Roadha Mihaaru
ވިލާ ހައި ސްކޫލަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި

ވިލާ ހައި ސްކޫލަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2019

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލަށް ވަނުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލަށް ވަނުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފި އެވެ.

އެ ސްކޫލުން ބުނިގޮތުގައި ގްރޭޑް 11 އަށް ވަންނަން ބޭނުންވާ ކުދިންނަށް މި މަހު 28ގެ ކުރިން ފޯމު ހުށަހެޅޭނެ އެވެ. ފޯމު އެ ސްކޫލުންނާއި ސްކޫލުގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.

ވިލާ ހައި ސްކޫލުގެ ޕްރިންސިޕަލް ސައީދު އަހުމަދު ވިދާޅުވީ އޯ ލެވެލް އިން ފަސް މާއްދާއަށް ވުރެ މަތިން ފާސްވެފައިވާ ދަރިވަރުންނަށް ސަރުކާރުގެ އެހީގައި ހިލޭ އެ ސްކޫލުގައި ކިޔެވޭނެ ކަމަށެވެ. އެއަށް ވުރެ ދަށްކޮށް ފާސްވެފައިވާ ދަރިވަރުންނަށް ވެސް ސްކޫލުން ޖާގަ ލިބޭނެ އެވެ. އެކަމަކު ފީއެއް ދައްކަން ޖެހެ އެވެ.

ވިލާ ހައި ސްކޫލަށް ވަންނަ ދަރިވަރުންގެ ތެރެއިން އެންމެ ރަނގަޅު 50 ދަރިވަރަކަށް މި އަހަރު ވެސް ސްކޯލާޝިޕް ދޭން ހަމަޖައްސާފައި ވެ އެވެ. މި ސްކޮލާޝިޕްތައް ދޭން ކަނޑައަޅާފައި ވަނީ ގައުމީ ގަދަ 10 އަކުން 1، 2، އަދި ތިން ވަނަ ހޯދާފައި ވާ ދަރިވަރުންނާއި، މާއްދާތަކުން ދުނިޔޭގެ އެއް ވަނަ ހޯދާފައިވާ ދަރިވަރުންނަށެވެ. އަދި ގައުމީ ކުޅިވަރު މުބާރާތަކުން އެއް ވަނަ ހޯދާފައިވާ ދަރިވަރުންނަށް ވެސް މި ސްކޮލާޝިޕް ދޭން ކަނޑައަޅާފައި ވެ އެވެ.

ސައިންސް އާއި ބިޒްނަސްގެ މާއްދާތަކުގެ މަތީ ސާނަވީ ތައުލީމު ފޯރުކޮށްދޭ ވިލާ ހައި ސްކޫލުން މި އަހަރު ޓްރެވަލް އެންޑް ޓޫރިޒަމް އާއި މެރިން ސައިންސް ވެސް ކިޔެވޭނެ އެވެ. މީގެ އިތުރުން "އެސެންޝަލް ކޮމްޕިއުޓިން ސްކިލްސް ފޮ 21 ސެންޗަރީ ލާނާސް"ގެ ނަމުގައި ވިލާ ކޮލެޖުން ކުރިއަށް ގެންދާ ކޯހެއް ހިލޭ ހެދުމުގެ ފުރުސަތު ވެސް ވިލާ ހައި ސްކޫލުގެ ދަރިވަރުންނަށް ލިބޭނެ އެވެ.

އެ ސްކޫލުން ގްރޭޑް 11 އަށް މި އަހަރު 450 ދަރިވަރުންނަށް ޖާގަ ދޭން ހަމަޖައްސާފައިވެ އެވެ.