Roadha Mihaaru
ކުނި އަޅާ މީހުންގެ ނަން ހާމަކުރަނީ ހައްލުވޭތޯ ބަލަން!

މަގުތަކަށް ކުނި އަޅާ މީހުންގެ ނަން ހާމަކުރަނީ ހައްލުކުރެވޭތޯ ބަލަން: އީޕީއޭ

09 ޑިސެމްބަރ 2018

މާލޭގެ މަގުތަކަށާއި އެނޫން ވެސް ތަންތަނަށް ކުނި އަޅާ މީހުންގެ ނަން ހާމަކުރަން ނިންމީ އެގޮތުން ވެސް އެކަން ހައްލުކުރެވޭތޯ ބަލަން ކަމަށް އެންވަޔަރްމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލޭގެ މަގުތަކަށާއި އެނޫން ވެސް ތަންތަނަށް ކުނި އަޅާ މީހުންގެ ނަން ހާމަކުރަން ނިންމީ އެގޮތުން ވެސް އެކަން ހައްލުކުރެވޭތޯ ބަލަން ކަމަށް އެންވަޔަރްމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މިއަދު ބުނެފި އެވެ.

އީޕީއޭގެ ޑިރެކްޓަ ޖެނެރަލް މުހައްމަދު ނައީމް ވިދާޅުވީ ގަވާއިދާ ހިލާފަށް އެކި ތަންތަނަށް ކުނި އަޅާ މީހުން ދެނެގަނެވޭނެ އެކި ގޮތްތައް ބަލަމުން އަންނަ ކަމަށެވެ.

"ގަވާއިދާ ހިލާފަށް ކުނި އެޅީމަ ޖޫރިމަނާ ވެސް ކުރޭ. އެކަމަކު އެހެން އަޅާހާ ކުންޏެއް ނަގަމުން މި ދަނީ. ނަން ހާމަކޮށްގެން ނަމަވެސް މައްސަލަ ހައްލުކުރުން ބޭނުމަކީ،" ނައީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގަވާއިދާ ހިލާފަށް ކުނި އަޅާ މީހުން ހޯދުމަކީ އުނދަގޫ ކަމެކެވެ. ނަމަވެސް އެކި ސަރަހައްދުތަކުގައި ކެމެރާ ހަރުކޮށްގެން ވިއަސް ކުނި އަޅާ މީހުން ދެނެގަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުންޏަކީ މާލެއަށާއި ރާއްޖޭގެ އެހެން ހިސާބުތަކަށް ދިމާވެފައިވާ އިޖުތިމާއީ އެންމެ ބޮޑު މައްސަލަ ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

މުޅި ރާއްޖެ ސާފުކުރަން ފެށި އާ ޕްރޮގްރާމް އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ އެކަން ހައްލުކުރުމުގައި އެންމެންގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.