04 ޖެނުއަރީ 2017
އައްޑޫ ގަމުގެ ދޫގަސް ގެސްޓް ހައުސް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ވަރަށް އަވަހަށް ޓޫރިޒަމް މިނިސްޓްރީން ހަވާލު ކުރާނެ ކަމަށް އެ ކުންފުނީގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވެއްޖެ އެވެ.
އައްޑޫ ގަމުގެ ދޫގަސް ގެސްޓް ހައުސް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ވަރަށް އަވަހަށް ޓޫރިޒަމް މިނިސްޓްރީން ހަވާލު ކުރާނެ ކަމަށް އެ ކުންފުނީގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވެއްޖެ އެވެ.
ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޖުނައިދު ރޭގައި ވިދާޅުވީ، އެމްޕީއެލްއާ ދޫގަސް ހަވާލު ކުރާތާ ދެ މަހެއްހާ ދުވަހުގެ ތެރޭގައި، އެތަނުގައި ކުރަން ޖެހޭ މަސައްކަތްތައް ނިންމައި، ޓޫރިސްޓުން ގެންނަން ފަށާނެ ކަމަށެވެ.
ޖުނައިދު ވިދާޅުވި ގޮތުގައި ދޫގަސް ގެސްޓް ހައުސް ހިންގުމަކީ، މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ.
އޭނާ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ދޫގަސް ހިންގަން ބޭނުންވާ މައިގަނޑު ސަބަބަކީ އައްޑޫގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދީ، ޓޫރިޒަމް ފުޅާކުރުމަށް ކަމަށެވެ.
"އެތަނުގެ ހިދުމަތްތައް ފެށިގެން އަންނަ އިރު، އަޅުގަނޑުމެން ގަބޫލު ކުރަނީ އައްޑޫގެ ޒުވާނުންނަށް 250 އެއްހާ ވަޒީފާގެ ފުރުސަތު ހުޅުވިގެން ދާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
"ދޫގަހަށް ވަރަށް ގިނަ ވިޔަފާވެރިން ވެސް ލޯއަޅަމުން ދަނިކޮށް، ސަރުކާރުގެ ކުންފުންޏަކާ ހަވާލުކޮށްގެން ދޫގަސް ހިންގަން ސަރުކާރުން ބޭނުންވާ ސަބަބަކީ ވެސް އައްޑޫގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައި ދިނުން."
އައްޑު އާއި ފުވައްމުލަކަށް ދަތުރުފަތުރުގެ ހިދުމަތް ދޭ އެމްޕީއެލްގެ އަމާޒަކީ ދޫގަހުގައި 200 އެނދުގެ ގެސްޓް ހައުސްއެއް ހިންގުމެވެ. އެ ކުންފުނިން ވަނީ އެތަނުގެ ޑިޒައިން ވެސް މިހާރު އެކުލަވާލައިފަ އެވެ.
ދޫގަސް އެމްވީކޭ އަތުން ނެގުމަށް ފަހު، އެތަން އެމްޕީއެލްއާ ހަވާލު ކުރުމަށްޓަކައި ވާން ޖެހޭ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ. އެގޮތުން އެތަނާ ބެހޭ އެސެސްމަންޓެއް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އެމްވީކޭއާ ދޫގަސް ހިންގަން ހަވާލު ކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. އެއީ އައްޑު އާއި ފުވައްމުލަކަށް ދަތުރުފަތުރުގެ ހިދުމަތް ދޭން އެ ކުންފުންޏާ ހަވާލު ކުރިއިރު، ސަބްސިޑީއެއްގެ ގޮތުގަ އެވެ.
އެގޮތުން އެމްވީކޭ އިން ވަނީ ދޫގަހަށް ބައެއް ބަދަލުތައް ގެނެސް، އެތަނުގެ ނަން ގޭން އައިލެޑް ރިޓްރީޓް (ޖީއައިއާރް) އަށް ބަދަލުކޮށްފަ އެވެ. ނަމަވެސް އެމްވީކޭ އަށް އެތަން އެކަށީގެންވާ ގޮތަކަށް ހިންގިފައެއް ނެތެވެ.
އަދި ފަހުން އެމްވީކޭން ވަނީ ދޫގަސް، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރު ގެ ޖޭ ހޮޓެލްސްއާ ހިންގަން ވެސް ހަވާލުކޮށްފަ އެވެ. އެއީ "ޖޭ ޕެލަސް" ގެ ނަމުގަ އެވެ. އެކަމަކު އެ ކުންފުންޏާ އެތަން ހަވާލު ކުރިހާ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ވަނީ ހިންގުން ހުއްޓާލައިފަ އެވެ.
ގަމުގެ ދޫގަސް ގެސްޓް ހައުސް އެމްޕީއެލްއާ ހަވާލު ކުރަން ސަރުކާރުން އަންނަނީ ތައްޔާރުވަމުން.
އެމްޕީއެލާ ދޫގަސް ހަވާލު ކުރަން ސަރުކާރުން ތައްޔާރުވަމުން އަންނަ އިރު، އެމްވީކޭ އިން ދޫގަސް ރަހުނުކޮށް، ނެގި ލޯނު ނުދައްކައިފި ނަމަ ދޫގަސް ވިއްކާލުމުގެ ބާރު ބޭންކް އޮފް ސިލޯން (ބީއޯސީ) އަށް ލިބިގެންވާ ކަމަށް ސިވިލް ކޯޓުން ވަނީ މިދިޔަ މަހު ހުކުމްކޮށްފަ އެވެ.
ދޫގަސް ރަހުނުކޮށް، އެމްވީކޭ އިން ނެގި 2.7 މިލިއަން ޑޮލަރު (41.6 މިލިއަން ރުފިޔާ) ހަތް މަސް ތެރޭގައި އެމްވީކޭ އިން ނުދައްކައިފި ނަމަ، ދޫގަސް ވިއްކާލަން ނުވަތަ ކުއްޔަށް ދިނުމުގެ ބާރު ބީއޯސީ އަށް ލިބިގެންވާ ކަމަށް ޑިސެމްބަރު 22، 2016 ގައި ކުރި ހުކުމުގައި ވެ އެވެ.
ގަން އެއާޕޯޓް ވެސް އޮތް ގަމުގައި ހުރި ދޫގަހަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ތަރައްގީކޮށް، ސަރުކާރުގެ ގެސްޓް ހައުސްއެއްގެ ގޮތުގައި ހިންގަމުން އައި ތަނެކެވެ.
އެތަން އެމްވީކޭއާ ހަވާލު ކުރުމާ ހަމައަށް އައްޑޫގެ ދެ ޖިންސްގެ ވަރަށް ގިނަ ބަޔަކު ދޫގަހުގައި ވަޒީފާ އަދާ ކުރި އެވެ.
ގަމުގެ ދޫގަސް ތަރައްގީކޮށް އަލުން ހުޅުވަނީ
ދޫގަސް މޯގޭޖްކޮށް 2 މިލިއަން ޑޮލަރު އޮތީ ނަގާފައި
ދޫގަސް ހަވާލުކުރާތާ ދެ މަސްތެރޭ ޓޫރިސްޓުން ގެންނަނީ
ދޫގަސް ބިން އައްޑޫ އެއާޕޯޓަށް، ދަރަނި ސަރުކާރަށް
ލޯބީގެ ސިޓީތަކުން ފެށުނު ގުޅުމުން ބަދަލުވީ ދިވެއްސަކަށް
އައްޑޫގައި ޔޮޓް މެރީނާއަކާއި ކްރޫޒް ޓާމިނަލެއް
ގަން އެއާޕޯޓްގައި 35 ޖެޓް؛ މިއަހަރު ރެކޯޑް ހަދާނެ
އައްޑު އާއި ހުވަދުއާ ދެމެދު އަލުން ސީޕްލޭން
އައްޑޫގެ ކަރަންޓީނު ފެސިލީޓީއަކަށް ގަމުގެ ދޫގަސް
ސަދަން އެކްސްޕޯ ހުޅުއްވައި ދެއްވާނީ ނަޝީދު