08 ޖެނުއަރީ 2019
މަގު މައްޗަށް ކުނިއަޅާ މީހުންގެ ނަން އާންމުކުރަން ފެށުމުން އެއީ އެންމެ އާދައިގެ މީހާ ބޭޒާރުކުރުން ކަމަށް ބުނެ ފާޑުކިއުން ބޮޑުވުމާ އެކު، އުސޫލު ބަދަލުކުރަން މަޝްވަރާ ކުރަމުން އަންނަ ކަމަށް އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނެފި އެވެ.
މަގު މައްޗަށް ކުނިއަޅާ މީހުންގެ ނަން އާންމުކުރަން ފެށުމުން އެއީ އެންމެ އާދައިގެ މީހާ ބޭޒާރުކުރުން ކަމަށް ބުނެ ފާޑުކިއުން ބޮޑުވުމާ އެކު، އުސޫލު ބަދަލުކުރަން މަޝްވަރާ ކުރަމުން އަންނަ ކަމަށް އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނެފި އެވެ.
އީޕީއޭގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް އިބްރާހީމް މުހައްމަދު "މިހާރު"އަށް ވިދާޅުވީ މަޝްވަރާކުރަމުން އަންނަނީ މީހާގެ ނަމުގެ ބަދަލުގައި ކުނި އެޅި މީހާ ދިރިއުޅޭ ގޭގެ ނަމާއި އެމީހަކާ މެދު އެޅި ފިޔަވަޅު ފަދަ މައުލޫމާތުތައް އާއްމުކުރާ ގޮތަށް ކަމަށެވެ.
އީޕީއޭއިން އެ ބަދަލު ގެންނަން އުޅެނީ ކުނި އަޅާ ވަކިވަކި ފަރުދުންގެ ނަން ހާމަކުރާތީ ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ފާޑުކިއަމުން ދަނިކޮށެވެ. އެގޮތުން ކަންބޮޑުވުން ފާޅުކުރި ބައެއް މީހުން ބުނެފައި ވަނީ އެންމެ ނިކަމެތި މީހުންގެ ނަން ހާމަކުރާ އިރު، ތިމާވެއްޓަށް ގެއްލުން ލިބޭ ގޮތަށް ބޮޑެތި ރިސޯޓްތަކާއި މުއްސަނދިން ކުރާ އެފަދަ ކަންކަމާ ގުޅިގެން ނަން ހާމަނުކުރާ ކަމަށެވެ. އަދި އެކަން އެގޮތަށް ނުކުރުމަށް ސިޔާސީ ގޮތުން ނުފޫޒު ގަދަ ބައެއް ބޭފުޅުން ވެސް ވަނީ ގޮވައިލައްވާފަ އެވެ. އޭގެ ތެރޭގައި ކުރީގެ ދެ ސަރުކާރުގައި ފޮރިން މިނިސްޓަރުކަން ކުރައްވާފައިވާ އަދި އދ.ގެ ސްޕެޝަލް ރެޕަޓުއާ އޮން ފްރީޑަމް އޮފް ރިލިޖަން އޯރް ބިލީފް ޑރ. އަހުމަދު ޝަހީދު ހިމެނެ އެވެ.
Hope @ibusolih stops this ugly practice of publicly humiliating those who litter. Victims are always the poorest in the country! @etna295
— Ahmed Shaheed (@ahmedshaheed) January 7, 2019
ޑރ. ޝަހީދުގެ ޓްވީޓް
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެ،މްބަރު އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ގޮވައިލައްވާފައި ވަނީ އިސްލާހު ކުރަން އެދޭ ނަމަ ހިކުމަތުގެ ބޭނުން ކުރުމަށެވެ.
Dhera nikamethi meehaage nan aanmukoh ladhu gannaavaalumakee kankan hallukuran oi enme rangalhu gotheh noon. Kobaatha kandah kuni alhaa, faruthah hikkaa, gasthah dhamaa ufuraa meehun? Islaahu kuran edheynama hikumathuge beynun kuravvaa.
— Ali Hussain (@AleeVoice) January 7, 2019
އަލީ ހުސައިންގެ ޓްވީޓް
އެކަމަކު އާންމުންގެ އެ ފާޑުކިއުންތައް އީޕީއޭ އިން މުޅިއަކުން ގަބޫލެއް ނުކުރެ އެވެ.
އިބްރާހިމް ވިދާޅުވި ގޮތުގައި ފިޔަވަޅު އަޅާ މައްސަލަތަކުގައި ރިސޯޓްތަކާއި ވިޔަފާރިވެރިންގެ ނަންތައް ވެސް ހާމަކޮށްފައި ހުންނާނެ އެވެ.
"އެކަމަކު ތަހުގީގު ނުނިމޭ މައްސަލަތަކުގައި ނަން ހާމައެއް ނުކުރަން،" އޭނާ ވިދާޅުވި އެވެ.
އިބްރާހިމް ވިދާޅުވީ ތިމާވެށީގެ ގަވައިދާ ހިލާފު ވެގެން އެންމެ ފުރަތަމަ ވެސް އީޕީއޭއިން ހާމަކޮށްފައި ވާނީ ވިޔަފާރިވެރިއަކާއި ކުންފުންޏެއްގެ ނަން ކަމަށެވެ. އެގޮތުން ބޮޑު ޖޫރިމަނާއެއްކޮށް ނަން ހާމަކުރީ ކ. ތުނބަފަޅު (ގަމަރު ގިރި) ކަން އޭނާ ފާހަގަކުރެއްވި އެވެ.
ގަވާއިދާ ހިލާފަށް ތުނބަފަޅު ހިއްކައިގެން ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) 100 މިލިއަން ރުފިޔާ އިން ޖޫރިމަނާކުރީ އެމްޑީޕީ ސަރުކާރުގަ އެވެ.
އެކަމަކު ފަހަކަށް އައިސް ރަށްރަށުން އެތައް ސަތޭކަ ރުށް ނަގައިގެން ރިސޯޓްތަކަށް ގެންދާއިރު އެއިން އެއްވެސް ބައެއްގެ ނަން ހާމަކޮށް، ފިޔަވަޅު އަޅާފައެއް ނުވެ އެވެ.
އިބްރާހިމް ވިދާޅުވީ އެ މައްސަލަތަކުގައި ވެސް ޒިންމާވާން ޖެހޭ ފަރާތްތަކުގެ ނަން ހާމަކުރާނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެފަދަ ދެ މައްސަލައެއް މިހާރު އަންނަނީ ބަލަމުންނެވެ.
"ރަށްތަކުން ރުއް ނަގައިގެން ރިސޯޓަށް ގެންދިޔަ ދެ މައްސަަލައެއް މިހާރު ބަލަމުން މިއަންނަނީ އަޅުގަނޑުމެން. އެކަމަކު އެ މައްސަލަތަކުގައި ޒިންމާވާން ޖެހެނީ ރިސޯޓްތައް ކަމަށް ފަހަރުގައި ނުވެދާނެ. މިސާލަކަށް ރަށްރަށުގެ ކައުންސިލުން މި ހުއްދަ ދެނީ ރުއް ނަގަން އެކައުންސިލްތަކުގެ އިހުތިސާސްގެ ދަށުގައި އޮންނަ ތަންތަނުން. ދެން އެހާލަތުގައި ކައުންސިލް ޒިންމާވާން ޖެހޭނީ،" އިބްރާހިމް ވިދާޅުވި އެވެ.
ކުނި ގިނަވާތީ އީޕީއޭގެ އިލްތިމާސް ސިޓީ ކައުންސިލަށް!
ކުނިއަޅާ މީހުންގެ ނަން އާއްމުކުރަން ފަށައިފި
މޫދަށް ކުނި އެޅި އަލިމަތާ ރިސޯޓުގެ ޖޫރިމަނާ ކުޑަކޮށްފި
މަގުމަތީ ކުނި ބެހެއްޓުން ގިނަވާތީ އީޕީއޭގެ ކަންބޮޑުވުން
މާލެ ފަޅުތެރޭގައި 1،000 ލީޓަރުގެ ކަޅުތެޔޮ!
ރިސޯޓުތަކުން މޫދަށް ކުނިއެޅުމުގެ ހުއްދަ ބާތިލްކޮށްފި
އަލިފާން ފަރުބަދައިގެ މެދުގައި
ކުނި އެޅި މީހަކު ޖޫރިމަނާކޮށް، ގޭގެ ނަން އާއްމުކޮށްފި
ކުނި އަޅާ މީހުންގެ ނަން ހާމަކުރަނީ ހައްލުވޭތޯ ބަލަން!
ފަތާ ޓްރެކަށް ޖަމާވީ ބާޖަކުން އުކާލި ކުނިތަކެއް