30 ޖެނުއަރީ 2019
މިލާން (ޖެނުއަރީ 30) – ނަޕޯލީ 2-0 އިން ބަލިކޮށް އޭސީ މިލާނުން އިޓާލިއަން ކަޕުގެ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ރޭ ހޯދައިފި އެވެ.
މިލާން (ޖެނުއަރީ 30) – ނަޕޯލީ 2-0 އިން ބަލިކޮށް އޭސީ މިލާނުން އިޓާލިއަން ކަޕުގެ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ރޭ ހޯދައިފި އެވެ.
މި މެޗުގައި މިލާނުގެ ދެ ގޯލް ވެސް ޖެހީ ގޮންޒާލޯ ހިގުއައިންގެ ބަދަލުގައި އެ ޓީމަށް ގެނައި ޕޮލެންޑް ފޯވާޑް ކްރިސްޓޮފް ޕިއޮންޓެކް އެވެ. ޖޫން މަހު ޖެނޯއާއާ ގުޅި 21 މެޗުން 19 ގޯލް ޖެހި ފޯވާޑް މިލާނުން ގަތީ 35 މިލިއަން ޔޫރޯ އަށެވެ.
މިލާނުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗުގެ 11 ވަނަ މިނެޓުގައި ޕިއޮންޓެކް ފުރަތަމަ ގޯލް ޖެހީ ޑިއެގޯ ލަޝާލްޓް ދިން ޕާހަކުންނެވެ. ދެ ވަނަ ގޯލް 27 ވަނަ މިނެޓުގައި ޖެހީ ބްރެޒިލް މިޑްފީލްޑަރު ލޫކަސް ޕަކޭޓާ ތަނަވަސްކޮށްފިން ފުރުސަތެއްގަ އެވެ.
މިލާނުގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުގެ ޑިފެންސް ލައިނުން ވަނީ ނަޕޯލީ ހުއްޓުވުމުގައި ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. އޭގެ ތެރޭފައި ޒުވާން ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ ކުރި ސޭވްތައް ހިމެނެ އެވެ.
ރޭގެ މެޗާ އެކު މިލާނުގެ ކޯޗު ޖެނާރޫ ގަޓޫސޯ ވަނީ، ނަޕޯލީގެ ކޯޗު އަދި އޭނާ އަށް ކުރިން މިލާނުގައި ކޯޗުކޮށްދިން ކާލޯ އަންޗެލޮޓީގެ މައްޗަށް ފުރަތަމަ ފަހަރަށް ކުރި ހޯދައިފަ އެވެ. މި ދެ ޓީމު ލީގުގައި ކުޅުނު ފުރަތަމަ މެޗުން 3-2 އިން ނަޕޯލީ މޮޅުވިއިރު މީގެ ތިން ދުވަސް ކުރިން ކުޅުނު ދެ ވަނަ މެޗު ނިމުނީ 0-0 އިން އެއްވަރުވެފަ އެވެ.
އިޓާލިއަން ކަޕުގެ ކުއާޓާ ފައިނަލުގައި މިރޭ ފިއޮރެންޓީނާ އާއި ރޯމާގެ އިތުރުން އެޓަލާންޓާ އާއި ޔުވެންޓަސް ބައްދަލުކުރާނެ އެވެ. ފަހު މެޗުގައި މާދަމާރޭ ވާދަކުރާނީ އިންޓަ މިލާނާއި ލާޒިއޯ އެވެ.
މިލާން 16 އަހަރަށް ފަހު ޗެމްޕިއަންސް ލީގު ސެމީ އަށް
ކުއާޓާގައި ރެއާލް-ޗެލްސީ އަދި ބަޔާން-ސިޓީ
ނަޕޯލީ ބަލިކޮށް ފުލުގައި އޮތް ކްރެމޮނޭސޭ ކުއާޓާ އަށް
މިލާން އެއްވަރުމުން ނަޕޯލީ އަށް ބޮޑު ލީޑެއް
ނަޕޯލީ އާއި މިލާނަށް ކާމިޔާބު ރެއެއް
އިތުރުވަގުތުގެ ލަނޑުން މިލާނާއި ފިއޮރެންޓީނާ ކުއާޓާއަށް
އެކަކު މަދުކޮށް ކުޅެ ޔުވެންޓަސް އަށް ޕޮއިންޓެއް
ޔުވެންޓަސް ބަލިކޮށް ނަޕޯލީ ތަށި ހޯދައިފި
ނަޕޯލީ ފައިނަލަށް އެކަމަކު ގަޓޫސޯ އެހާ އުފަލެއް ނުވޭ
އިޓަލީ ފުޓްބޯޅައިގެ އާ ފެށުމާއެކު ޔުވެންޓަސް ފައިނަލަށް