ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެތެރޭގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި މިހާތަނަށް ދެ މުވައްޒަފަކު ސަސްޕެންޑްކޮށްފި އެވެ.
15 ޖެނުއަރީ 2019
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެތެރޭގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި މިހާތަނަށް ދެ މުވައްޒަފަކު ސަސްޕެންޑްކޮށްފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ބީއެމްއެލްގެ ފައިސާތަކަކަށް ހިޔާނާތްތެރިވި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި އެ ބޭންކުން އަންނަނީ ބަލަމުންނެވެ.
މި މުވައްޒަފުން ހިޔާނާތްތެރިވެފައި ވަނީ ކަސްޓަމަރުން ޑިޕޮސިޓް ކޮށްފައިވާ ފައިސާއަކަށް ނޫނެވެ. އެއީ ބީއެމްއެލްގެ އޮޕަރޭޝަންތަކަށް ބޭނުންކުރާ ފައިސާތަކެއް ކަމަށް ވެ އެވެ.
މިލިއަނުން ހިޔާނާތްތެރިވެފައިވާ އިރު އޭގެ ޖުމްލަ އަދަދު މިހާތަނަށް އަދި ސާފެއް ނުވެ އެވެ. މި އަދަދު ސާފު ވާނީ ބޭންކުގެ އިންޓާނަލް އޮޑިޓްގެ މަސައްކަތް ނިމުމުންނެވެ. ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި އެ ހިޔާނާތުގެ އަދަދު އަށް މިލިއަން ރުފިޔާ އަށް އަރަ އެވެ.
ބޭންކްގެ އެތެރޭގެ މައްސަލައެއްގެ ގޮތުގައި ބަލަމުންދާ މި މައްސަލަ އަދި މިހާތަނަށް ފުލުހުންނަށް ހުށަހަޅާފައެއް ނުވެ އެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ އޮފިޝަލަކު އިއްޔެ ވިދާޅުވީ ބޭންކުގައި ހިނގާފާނެ ނުރަނގަޅު އަމަލެއް ނުވަތަ އިހުމާލެއް ދެނެގަތުމަށް ހަރުދަނާ ގަވައިދުތަކާއި އުސޫލުތަކުގެ އިތުރުން އިންޓާނަލް ކޮންޓްރޯލްތައް ވެސް އެ ބޭންކުގައި ގާއިމްކޮށްފައިވާ ކަމަށެވެ. އަދި އެއްވެސް މުވައްޒަފަކު ގަވައިދާ ހިލާފު ކަމެއް ކޮށްފި ނަމަ ތަހުގީގީ އިދާރާތައް މެދުވެރިކޮށް އެކަމެއް ތަހުގީގުކޮށް އަޅަން ޖެހޭ އެންމެ ހަރުކަށި ފިޔަވަޅު ބޭންކުން އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހިޔާނާތްވީ 4.9 މިލިއަނަށް، މައްސަލަ ފުލުހަށް
ބީއެމްއެލުން ސަސްޕެންޑް ކުރީ ދެމަފިރިން!
މާލީ ދާއިރާ ހަރުދަނާކުރަން ބީއެމްއެލްއިން އެއްބަސްވުމެއް
ހަ މަހުން ބީއެމްއެލް އަށް އެއް ބިލިއަންގެ ފައިދާ
ބީއެމްއެލް ކާޑުން 10 ޕަސެންޓާ ހަމައަށް ޑިސްކައުންޓް
ވިޔަފާރިތަކުގެ ޓީޓީއަށް ޑޮލަރުދޭ ވަރު އިތުރުކޮށްފި
ބީއެމްއެލްއިން ދުވާލަކު 1.5 މިލިއަން ޑޮލަރު ވިއްކާ
ބީއެމްއެލްގެ ކާޑުތަކުން ވިޔަފާރިކުރުމުން ޑިސްކައުންޓްދެނީ
ބީއެމްއެލްއަށް 497 މިލިއަންގެ ފައިދާ
ބީއެމްއެލް: މަތީ ފަންތީގެ ބޭންކުތަކާ އެއްހަމައެއްގައި