21 ޖެނުއަރީ 2019
އެމްއެމްއޭން ތަރައްގީ ކުރާ "ދިވެހިރާއްޖޭގެ ގައުމީ ޕޭމަންޓްސް" ނިޒާމު ވާނީ ރާއްޖޭގެ މާލީ ދާއިރާ އަށް ބޮޑު ބަދަލެއް ގެނުވާނެ އެއްޗަކަށް ކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްއެމްއޭން ތަރައްގީ ކުރާ "ދިވެހިރާއްޖޭގެ ގައުމީ ޕޭމަންޓްސް" ނިޒާމު ވާނީ ރާއްޖޭގެ މާލީ ދާއިރާ އަށް ބޮޑު ބަދަލެއް ގެނުވާނެ އެއްޗަކަށް ކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މަލީހު ވަނީ މަރުކަޒީ ބޭންކް މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު ނަސީރާ ބައްދަލުކުރައްވައިފަ އެވެ. މިއީ މިނިސްޓަރު ގަވަރުނަރާ ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ. މި ބައްދަވުމުގައި ނޭޝަންލް ޕޭމަންޓް ސިސްޓަމް ގާއިމް ކުރުމާ ގުޅޭ ގޮތުން ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވައިފަ އެވެ.
މަލީހު ވިދާޅުވީ، އެމްއެމްއޭ އިން މިފަދަ ނިޒާމެއް ތައާރަފް ކުރާ އިރު ޓެކްނޮލޮޖީއާ ގުޅޭ މިނިސްޓްރީން މިކަމުގައި ކުރެވޭނެ ކަންކަމާ މެދު މަޝްވަރާ ކުރެވުނު ކަމަށެވެ.
މަލީހު ވިދާޅުވީ، ވިޔަފާރިތަކާއި އަމިއްލަ ފަރާތްތަކަށް ބޭރުގެ އެކި ގައުމުތަކާ އެކު ވިޔަފާރީގެ މުއާމަލާތްތައް ކުރުމުގައި ޕޭމަންޓް ސިސްޓަމެއް ނެތުމުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށެވެ. ރާއްޖޭގެ ރައްޔިތުންނަކީ މާލީ ދާއިރާގެ މިފަދަ ޓެކްނޮލޮޖީތަކަށް އަހުލުވެރި، އަދި އެ ޓެކްނޮލޮޖީތައް ފަސޭހައިން ބޭނުން ކުރެވޭ ބަޔަކަށް ހެދުމަކީ އެމިނިސްޓްރީގެ އަމާޒު ކަމަށް ވިދާޅުވި އެވެ.
ގަވަރުނަރު ނަސީރު ވިދާޅުވީ، "ދިވެހިރާއްޖޭގެ ގައުމީ ޕޭމަންޓްސް" ނިޒާމު ގާއިމް ކުރުމަށްޓަކައި އެމްއެމްއޭ އިން މަސައްކަތްތައް ފަށައިގެން އުޅޭތާ ގިނަ ދުވަސްތަކެއް ވެފައިވާ އިރު އެ ނިޒާމު ގާއިމް ކުރުމުގެ މަގްސަދަކީ ރާއްޖޭގައި ނަގުދު ފައިސާގެ ބަދަލުގައި ކޭޝްލެސް ނިޒާމެއް ގާއިމް ކުރުން ކަމަށެވެ.
އެމްއެމްއޭގެ ބޯޑަށް ޖަނާ އާއި އިހުސާން އައްޔަން ކޮށްފި
ގަވަރުނަރުގެ ނުކިއްސަރުކަމެއް ބަޖެޓާ މެދު ނެތް: ރައީސް
އިންޓަނެޓްގެ އަގު ހެޔޮކުރުމުގެ ނިޔަތެއް ނެތް: މަލީހް
"އީގަވަމަންޓް ރަނގަޅުކުރަން އިންވެސްޓް ކުރަން ޖެހޭ"
އޮފީސްތަކުގައި ފިންގަޕްރިންޓް ޖެހުން ހުއްޓާލައިފި
މުވައްޒަފުން ގޭގައި މަސައްކަތްކުރާނެ ގޮތް ކަނޑައަޅަނީ
ސަަރުކާރުގެ އީމެއިލް ޕާސްވޯޑްތަކެއް ލީކުކޮށްލައިފި
"ބަޣާވާތުގެ ކާމިޔާބީ ފާހަގަކުރުމުން" މަލީހު ހޫނުފެނަށް
އެމްއެމްއޭގެ ގަވަރުނަރު ނަސީރު މަޖިލީހަށް ހާޒިރުކުރަނީ
އެމްއެމްޕީއާރްސީގެ މައްސަލާގައި އެމްއެމްއޭ އޮޑިޓް ކުރަނީ