްރޯލް 2019" އިވެންޓުގެ ތެރެއިން-- ފޮޓޯ: ސްވިމް މޯލްޑިވްސް
މާޅޮހުން އިއްޔެ ހެނދުނު ފަތަން ފަށައި، މާޒިލަކަށް ހެދީ ދަރަވަންދު އެވެ. ގާތްގަނޑަކަށް ތިން ގަޑިއިރުގެ ފެތުމަކަށް ފަހު ދަރަވަންދޫ އަތުލެވުނު އިރު ކުރީ ދުވަހަށް ވުރެ، އޮއި ވެސް މަޑުވެފައި، ހަށިގަނޑަށް ފަސޭހަކަމަށް ފެތުންތެރިން ބުނެ އެވެ.
އެ ރަށުގައި އިއްޔެ އޮތީ ރަށުގެ ގޮނޑުދޮށް ސާފުކުރުމާއި ފަތަން ދަސްކޮށްދިނުމެވެ.
ބ. މާޅޮހުގެ ކުޑަކުދިންނާއި އަންހެނުންނަށް ފަތަން ދަސްކޮށްދިނުމުގެ ހަރަކާތް.-- ފޮޓޯ: ސްވިމް މޯލްޑިވްސް
މިއަދު ދަރަވަންދޫން ފަތަން ފެށީ ދޮންފަނަށް ދާށެވެ. އަންނަ ހޮނިހިރު ދުވަހާ ހަމައަށް ކުރިއަށް ގެންދާ އެ ހަރަކާތް ނިންމާއިރު ފަތައިގެން ޖުމްލަ 43.7 ކިލޯ މީޓަރުގެ ރާސްތާއެއް ކަނޑައްތުކުރެވޭނެ ކަމަށް ލަފާކުރެވެ އެވެ.
ފެތުމަކީ ދިވެހިންނާ އެންމެ ގުޅޭ ކުޅިވަރު: މިނިސްޓަރު
ދައްތަގެ ފެތުން ނިންމާލަން ބައިވެރިވީ ކޮއްކޮ
ތާރީޚީ ދިގު ފެތުން ނިންމަން ހިފައިފި
ކަނޑު ހުރަސްކޮށް ރާއްޖޭގެ އެންމެ ދިގު ފެތުން ފަތައިފި
ތިމާވެށީގެ ފެތުމުގައި 23 ކިލޯމީޓަރު ހަމަކޮށްފި
ތިމާވެށި ރައްކާތެރިކުރަން އެދި ފަތާފައި 22 ރަށަށް!
ހިތްދަތި މަންޒަރެއް! ދަރަވަންދޫ ގޮނޑުދޮށް "ކާލައިފި"
ފަތާ ޓްރެކް: ފުރަތަމަ ސަލާމަތްކުރަން ޖެހެނީ ނަޖިހުން!
ބ. އަތޮޅުގައި ކުނިން އާމްދަނީ ހޯދުމާ ދިމާލަށް!
އެންމެ ފިޓީ އެންމެ ދޮށީ ފެތުންތެރިޔާ!