25 އޮކްޓޯބަރ 2022
ސިނަމާލޭ ބްރިޖުގެ މަސައްކަތްކުރިއިރު އެ ސަރަހައްދުގެ ކަނޑަށް ވެއްޓިފައި އޮތް ދަގަނޑެއް ނުނަގާ ގިނަ ދުވަސްވަމުންދާތީ އެ ސަރަހައްދުގެ ފަރަށް ބޮޑެތި ގެއްލުންތަކެއްވަމުންދާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ސިނަމާލޭ ބްރިޖުގެ މަސައްކަތްކުރިއިރު އެ ސަރަހައްދުގެ ކަނޑަށް ވެއްޓިފައި އޮތް ދަގަނޑެއް ނުނަގާ ގިނަ ދުވަސްވަމުންދާތީ އެ ސަރަހައްދުގެ ފަރަށް ބޮޑެތި ގެއްލުންތަކެއްވަމުންދާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
މާލޭގެ ލޮނުޒިޔާރާތްކޮޅުގައި ސިނަމާލޭ ބްރިޖުގެ މަސައްކަތް 2016 ވަނަ އަހަރު ފަށައިގެން 2018 ވަނަ އަހަރުގެ ސެޕްޓެމްބަރާ ހަަމައަށްކުރިއިރު އެ ސަރަހައްދުގެ ކަނޑަށް ގިނަ އަދަދެއްގެ ދަގަނޑު ހޮޅިތަކާއި ކުނި އަޅާފައި ހުއްޓެވެ. އެހެންވެ އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވަނީ ހައުސިން މިނިސްޓްރީ ނުވަ ލައްކައެއްހާ ރުފިޔާ އިން ޖޫރިމަނާ ވެސް ކޮށްފަ އެވެ.
ޗައިނާގެ ސީސީސީސީ ކުންފުންޏާ ހަވާލުކޮށްގެން ބްރިޖުގެ މަސައްކަތްކުރީ ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ. އެ ކުންފުންޏަށް ދިން އީއައިއޭ ޑިސިޝަން ސްޓޭޓްމަންޓުގައިވާ ގޮތުން އެއާ ހިލާފަށް ކަމެއް ހިނގައިފި ނަމަ އެކަމެއް އީޕީއޭ އަށް ރިޕޯޓުކުރަން ޖެހުނަސް ކަނޑަށް ހޮޅިއެޅި މައްސަލަ ރިޕޯޓް ކޮށްފައެއް ނުވެ އެވެ.
އެހެންވެ ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދަށް ރިއާޔަތްކޮށް ޖުމްލަ، 892،500ރ. އިން މިނިސްޓްރީ ޖޫރިމަނާކުރީ 2019 ގެ ޖުލައި މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން އެ އަހަރުގެ ސެޕްޓެމްބަރު ހިސާބުގައި އެ ކުންފުނިން ވަނީ އެތަނަށް އެޅިފައިވާ ދަގަނޑު ހޮޅިތައް ނެގުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް ބުނެފަ އެވެ.
ދަގަނޑު ހޮޅިތަކާއި ކުނިތައް ނަގައި އެތަން ސާފުކުރިޔަސް އެތަނުގައި އަދިވެސް އެ މަސައްކަތްކުރިއިރު ވައްޓާލި ބޮޑު ދަގަނޑުގަނޑެއް އެބައޮތެވެ. އޭގެ ސަބަބުން އެ ސަރަހައްދަށް ގެއްލުންވަމުންދާ ކަމަށް އެތަނުގައި ރާޅާ އަޅާ މީހުން ބުނެ އެވެ. އާންމުވެފައިވާ ފޮޓޯއިން ފެންނަ ގޮތުގައި ވެސް އެ ދަގަނޑު އެތަނުގައި އޮންނަތާ ގިނަ ދުވަސްވުމުގެ ސަބަބުން ފަރުގެ މުރަކަތަކާއި ގާތަށް އޮތީ އަޑިއަށް ގޮސްފަ އެވެ.
ބްރިޖު ހެދިއިރު ފަރަށް ވައްޓާލާފައި އޮތް ދަގަނޑު ބުރިއެއް.
އެތަނުގެ ވީޑިއޯއަކާ އެކު ކަންބޮޑުވުން ފާޅުކުރި މީހަކު ބުނީ އެ ދަގަނޑަކީ ބްރިޖުގެ މަސައްކަތްކުރިއިރު ވައްޓާލާފައި އޮތް ދަގަނޑެއް ކަމަށާއި އެދަނޑު އޮތީ ރާޅާ އަޅާ ސަރަހައްދުގައި ކަމަށެވެ. އެތަނުގައި އޭތި އޮތުމުގެ ސަބަބުން ރާޅު ނަގައި ކޮންމެ ފަހަރަކު އެ ދަނޑުގަނޑު ފަރުގައި ޖެހި ބޮޑެތި ގެއްލުންތަކެއް އެތަނަށް ވަމުންދާ ކަމަށް ބުންޏެވެ.
އީޕީއޭ ޓެގްކޮށް ކޮށްފައިވާ އެ ޓްވީޓުގައި ވަނީ އެފަރަށް އެހާ ގެއްލުންވަމުންދާއިރު އެކަން އެނގޭތޯ ސުވާލުކޮށްފަ އެވެ.
އޭނާ ބުނީ މިދުވަސްވަރަކީ ނޭޝަނަލް ޖޫނިއާ ޗެމްޕިއަންޝިޕަށް ޓްރެއިންވުމުގެ ގޮތުން އެ ސަރަހައްދުގައި ހަގު ސާފަރުން ޓްރެއިނިންތައް ހަދަމުންދާ ދުވަސްވަރެއް ކަމަށާއި އެ ދަގަނޑު އޮތީ އެ ކުދިން ރާޅާ އެޅުމަށް އަރާ ތަނުގެ ސީދާ އަޑީގައި ކަމަށެވެ. އެހެންވެ، އެއިން ކުއްޖަކަށް އަނިޔާވެއްޖެ ނަމަ، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެކަމުގެ ޒިންމާ ނަންގަވާނެތޯ އާއި އެތަން ސާފުކުރުމަކީ އޭނާ ކުރައްވަން ޖެހޭ ކަމެއް ކަމަށް ބުނެ ނުރުހުން ފާޅުކޮށްފައިވެ އެވެ.
Its one of many metal junk bridge builders threw in the sea during construction. This particular pipe lies near the surf impact zone & when swell picks up, it gets dragged around the reef causing massive damage to the sea floor @EPAMaldives Are you aware of this? pic.twitter.com/MEUFJKVx4C
— Future Climate Refugee (@rannamaari) October 21, 2022
މާލެ-ވިލިމާލެ ބްރިޖުގެ މަސައްކަތަށް ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރައިގެން ވެސް ދާދިފަހުން ވަރަށް ބޮޑަށް ގެއްލުންވި އެވެ. އެތަނުގައި ބޮޑެތި ވަޅުތައް ހެދިފައި ހުއްޓަސް އެކަމާ ގުޅިގެން މިހާތަނަށް އެ މަސައްކަތްކުރި އެފްކޮންސް ކުންފުނި ޖޫރިމަނާކޮށްފައެއް ނުވެ އެވެ.
ބްރިޖް ހެދިއިރު މޫދަށް ކުނި އެޅުމުން ބޮޑު ޖޫރިމަނާއެއް
ވެލި ބަރުކުރި ބޯޓު އަދިވެސް އޮތީ ހިފަހައްޓާފައި!
ވެލި ބަރުކުރި ބޯޓުގެ ތަހުގީގު އަދި ނުނިމޭ: ފުލުހުން
"ވެލި ބަރުކުރި ބޯޓުގެ މައްސަލާގައި ފިޔަވަޅު އަޅާނަން"
ރާޅުގަނޑަށް ހިލަ އަރައި ކަޅުކޮށްލައިފި
މޫދަށް ކްލޮރިން އެޅުމުން ދިރުންތައް މަރުވެގެން ލައްގަނީ
ފަރަށް އުރިފައިވާ 8 އުޅަނދު އަދިވެސް ފުން ނުކުރޭ!
ތިމާވެށީގެ ޖޫރިމަނާތަކުން 825 މިލިއަން ރުފިޔާ ނުލިބޭ
ކުޑަގިރި ފަރަށް އެރި ބޯޓުގެ ޖޫރިމަނާ ދައްކަން ހުކުމް
ޖޫރިމަނާގެ ފައިސާ ނުދައްކާ ބޯޓުތައް ފުރައިގެންދަނީ