07 މެއި 2018
މާލޭގެ ފަތާ ޓްރެކްގެ ބޮޑުބަޔަކަށް ވެލިއަރައި ހިކުމަކީ ގިނަ ބަޔަކަށް ފާހަގަކުރެވުނީ އާދަޔާ ހިލާފުކަމެއްގެ ގޮތުގަ އެވެ. ދިޔަވަރު ހިކި ވަގުތުތަކުގައި ވެސް ކުރިން އެގޮތަށް ވެލިގަނޑެއް ނުފެނެ އެވެ.
މާލޭގެ ފަތާ ޓްރެކްގެ ބޮޑުބަޔަކަށް ވެލިއަރައި ހިކުމަކީ ގިނަ ބަޔަކަށް ފާހަގަކުރެވުނީ އާދަޔާ ހިލާފުކަމެއްގެ ގޮތުގަ އެވެ. ދިޔަވަރު ހިކި ވަގުތުތަކުގައި ވެސް ކުރިން އެގޮތަށް ވެލިގަނޑެއް ނުފެނެ އެވެ.
ޓްރެކްގައި، ފަތާ މީހުން ބޭނުންކުރާ ޕްލެޓް ފޯމާ ހަމައަށް ހިކުމުން ހައުސިން މިނިސްޓްރީން މިހާރު އަންނަނީ އެތަން ފުންކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ޓްރެކަށް މިގޮތަށް ދިމާވީ މާލެ ސަރަހައްދުން ފަޅުތައް ހިއްކައި ހުޅުލެއާއި މާލެއާ ދެމެދު ބްރިޖް އެޅުން ފަދަ ބޮޑެތި މަޝްރޫތަކާ އެކު ތިމާވެއްޓަށް އައި ބަދަލަކުން ކަމަށް ވެސް ބައެއް މީހުން ބުނެ އެވެ.
ތިމާވެށީގެ ތަޖުރިބާކާރަކު ވިދާޅުވި ގޮތުގައި ޓްރެކް ވޮޑުނީ ބްރިޖްގެ ތަނބުތައް ޖެހުމަށް ކޮނުމުން ކަމަށް އެބޭފުޅުންގެ ދިރާސާތަކުން ވަނީ އެނގިފަ އެވެ. އޭނާ ވިދާޅުވީ ތަނބު ޖަހަން ކޮނެފައި ނެގި ވެލިތައް އެޅުމުން އެ ވެލިތައް އޮޔާ ގޮސް ޓްރެކް ސަރަހައްދަށް ވަނީ ކަމަށެވެ.
ފަތާ ޓްރެކް ސަރަހައްދު ވޮޑިފައި-- ފޮޓޯ: ހައުސިން މިނިސްޓްރީ
"ޕައިލްކޮށް، ތޮރުފާފަ ނަގާ ވެލި އެ ހިސާބަށް އެޅުމުން އެ ވެލިތައް ތޮށިމަތިން ލާފައި އައިސް ޓްރެކް ތެރެއަށް ވަދެ އެ ސަރަހައްދު ހިކުނީ،" ތިމާވެށީގެ ތަޖުރިބާކާރު ވިދާޅުވި އެވެ.
"އެތަނުގައި ހުރީވެސް ވެއްޔެއް ނޫނެއް ނޫންތޯ؟ ކުދިކުދި ގާ ހުރީ. އެއީ ކޮނެފައި ނަގާފަ ހުރި ތަކެތި ކަމަށް ބެލެވޭ،"
އޭނާ ވިދާޅުވީ ބްރިޖުގެ ތަނބުތަކުގެ މަސައްކަތް މިހާރު ނިމިފައި ވުމުން ދެން ޓްރެކް ސަރަހައްދު ވޮޑޭނެ ކަމަށް ނުބެލެވޭ ކަމަށެވެ.
ފަތާ ޓްރެކް: ފުރަތަމަ ސަލާމަތްކުރަން ޖެހެނީ ނަޖިހުން!
ފަތާ ޓްރެކަށް ޖަމާވީ ބާޖަކުން އުކާލި ކުނިތަކެއް
ގިނަ ރެކޯޑްތަކެއް، މީކުރިން ވާސިލު ނުވެވުނު ރާސްތާއެއް
އަނެއްކާވެސް ފަތާ ޓްރެކް ނަޖިސްވާ މައްސަލަ!
ބްރިޖް ހެދިއިރު ވައްޓާލި ހޮޅިއަކުން ފަރަށް ގެއްލުންވަނީ
ތިމާވެށި އެ ގޮވާ ގޮވުންތަކެއްގެ އަޑެއް ނީވޭ!
ބްރިޖް ހެދިއިރު މޫދަށް ކުނި އެޅުމުން ބޮޑު ޖޫރިމަނާއެއް
ވެލި ބަރުކުރި ބޯޓު އަދިވެސް އޮތީ ހިފަހައްޓާފައި!
ވެލި ބަރުކުރި ބޯޓުގެ ތަހުގީގު އަދި ނުނިމޭ: ފުލުހުން
ވެލި ބަރުކުރީ ބްރިޖް ހެދި ކުންފުނީގެ އުޅަނދަކަށް ނޫން