29 ޖެނުއަރީ 2019
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގޭ ބަންދަށް ބަދަލުކުރަން ހައި ކޯޓުން އިއްޔެ ނެރުނު ވަގުތީ އަމުރަށް އަމަލު ކުރުން ފަސްކުރަން ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގޭ ބަންދަށް ބަދަލުކުރަން ހައި ކޯޓުން އިއްޔެ ނެރުނު ވަގުތީ އަމުރަށް އަމަލު ކުރުން ފަސްކުރަން ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
އަދީބު ގޭ ބަންދަށް ބަދަލުކުރަން ހައި ކޯޓުން ވަގުތީ އަމުރެއް ނެރުނީ އޭނާގެ ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވުމުގެ މައްސަލައިގައިި އަދީބުގެ ފަރާތުން ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނިމެންދެންނެވެ. އެ އަމުރާ އެކު އަދީބު ރޭ ވަނީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.
Court Order Number: 2019/SC-VA-J/01 of the Supreme Court.
— Maldives Judiciary (@judiciarymv) January 29, 2019
ReadMore: https://t.co/3xmPixVLa9 pic.twitter.com/twODEUZ5fc
ސުޕްރީމް ކޯޓުގެ އަމުރު
ނަމަވެސް، ސުޕްރީމް ކޯޓުން ދެންމެ ނެރުނު ވަގުތީ އަމުރުގައި ބުނީ، އަދީބު ގެ އަށް ބަދަލުކުރުމާ މެދު އެ ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން ނުވަތަ ވަކި ގޮތަކަށް އަންގަންދެން، ހައި ކޯޓުގެ އަމުރު ތަންފީޒު ކުރުން ވަގުތީ ގޮތުން ފަސްކުރުމަށާއި އެ އަމުރު ތަންފީޒު ކުރުމަށް އެއްވެސް ފަރާތަކުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ދައުލަތުގެ ކަމާ ބެހޭ އެންމެހައި ފަރާތްތަކަށް އަމުރު ކުރާ ކަމަށެވެ.
ހައި ކޯޓުގެ އަމުރަށް އަމަލު ކުރުން ފަސްކުރަން ސުޕްރީމް ކޯޓުން މިއަދު އަމުރު ނެރުނީ، ހައި ކޯޓުގެ އެ އަމުރު ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށް، އެ އަމުރަށް އަމަލު ކުރުން ފަސްކުރުމުގެ އަމުރަކަށް ދައުލަތުން އެދުމުންނެވެ.
އަދީބުގެ ސިއްހީ ހާލަތު ގޯސްވުމުން އޭނާ ރާއްޖެ އިން ބޭރަށް ފޮނުވުމުގެ އަމުރަކަށް އެދި އަދީބުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި މިދިޔަ އަހަރު އެ ކޯޓުން ނިންމާފައި އޮތީ ގައިދީން ބޭރަށް ފޮނުވުމުގައި އަމަލުކުރަން ޖެހޭ އިޖްރާއާތުތައް ފުރިހަމަ ކޮށްފައި ނުވާތީ އެ މައްސަލަ ކުރިއަށް ގެންދެވެން ނެތް ކަމަށެވެ.
އެ މައްސަލަ އަދީބުގެ ފަރާތުން އިސްތިއުނާފް ކުރުމުން އިއްޔެ ހައި ކޯޓުން ވަނީ އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފަ އެވެ.
އަދީބު ގޭގައި ބެހެއްޓުމުގެ ވަގުތީ އަމުރަކަށް އެދިއްޖެ
އަދީބު މާފުށީ ޖަލަށް ބަދަލުކޮށްފި
އަދީބުގެ 12 އަށްވުރެ ގިނަ މައްސަލަ ޕީޖީއަށް ފޮނުވަނީ
އަދީބު ޝަކުވާ ނުކުރިޔަސް ފަރުވާ އެބަކުރަން: އިމްރާން
އަދީބު އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފި
އަދީބު އޮންނެވީ ބަލި މީހުންނަށް އެކަށީގެންވާ ތަނެއްގައި
އަދީބު އެޑްމިޓްކޮށް އިމަޖެންސީގައި ފަރުވާދެނީ
އަދީބަށް ހާއްސަ ހިމާޔަތެއް ދެވޭކަށް ނެތް: ކަރެކްޝަންސް
އަދީބު ދޫނިދޫ ޖަލަށް ބަދަލުކޮށްފި: އާއިލާ
އަދީބުގެ އޮޕަރޭޝަން ލަސްކުރާތީ އާއިލާގެ ކަންބޮޑުވުން