02 ފެބުރުއަރީ 2018
ތަފާތު މައްސަލަތަކާ ގުޅިގެން ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ސިޔާސީ ބޭފުޅުންތައް މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ރޭ އަމުރުކުރުމާއެކު، އެ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކުއްލި ގޮތަކަށް މާފުށީ ޖަލަށް ބަދަލުކޮށްފައިވާ ކަމަށް އެމަނިކުފާނުގެ ވަކީލުން ބުނެފި އެވެ.
ތަފާތު މައްސަލަތަކާ ގުޅިގެން ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ސިޔާސީ ބޭފުޅުންތައް މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ރޭ އަމުރުކުރުމާއެކު، އެ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކުއްލި ގޮތަކަށް މާފުށީ ޖަލަށް ބަދަލުކޮށްފައިވާ ކަމަށް އެމަނިކުފާނުގެ ވަކީލުން ބުނެފި އެވެ.
ޓެރަރިޒަމްގެ ތުހުމަތުގައި ޖަލަށް ލާފައިވާ އަދީބުގެ ވަކީލު، މޫސާ ސިރާޖު މިއަދު ވިދާޅުވީ، ފުލުހުން ބަލަހައްޓަމުން އަންނަ ދޫނިދޫ ޖަލުން މާފުށީ ޖަލަށް އަދީބު ބަދަލު ކުރީ، ސުޕްރީމް ކޯޓުގެ އަމުރަށް ފަހު ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ. އެކަމަކު އޭގެ ސަބަބެއް އަންގާފައި ނުވާ ކަމަށް ސިރާޖު ވިދާޅުވި އެވެ.
ސުޕްރީމު ކޯޓުން ރޭ ވަނީ އަދީބުގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒް މުހުސިނާއި އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާނާއި ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް (ހާމިދު ސޭޓް) މިނިވަން ކުރުމަށް އަމުރުކޮށްފަ އެވެ.
އެކަމަކު މިހާތަނަށް އެ އަމުރު ތަންފީޒުު ނުކުރާތީ ސަރުކާރަށް އަންނަނީ ފާޑުކިޔުންތައް އަމާޒު ވަމުންނެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ރޭ ބުނެފައި ވަނީ، އެ އަމުރު ތަންފީޒު ކުރުމަށް ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަ ކުރުމުގެ މަސައްކަތް އެ އިދާރާއިން ކުރަމުން އަންނަ ކަމަށެވެ.
އަދީބު ގެއަށް ބަދަލުކުރުމުގެ އަމުރު ހުއްޓުވައިފި
އަދީބު ދޫނިދޫ ޖަލަށް ބަދަލުކޮށްފި: އާއިލާ
އަދީބުގެ އޮޕަރޭޝަން ލަސްކުރާތީ އާއިލާގެ ކަންބޮޑުވުން
އަދީބުގެ ގޮޅި އަނެއްކާވެސް ފާސްކޮށްފި
އަދީބުގެ ހާލު މިހާރު އިތުރަށް ގޯސް: ވަކީލު
އަދީބު އަވަހާރަކޮށްލަން އުޅޭ ވާހަކަ ފުލުހުން ދޮގުކޮށްފި
އަދީބު ބޭސްފަރުވާ އަށް ބޭރަށް ފުރޭ ގޮތެއް ނުވޭ
އަދީބު ދޫނިދޫއަށް ބަދަލުކުރީ ސަލާމަތީ ސަބަބުތަކަށްޓަކައި
ޔާމީންގެ މައްސަލައިގައި އިދިކޮޅުން ރައީސްގެ އަރިހަށް
އަދީބު ފޮނުވަނީ ފަރުވާދޭނެ އިތުރު ގޮތެއް ނުފެނިގެން