21 އޯގަސްޓް 2016
އައްޑޫ ސިޓީ ގަމުގައި ހުންނަ ދޫގަސް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ ހަވާލުކުރާތާ ދެ މަސް ތެރޭގައި އެ ތަނަށް ޓޫރިސްޓުން ގެންނަން ފަށާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
އައްޑޫ ސިޓީ ގަމުގައި ހުންނަ ދޫގަސް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ ހަވާލުކުރާތާ ދެ މަސް ތެރޭގައި އެ ތަނަށް ޓޫރިސްޓުން ގެންނަން ފަށާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
އެމްޕީއެލް ސަރަހައްދުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުންފުނީގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވީ ދޫގަހުގައި އޮޕަރޭޝަންސްތައް ފެށުމަށް އެމްޕީއެލް އަށް ހުއްދަ ދޭނެ ކަމުގެ ޔަގީންކަން ޓޫރިޒަމް މިނިސްޓްރީން ދީފައިވާ ކަމަށެވެ.
"ޓޫރިޒަމް މިނިސްޓަރު (މޫސާ ޒަމީރު) އޮތީ އަޅުގަނޑަށް ޔަގީންކަން ދެއްވާފައި އެ ތަން އެމްޕީއެލާ ހަވާލުކުރާނެ ކަމުގެ،" މަޖޫރީންނަށް ޖޯލިފަތިތަކެއް ހަދިޔާ ކުރުމަށް ފަހު ބޭއްވި ރަސްމިއްޔާތަށް ފަހު ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޖުނައިދު ވިދާޅުވި އެވެ.
އައްޑޫ ސިޓީ ގަން. އެ ތަނުގައި ހުންނަ ދޫގަސް ހުރީ ވަރަށް ބޮޑަށް ބާވެފައި.
ޖުނައިދު ވިދާޅުވި ގޮތުގައި އައްޑޫ ރައްޔިތުންގެ ހުވަފެން ހަގީގަތަކަށްވެ، ދޫގަސް އޮޕަރޭޝަނަށް އަންނައިރު 200 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތު ހުޅުވިގެންދާނެ އެވެ. އެއީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯދައި ދިނުމަށް ސަރުކާރުން ކުރާ މަސައްކަތުގައި އިތުރުވާނެ ބޮޅެއްގެ ގޮތުގައި ޖުނައިދު ސިފަކުރެއްވި އެވެ.
"މިނިސްޓްރީއާ ވާހަކަ ދެކެވިފައި ވަނީ. ވަރަށް އަވަހަށް އެ ތަން އެމްޕީއެލާ ހަވާލުކުރާނެ ކަމަށް ބެލެވެނީ. ދޫގަސްގެ ސެކިއުރިޓީ ބެލެހެއްޓުން ވަރަށް އަވަހަށް ހަވާލު ކުރާނެ އެމްޕީއެލްއާ،" ޖުނައިދު ވިދާޅުވި އެވެ.
ޖުނައިދު ވިދާޅުވީ ހިތަދޫގައި ތިން ތަރީގެ ހޮޓަލެއް އެޅުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށާއި ކުރެހުންތައް ހުށަހެޅުމުން އެކަމަށް ހުއްދަ ދޭން ހައުސިން މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ. އަދި ބިން ހަމަޖެހުނުހާ އަވަހަކަށް އެ މަސައްކަތް ވެސް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ދޫގަސް، އެމްޕީއެލްއާ ވަރަށް އަވަހަށް ހަވާލު ކުރަނީ
ދޫގަސް، އެމްޕީއެލްއާ ރަސްމީކޮށް ހަވާލުކޮށްފި
ގަމުގެ ދޫގަސް ތަރައްގީކޮށް އަލުން ހުޅުވަނީ
ދޫގަސް ވިއްކާ ނުލައި، ލޯނުގެ މައްސަލަ ހައްލުކުރަނީ
ދޫގަސް މޯގޭޖްކޮށް 2 މިލިއަން ޑޮލަރު އޮތީ ނަގާފައި
ދެކުނުގެ ބަސް ދަތުރުތައް ފަށަން ތައްޔާރުވެއްޖެ
ތިން ވަނަ ދަތުރުގައި އައްޑު އަށް 800 ޓަނުގެ މުދާ!
އިންޑިއާއިން ސީދާ އައްޑުއަށް ކާގޯ ބޯޓުތައް ބާއްވަނީ!
ލ. ގައި ބަންކަރިން ހިދުމަތް ދޭން އެމްޕީއެލް ބޭނުންވޭ
ރީޖަނަލް ޕޯޓުތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފި