Roadha Mihaaru
ރީތި ބީޗް ރިސޯޓުގެ އިންޖީނުގޭގައި އަލިފާން ރޯވެއްޖެ

ރީތި ބީޗް ރިސޯޓުގެ އިންޖީނުގޭގައި އަލިފާން ރޯވެއްޖެ

12 ޖެނުއަރީ 2019

ރީތި ބީޗް ރިސޯޓުގެ އިންޖީނުގޭގައި ވަރަށް ބޮޑަށް އަލިފާން ރޯވެ މުޅި ރަށުން މިއަދު ކަރަންޓު ކެނޑިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރީތި ބީޗް ރިސޯޓުގެ އިންޖީނުގޭގައި ވަރަށް ބޮޑަށް އަލިފާން ރޯވެ މުޅި ރަށުން މިއަދު ކަރަންޓު ކެނޑިއްޖެ އެވެ.

އެ ރިސޯޓުގައި މަސައްކަތް ކުރާ މީހަކު ބުނީ ހެނދުނު 10:50 ހާއިރު ރޯވި އަލިފާންގަނޑާއެކު އިންޖީނުގޭގެ ފާރާއި ޓިނުތައް ވެއްޓިފައިވާ ކަމަށެވެ. އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް އެ ރިސޯޓުގެ މުވައްޒަފުން ކުރަމުން އަންނަކަަމަށް އޭނާ ބުންޏެވެ.

އަލިފާންގަނޑު އަދި ވެސް އެއްކޮށް ކޮންޓްރޯލް ނުކުރެވޭ ކަމަށް "މިހާރު"އާ ވާހަކަދެއްކި މީހާ ބުންޏެވެ.

ރީތި ބީޗުގެ އިންޖީނުގޭގައި އަލިފާން ރޯވިއިރު، އެ ރިސޯޓުގައި 200 އަށްވުރެ ގިނަ ޓޫރިސްޓުން ތިއްބެވެ. އެ މީހުން ވެސް މިހާރު ވަނީ ރިސޯޓުގެ މެއިން ބާއަށް ގެންގޮސްފަ އެވެ.

"އެތަނުގައި ހުރި ކެމިކަލް ހަންތަކެއްގައި ވެސް ހުރީ ރޯވެފައި،" އެ ރިސޯޓުން ވާހަކަދެއްކި މީހާ ބުންޏެވެ.

އޭނާ ބުނިގޮތުގައި ދުމާ ހެދި ސްޓާފުންގެ އެކަމޮޑޭޝަން ބްލޮކުގައި ވެސް ނުތިބެވޭ ކަމަށެވެ.

ގިލި ލަންކަންފުށި ރިސޯޓުގައި ވެސް މި މަހުގެ ކުރީކޮޅު ވަނީ އަލިފާން ރޯވެ އެ ރިސޯޓުގެ ބޮޑު ބައެއް އަނދައިފަ އެވެ. އެއާއެކު އެ ރިސޯޓު މަރާމާތުކުރުމަށް މިހާާރު ވަނީ ބަންދުކޮށްފަ އެވެ.