09 ފެބުރުއަރީ 2019
ރާއްޖޭގައި ކަނޑު ހުރަސްކޮށް މިހާތަނަށް ފެތި އެންމެ ދިގު ފެތުން ދެންމެ ނިންމާލިއިރު އެންމެ ގިނަ ބަޔަކު ސަމާލުކަން ހުއްޓުނު އެއް ފެތުންތެރިޔަކީ މި ހަރަކާތުގައި ބައިވެރިވި ހަމައެކަނި އަންހެން ފެތުންތެރިޔާ އަޒްކާ އާދިލެވެ. އަޒްކާގެ އެ ހިތްވަރަށް އިތުރު ބާރަކަށް ވީ އޭނާގެ ކޮއްކޮ، އުމުރުން އެންމެ ހަތް އަހަރުގެ އައިޝާ ނޯޔާ މިއަދު ދެއްކި ހުނަރުވެރި ކަމެވެ.
ރާއްޖޭގައި ކަނޑު ހުރަސްކޮށް މިހާތަނަށް ފެތި އެންމެ ދިގު ފެތުން ދެންމެ ނިންމާލިއިރު އެންމެ ގިނަ ބަޔަކު ސަމާލުކަން ހުއްޓުނު އެއް ފެތުންތެރިޔަކީ މި ހަރަކާތުގައި ބައިވެރިވި ހަމައެކަނި އަންހެން ފެތުންތެރިޔާ އަޒްކާ އާދިލެވެ. އަޒްކާގެ އެ ހިތްވަރަށް އިތުރު ބާރަކަށް ވީ އޭނާގެ ކޮއްކޮ، އުމުރުން އެންމެ ހަތް އަހަރުގެ އައިޝާ ނޯޔާ މިއަދު ދެއްކި ހުނަރުވެރި ކަމެވެ.
ދައްތަ ފަތާތީ އުފެދުނު ޝައުގުވެރިކަމެއްގައި އުމުރުން އެންމެ ދެ އަހަރު ބައިން ފެށިގެން ފަތަމުން އަންނަ ނޯޔާ، ސްވިމް މޯލްޑިވްސްގެ ބައިވެރިންނާ މިއަދު ގުޅުނީ ބ. ހުޅުދޫން ގެމެންދުއަށް ފެތި ހިސާބުންނެވެ. ކުޑަކުޑަ ނޯޔާ ވަނީ ސްވިމް މޯލްޑިވްސްގެ އަށް ބައިވެރިންނާ އެކު 0.4 ކިލޯ މީޓަރު ފަތައިފަ އެވެ. އަދި އިވެންޓް ނިންމި ރަށް ކެންދުއަށް ވެސް ޓީމާ އެކު ނޯޔާ ފަތާފައި އެރި އެވެ.
ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލުގެ ގްރޭޑް 2 ގައި ކިޔަވަމުން އަންނަ ނޯޔާ އަކީ މިހާރު ވެސް ގަވައިދުން ފަތަން ދާ އަދި މުބާރާތްތަކުގައި ވެސް ވާދަކުރާ ފެތުންތެރިއެކެވެ.
ނޯޔާ އާއި އަޒްކާ، އަދި މަންމަ-- ފޮޓޯ: އަހުމަދު ސާއިލް އަލީ/މިހާރު
އިންޓަ ސްކޫލާއި ގައުމީ މުބާރާތުގައި ނޯޔާ ވަނީ ގިނަ ވަނަތަކެއް ވެސް ހޯދައިފަ އެވެ. އިންޓަ ކްލާސް މުބާރާތްތަކުން ވަނީ އެއް ވަނަ ވެސް ހޯދައިފަ އެވެ.
ނޯޔާގެ ފެތުމުގެ ހުނަރު ފެނި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވީ މުސްތަގުބަލުގައި ރާއްޖޭގައި މޮޅެތި ފެތުންތެރިން އުފެދޭނެކަން ޔަގީން ވެއްޖެ ކަމަށެވެ. މި ހަރަކާތް އިންތިޒާމު ކުރުމުގައި ބައިވެރިވި ފަރާތްތުން މިނިސްޓަރަށް ދެއްވި ހަދިޔާ ވެސް އަލީ ވަހީދު ދެއްވީ ނޯޔާއަށެވެ. އޭނާގެ ހުނަރު ފެނި ހިތްވަރު ދިނުމަށްޓަކަ އެވެ.
ޒުވާން ފެތުންތެރިޔާ، އަޒްކާގެ ކޮއްކޮ ނޯޔާގެ ވިސްނުން ހުރީ ވެސް ދައްތަ ނަމޫނާއަކަށް ބަލައިގެން ކުރިއަށް ދިއުމަށެވެ.
"އަބަދުވެސް އަޒްކާއާ ދެ ކުދިން ޗެލެންޗްވާނެ. ބުނޭ ދައްތައަށް ވުރެ މޮޅުވާނަމޭ،" ފުވައްމުލަކަށް ނިސްބަތްވާ ދެ ކުދިންގެ މަންމަ ހަދީޖާ އަބްދުﷲ ބުންޏެވެ.
މިދިޔަ ހަފްތާގައި އޭދަފުށިން ފެށި "ސްވިމް މޯލްޑިވްސް ބާ ބީއާރް ކްރޯލް 2019" މިއަދު ކެންދޫ އަށް ނިންމާލީ 43.7 ކިލޯ މީޓަރަށް ފަތައިފަ އެވެ. ޓީމުގެ ބައިވެރިން ވަނީ ފަތާފައި 23 ރަށަށް އަރައިފަ އެވެ. މިއީ ރާއްޖޭގައި މިހާތަނަށް ބޭއްވި މިފަދަ އެންމެ ދިގު ފެތުމެވެ.
ތާރީޚީ ދިގު ފެތުން ނިންމަން ހިފައިފި
ތިމާވެށީގެ ފެތުމުގައި 23 ކިލޯމީޓަރު ހަމަކޮށްފި
ތިމާވެށީގެ ފެތުން: އުނދަގޫ އެކަމަކު ހުއްޓުމެއް ނެތް!
ތިމާވެށި ރައްކާތެރިކުރަން އެދި ފަތާފައި 22 ރަށަށް!
ފަތާ ޓްރެކް: ފުރަތަމަ ސަލާމަތްކުރަން ޖެހެނީ ނަޖިހުން!
ފެތުމަކީ ދިވެހިންނާ އެންމެ ގުޅޭ ކުޅިވަރު: މިނިސްޓަރު
އެންމެ ފިޓީ އެންމެ ދޮށީ ފެތުންތެރިޔާ!
ފެތުމުގެ ރެކޯޑަކާ އެކު ހުކުރަށް ކުޑަރިކިލަށް
ކަނޑު ހުރަސްކޮށް ރާއްޖޭގެ އެންމެ ދިގު ފެތުން ފަތައިފި
ޓްރެކްގެ ބައެއް ވޮޑުން، ކިހިނެއްވީ ކަމެއް؟