Roadha Mihaaru
ކޮލުގައި "ވަން ޑިރެކްޝަން"ގެ ހެރީ ސްޓައިލްގެ ޓެޓޫ

ކޮލުގައި "ވަން ޑިރެކްޝަން"ގެ މެމްބަރު ހެރީ ސްޓައިލްގެ ޓެޓޫ

31 ޖެނުއަރީ 2019

މަޝްހޫރު މީސްމީހުންނާ ހެދި މޮޔަވެފައި ތިބޭ އެ މީހުންގެ ފޭނުން ގަބޫލުކުރަން ވެސް ދަތި ކަންކަން ކުރެ އެވެ. މިވެސް އޭގެ ހާދިސާއެކެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މަޝްހޫރު މީސްމީހުންނާ ހެދި މޮޔަވެފައި ތިބޭ އެ މީހުންގެ ފޭނުން ގަބޫލުކުރަން ވެސް ދަތި ކަންކަން ކުރެ އެވެ. މިވެސް އޭގެ ހާދިސާއެކެވެ.

ނިއުޒިލެންޑަށް އުފަން އެމެރިކާގެ ޒުވާން އަންހެން ލަވަކިޔުންތެރިޔާ ކެލްސީ ކާޓާ ވަނީ އައިޑޮލްއެއްގެ ގޮތުގައި އޭނާ ދެކޭ އިނގިރޭސިވިލާތުގެ ލަވަކިޔުންތެރިޔާ ހެރީ ސްޓައިލްސްގެ ސޫރަ ޓެޓޫއަކުން މޫނުގައި ކުރަހައިފަ އެވެ.

ކުރީގެ މަޝްހޫރު އިނގިރޭސި ބޭންޑް ވަން ޑިރެކްޝަންގެ މެމްބަރުންގެ ތެރޭގައި ހިމެނުނު ހެރީގެ ޓެޓޫ ޖެހީ ކަނާތްފަރާތު ކޯ މަތީގަ އެވެ.

ކެލްސީ މޫނުގައި ޖެހި ޓެޓޫއާ އެކު އެކި މީހުން އެކަމާ ގުޅޭ ގޮތުން އެކި ގޮތްގޮތަށް ސޯޝަލް މީޑިއާގައި ކޮމެންޓްކޮށްފަ އެވެ. އެކަމަކު ބަޔަކު ކޮންމެ އެއްޗެކޭ ކިޔަސް އޭނާ އަށް އެއްވެސް މައްސަލައެއް ނެތެވެ.

ކޮލަށް ހެރީގެ ޓެޓޫ ޖެހުމަށް ފަހު، ކެލްސީ ކުރި ޓްވީޓެއްގައި ބުނީ "މަންމަ އަހަރެން މި ކުރި ކަމެއް ދެކިބަލާށޭ" އެވެ. ޓެޓޫ ޖެހުމުގެ ކުރިން އޭނާ ވަނީ މިކަމަކީ އަންނަ މަހުގެ 1 ގައި ފާހަގަކުރާ ހެރީގެ އުފަން ދުވަހަށް ހާއްސަކޮށްގެން ކުރާ ކަމެއް ކަމަށް ވެސް ބުނެފަ އެވެ.

ކެލްސީގެ ޓެޓޫ ޖަހައި ދިނީ މީގެ ކުރިން ވެސް މަޝްހޫރު ބައެއް ފަންނާނުންނަށް ޓެޓޫ ޖަހައިދީފައިވާ ރޯމިއޯ ލެކޯސްޓެވެ. އޭގެ ތެރޭގައި ޖަސްޓިން ބީބާ، ކެންޑްރިކް ލެމާ، ސްވާއީ ލީ އަދި ޖޭސަން ޗާލްސް ހިމެނެ އެވެ.