12 މާޗް 2019
މާލޭގައި އިމާރާތްކުރަމުން އަންނަ ގެއެއްގެ ތިން ވަނަ ބުރީގައި ހަރުކުރަން އުޅުނު ކުޑަދޮރެއް ވެއްޓި، އިމާރާތްކުރުމުގެ މަސައްކަތުގެ ތެރެއިން އަނެއްކާވެސް ނުރައްކާތެރި ހާދިސާއެއް ހިނފައިފި އެވެ.
މާލޭގައި އިމާރާތްކުރަމުން އަންނަ ގެއެއްގެ ތިން ވަނަ ބުރީގައި ހަރުކުރަން އުޅުނު ކުޑަދޮރެއް ވެއްޓި، އިމާރާތްކުރުމުގެ މަސައްކަތުގެ ތެރެއިން އަނެއްކާވެސް ނުރައްކާތެރި ހާދިސާއެއް ހިނފައިފި އެވެ.
ފުލުހުން ބުނީ އެލުމެނިއަމާއި ބިއްލޫރިން ހަދާފައިވާ ކުޑަދޮރު މަގުމައްޗަށް ވެއްޓުނީ އިންފިނިޓީ ބިލްޑާސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކުން މާފަންނުގައި ހަދަމުން އަންނަ ގެއަކުން ކަމަށެވެ.
ހަރުކުރަން އުޅެނިކޮށް ވެއްޓުނު މި ދޮރުގެ ސަބަބުން މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
މާލޭގައި ހަދާ އިމާރާތްތަކާއި މީހުން ދިރިއުޅޭ އިމާރާތްތަކުން މަގުމައްޗަށް އެއްޗެހި ވެއްޓުމުގެ ނުރައްކާތެރި ހާދިސާތައް ފަހަކަށް އައިސް ހިނގާފައިވެ އެެވެ. އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހިނގި އެފަދަ ހާދިސާއެއްގައި ކުޑަ ކުއްޖަކު މަރުވި އެވެ.
ރާއްޖޭގައި މަސައްކަތްކުރަމުން އަންނަ ބަންގްލަދޭޝްގެ ޑޮކްޓަރެއްގެ ތިބި ދެ ކުދިންގެ ތެރެއިން ދޮށީ ކުއްޖާ، ރޯޝަން ޖިއާން މަރުވީ ޑަބްލިއު ކޮންސްޓްރަކްޝަން ކުންފުނިން ހަދަމުން އަންނަ ނަލަހިޔާ މަންޒިލްގެ ފަސް ވަނަ ބުރިން ވެއްޓުނު ސިމެންތި ބަސްތާ އިން ޖެހި ލިބުނު ޒަހަމްތަކަށް، އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.
އެ ހާދިސާއާ ގުޅިގެން ޑަބްލިއު ކޮންސްޓްރަކްޝަން ފަސް ލައްކަ ފުރިޔާއިން ޖޫރިމަނާކޮށް، ކުންފުނީގެ ބައެއް މީހުންގެ މައްޗަށް ވަނީ ދައުވާކޮށްފަ އެވެ.
ހަދަމުންދާ އިމާރާތަކުން ދަގަނޑު ހޮޅިއެއް ވެއްޓިއްޖެ
އިމާރާތަކުން ދަގަނޑެއް ވެއްޓި ސަލާމަތްވީ ކިރިޔާ!
އަނެއްކާވެސް ހާދިސާއެއް ހިނގަންދެން!
ޖިއާންގެ މަރާ ގުޅިގެން ހަ މީހަކަށް ދައުވާކޮށްފި
76 އަހަރުގެ އަންހެނަކު ވައިގޮޅިން ވެއްޓި އަނިޔާތަކެއް
ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓި މީހަކު މަރުވެއްޖެ
"އިމާރާތް ބާ ނަމަ ރިޕޯޓު ކުރޭ، ފިޔަވަޅު އަޅާނަން"
ބެލްކަނީން ބައެއް ވެއްޓި ފަސް މީހުންނަށް އަނިޔާވެއްޖެ
ހުރަވީ ބިލްޑިންގްގެ ޝީޓުން ބައެއް ވެއްޓިއްޖެ
އިމާރާތަކުން ވެއްޓި 97 އަހަރުގެ މީހަކު މަރުވެއްޖެ