20 ފެބުރުއަރީ 2018
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ފޯނުކުރައްވާ ކަމުގެ ތުހުމަތުކޮށް، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ދޫނިދޫގައި އޮންނެވި ގޮޅި މިއަދު ފާސްކޮށްފި ކަމަށް އޭނާގެ ވަކީލް ހުސައިން ސިރާޖު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ފޯނުކުރައްވާ ކަމުގެ ތުހުމަތުކޮށް، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ދޫނިދޫގައި އޮންނެވި ގޮޅި މިއަދު ފާސްކޮށްފި ކަމަށް އޭނާގެ ވަކީލް ހުސައިން ސިރާޖު ވިދާޅުވެއްޖެ އެވެ.
ސިރާޖް ވިދާޅުވީ އަދީބު އޮންނެވި ގޮޅި މިއަދުގެ ހެނދުނުގެ ވަގުތެއްގައި ފުލުހުން ފާސްކުރީ ފޯނެއް ހޯދަން ކަމަށެވެ. ޕީޕީއެމްގެ މެމްބަރުންނަށް ގުޅުއްވައި، ސަރުކާރާ ދެކޮޅުވުމަށް އަދީބު ވިދާޅުވަމުން އަންނަ ކަމަށް ފުލުހުން ތުހުމަތުކޮށްފައިވާ ކަމަށް ވެސް ސިރާޖް ވިދާޅުވި އެވެ.
"ގޮޅީގައި ފޯނެއް ނުގެންގުޅެވޭނެ، އެކަން އެނގި ތިބެ ދޭތެރެ ދޭތެރެއިން އެ ގޮޅި ފާސްކުރަނީ ކީއްވެ ކަމެއް ނޭނގެ،" ސިރާޖު ވިދާޅުވި އެވެ.
Polihun miadhu hendhu vane VP Adeeb golhi balaafaas kohfa. Balaafaas kuree phone eh gengulhe, MPs ah gulhaa sarukaara dhekolhu vumah buna kamah thuhumathu koh.
— Moosa Siraj ? (@MoosesSiraj) February 20, 2018
Maafuttah badhalu kuriyas Adeeb nugulhiyas MPs sarukaarun vaki vaan nujehey sababeh neh.
އަދީބު ގޮޅި ފާސްކުރި ކަމަށް ވިދާޅުވެ މޫސާ ސިރާޖު ކުރެއްވި ޓުވީޓް.
ތަފާތު ދެ މައްސަލައަކާ ގުޅިގެން 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އަދީބުގެ ގޮޅި މީގެކުރިން ވެސް ފާސްކުރި އެވެ. އެ ފަހަރު ވެސް އަދީބުގެ ގޮޅި ފާސްކުރީ އޭނާ ގެންގުޅުއްވާ މޮބައިލް ފޯނަކުން، ސިޔާސީ ފަރާތްތަކަށް އެސްއެމްއެސް ފޮނުއްވާ ކަމުގެ ތުހުމަތުގަ އެވެ.
އަދީބު މާފުށީ ޖަލަށް ބަދަލުކޮށްފި
އަދީބު ދޫނިދޫ ޖަލަށް ބަދަލުކޮށްފި: އާއިލާ
އަދީބުގެ އޮޕަރޭޝަން ލަސްކުރާތީ އާއިލާގެ ކަންބޮޑުވުން
އަދީބު މާފުށީ ޖަލަށް ބަދަލުކޮށްފި
އަދީބުގެ ހާލު މިހާރު އިތުރަށް ގޯސް: ވަކީލު
އަދީބު އަވަހާރަކޮށްލަން އުޅޭ ވާހަކަ ފުލުހުން ދޮގުކޮށްފި
އަދީބު ބޭސްފަރުވާ އަށް ބޭރަށް ފުރޭ ގޮތެއް ނުވޭ
އަދީބު ދޫނިދޫއަށް ބަދަލުކުރީ ސަލާމަތީ ސަބަބުތަކަށްޓަކައި
ފެންނަނީ އަދީބުގެ އެހީތެރިކަން ހޯދާތަން: އިދިކޮޅު
ޔާމީން މިިނިވަންކުރަން ހުށަހެޅި މައްސަލަ ބޭރުކޮށްލައިިފި