Roadha Mihaaru
އިމާރާތަކުން ލަކުޑިގަނޑެއް ވެއްޓި މީހެއްގެ ބޯ ފެޅިއްޖެ

އިމާރާތެއްގެ މަތިން ލަކުޑި ބުރިއެއް ވެއްޓި މީހެއްގެ ބޯ ފެޅިއްޖެ

07 ޖެނުއަރީ 2019

ހަދަމުންދާ އިމާރާތެއްގެ މަތިން ވެއްޓުނު ލަކުޑި ބުރިއަކުން ޖެހި ފިރިހެނެއްގެ ބޯ މިއަދު ފެޅިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހަދަމުންދާ އިމާރާތެއްގެ މަތިން ވެއްޓުނު ލަކުޑި ބުރިއަކުން ޖެހި ފިރިހެނެއްގެ ބޯ މިއަދު ފެޅިއްޖެ އެވެ.

އެސްޓީއޯ ހެޑް އޮފީސް ކައިރީގައި ހަދަމުންދާ އިމާރާތުގެ މަތިން ލަކުޑި ބުރި ވެއްޓިގެން ޒަހަމްވީ 42 އަހަރުގެ މީހެކެވެ. އޭނާގެ ބޮލުން ދެ އިންޗި ވަރެގެ ތަނެއް ފެޅުނެވެ. އޭނާ ވަނީ އައިޖީއެމްއެޗަށް ގޮސް ފަރުވާ ހޯދައިފަ އެވެ.

ޒަހަމްވި މީހާ "މިހާރު" އަށް ބުނީ ބޮލުގައި ލަކުޑިބުރިން ޖެހުނީ ޕޭވްމަންޓުން ހިނގާފައި ގޮސް ސައިކަލަށް އަރަން އުޅެނިކޮށް ކަމަށެވެ. ވެއްޓުނު ލަކުޑި ބުރީގެ ދިގު މިނުގައި 3-4 ފޫޓު ހުންނާނެ ކަމަށް އޭނާ ބުންޏެވެ.

"ބޮޑަށް ހީވަނީ މަސައްކަތް ހުއްޓާލާފައި ހުރި ތަނެއްހެން. އެއްވެސް މީހަކު ފެންނާކަށް ނެތް އޭރު. ބޯޑެއް ވެސް ނެތް ބަހައްޓާފައެއް،" އެމީހާ ކިޔައިދިނެވެ.

އޭނާ ބުނީ އެ އިމާރާތުގައި ދާ ޖަހާފައި ހުއްޓަސް ބައެއް ތަންތަން ހުރީ ހަލާކުވެފައި ކަމަށެވެ.

އިމާރާތެއްގެ މަތިން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި، މިދިއަ މަހު ވަނީ ބަންގްލަދޭޝްގެ ކުޑަ އަންހެން ކުއްޖަކު މަރުވެފަ އެވެ. އެ ހާދިސާއަށް ފަހު މަލޭގެ ސައިޓްތައް ބެލުމުގެ ޕްރޮގްރާމެއް ސިޓީ ކައުންސިލާއި ހައުސިން މިިނިސްޓްރީން ހިންގި އެވެ.