05 ޖެނުއަރީ 2017
ނުދައްކާ އޮތް ލޯނެއްގެ މައްސަލާގައި، އައްޑޫގައި ހުންނަ ދޫގަސް ގެސްޓް ހައުސް ވިއްކާލުމުގެ ހުއްދަ ކޯޓުން ބޭންކް އޮފް ސިލޯން (ބީއޯސީ) އަށް ދީފައިވިޔަސް އެ ބޭންކުން ދޫގަސް ވިއްކާ ނުލާނެ ކަމަށާއި އެކަން ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް، ދޫގަސް ހިންގުމާ ހަވާލުވާން ތައްޔާރުވަމުންދާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ބުނެފި އެވެ.
ނުދައްކާ އޮތް ލޯނެއްގެ މައްސަލާގައި، އައްޑޫގައި ހުންނަ ދޫގަސް ގެސްޓް ހައުސް ވިއްކާލުމުގެ ހުއްދަ ކޯޓުން ބޭންކް އޮފް ސިލޯން (ބީއޯސީ) އަށް ދީފައިވިޔަސް އެ ބޭންކުން ދޫގަސް ވިއްކާ ނުލާނެ ކަމަށާއި އެކަން ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް، ދޫގަސް ހިންގުމާ ހަވާލުވާން ތައްޔާރުވަމުންދާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ބުނެފި އެވެ.
ގަމުގައި ހުންނަ ދޫގަސް ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުން މިދިޔަ މަހު ބީއޯސީ އަށް ދިނީ ދޫގަސް ކުރިން ހިންގި އެމްވީކޭ ކުންފުނިން އެތަން ރަހުނު ކުރުމަށް ފަހު ނެގި 2.7 މިލިއަން ޑޮލަރު (41.6 މިލިއަން ރުފިޔާ) އެމްވީކޭ އިން ނުދެއްކުމުންނެވެ. ހަތް މަސް ތެރޭގައި ފައިސާ ނުދައްކައިފި ނަމަ ދޫގަސް ވިއްކާލުން ނުވަތަ ކުއްޔަށް ދިނުމުގެ ބާރު ބީއޯސީ އަށް ލިބިގެންވާ ކަމަށް ކޯޓުން ހުކުމް ކުރިއިރު ސަރުކާރުން އޮތީ ދޫގަސް ހިންގުން އެމްޕީއެލްއާ ހަވާލުކުރަން ނިންމައިފަ އެވެ.
އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވީ ލޯނުގެ އެ މައްސަލައާ ގުޅިގެން ދޫގަސް ވިއްކާ ނުލާނެ ކަމަށާއި ދޫގަސް ވިއްކާ ނުލައި، ފައިސާގެ މައްސަލަ ހައްލު ކުރުމުގެ މަޝްވަރާތައް ސަރުކާރާއި ބީއޯސީއާ ދެމެދު ކުރަމުން އަންނަ ކަމަށެވެ.
"ސަރުކާރުން ދައްކަނީ ކިހާ ފައިސާއެއްތޯ އަދި ކިހިނެއްތޯ އޭގެ ތަފްސީލަކަށް އަޅުގަނޑު ދާކަށް ނެތިން. އެކަމަކު މަޝްވަރާތަކުގައި މިހާރު އޮތީ އެކަން ގާތްގަނޑަކަށް ފައިނަލްވެފައި،" ޖުނައިދު "މިހާރު" އަށް ވިދާޅުވި އެވެ.
ޖުނައިދު ވިދާޅުވި ގޮތުގައި ބީއޯސީ ފަދަ ދުވަސްވީ ބޭންކަކާ ދެމެދު މައްސަލަ ޖެހުމަކީ ސަރުކާރުން ބޭނުންވާ ގޮތެއް ނޫނެވެ.
ދޫގަސް ރަހުނުކޮށް ލޯނު ނެގި އެމްވީކޭ އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ދޫގަސް ހިންގުން ސަރުކާރުން ހަވާލުކުރި ކުންފުންޏެވެ. ލޯނު ނެގީ އެ ކުންފުނިން އެތަން ހިންގިއިރު ޑިސެމްބަރު، 2011 އާއި ފެބްރުއަރީ، 2012 ގަ އެވެ.
ދޫގަސް މޯގޭޖްކޮށް 2 މިލިއަން ޑޮލަރު އޮތީ ނަގާފައި
ދޫގަސް، އެމްޕީއެލްއާ ރަސްމީކޮށް ހަވާލުކޮށްފި
ގަމުގެ ދޫގަސް ތަރައްގީކޮށް އަލުން ހުޅުވަނީ
ދޫގަސް، އެމްޕީއެލްއާ ވަރަށް އަވަހަށް ހަވާލު ކުރަނީ
ދޫގަސް ހަވާލުކުރާތާ ދެ މަސްތެރޭ ޓޫރިސްޓުން ގެންނަނީ
ތިން ވަނަ ދަތުރުގައި އައްޑު އަށް 800 ޓަނުގެ މުދާ!
އިންޑިއާއިން ސީދާ އައްޑުއަށް ކާގޯ ބޯޓުތައް ބާއްވަނީ!
ލ. ގައި ބަންކަރިން ހިދުމަތް ދޭން އެމްޕީއެލް ބޭނުންވޭ
ރީޖަނަލް ޕޯޓުތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފި
ހިތަދޫ ޕޯޓުގެ މުވައްޒަފުންނަށް ތަމްރީނު ދެނީ