ހިޔާނާތުގެ މައްސަލައެއްގެ ތުހުމަތުގައި ބީއެމްއެލުން ސަސްޕެންޑްކޮށްފައިވަނީ އެތަނުގައި ވަޒީފާ އަދާކުރަމުން އަންނަ ދެމަފިރިން ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
15 ޖެނުއަރީ 2019
ހިޔާނާތުގެ މައްސަލައެއްގެ ތުހުމަތުގައި ބީއެމްއެލުން ސަސްޕެންޑްކޮށްފައިވަނީ އެތަނުގައި ވަޒީފާ އަދާކުރަމުން އަންނަ ދެމަފިރިން ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
އެކަމަކު އެނގިފައިވާ ގޮތުގައި އެ ދެމަފިރިން ވަޒީފާ އަދާކުރަނީ އެއް ޑިޕާޓްމަންޓްގައެއް ނޫނެވެ. ބީއެމްއެލްގެ އެތެރޭގެ އުސޫލުތައް ހަމަޖެހިފައި އޮންނަ ގޮތުން، ދެމަފިރިންނަށް އެ ބޭންކްގައި ވަޒީފާ އަދާކުރެވުނަސް، އެއް ޑިޕާޓްމަންޓްގައެއް ނޫޅެވޭނެ އެވެ.
އެއްދުވަސްވަރެއްގައި ބީއެމްއެލްގައި ދެމަފިރިންނަށް ވަޒީފާއެއް އަދައެއް ނުކުރެވެ އެވެ. އޭރު ބޭންކްގެ ވަޒީފާގައި އުޅެމުން ކައިވެންޏާ ހަމައަށް ދިޔަ ބައެއް މީހުން ވަނީ، ދެމަފިރިންގެ ތެރެއިން އެކަކު ބޭންކްގެ ވަޒީފާ ދޫކޮށްލައިފަ އެވެ.
ބީއެމްއެލްގެ ފައިސާތަކަކަށް ހިޔާނާތްތެރިވި މައްސަލަ އެ ބޭންކުން މިހާރު ގެންދަނީ ބަލަމުންނެވެ. އެކަމަކު އެ މުވައްޒަފުން ހިޔާނާތްތެރިވީ ކަސްޓަމަރުންގެ ފައިސާއަށް ނޫންކަން އެނގިފައިވެ އެވެ. އެއީ ބީއެމްއެލްގެ އޮޕަރޭޝަންތަކުގައި ބޭނުންކުރާ ފައިސާކަމަށް ވެ އެވެ.
ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި އެ ހިޔާނާތުގެ އަދަދު އަށް މިލިއަން ރުފިޔާ އަށް އަރަ އެވެ.
މި މައްސަލާގައި ބީއެމްއެލްގެ އޮފިޝަލަކު އިއްޔެ ވިދާޅުވީ ބޭންކުގައި ހިނގާފާނެ ނުރަނގަޅު އަމަލެއް ނުވަތަ އިހުމާލެއް ދެނެގަތުމަށް ހަރުދަނާ ގަވައިދުތަކާއި އުސޫލުތަކުގެ އިތުރުން އިންޓާނަލް ކޮންޓްރޯލްތައް ވެސް އެ ބޭންކުގައި ގާއިމްކޮށްފައިވާ ކަމަށެވެ. އަދި އެއްވެސް މުވައްޒަފަކު ގަވައިދާ ހިލާފު ކަމެއް ކޮށްފި ނަމަ ތަހުގީގީ އިދާރާތައް މެދުވެރިކޮށް އެކަމެއް ތަހުގީގުކޮށް އަޅަން ޖެހޭ އެންމެ ހަރުކަށި ފިޔަވަޅު ބޭންކުން އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބީއެމްއެލްގެ ހިޔާނާތް: ދެ މުވައްޒަފަކު ސަސްޕެންޑުކޮށްފި
އޭބީއޭގެ ކޮންފަރެންސް އަންނަ އަހަރު ބާއްވާނީ ރާއްޖޭގައި
މާލީ ދާއިރާ ހަރުދަނާކުރަން ބީއެމްއެލްއިން އެއްބަސްވުމެއް
ހަ މަހުން ބީއެމްއެލް އަށް އެއް ބިލިއަންގެ ފައިދާ
ބީއެމްއެލް ކާޑުން 10 ޕަސެންޓާ ހަމައަށް ޑިސްކައުންޓް
ވިޔަފާރިތަކުގެ ޓީޓީއަށް ޑޮލަރުދޭ ވަރު އިތުރުކޮށްފި
ބީއެމްއެލްއިން ދުވާލަކު 1.5 މިލިއަން ޑޮލަރު ވިއްކާ
ބީއެމްއެލްގެ ކާޑުތަކުން ވިޔަފާރިކުރުމުން ޑިސްކައުންޓްދެނީ
ބީއެމްއެލްއަށް 497 މިލިއަންގެ ފައިދާ
ބީއެމްއެލް: މަތީ ފަންތީގެ ބޭންކުތަކާ އެއްހަމައެއްގައި