21 އޯގަސްޓް 2016
ޓިއުރިން، އިޓަލީ (އޮގަސްޓް 21) - ދުނިޔޭގެ ފަސް ވަނަ އަށް އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ޔުވެންޓަސްއާ ގުޅުނު ގޮންޒާލޯ ހިގައިން ކާމިޔާބުކުރި ލަނޑާ އެކު އިޓާލިއަން ލީގުގައި އެ ޓީމު ކުޅުނު ފުރަތަމަ މެޗުން ފިއޮރެންޓީނާ އަތުން 2-1 އިން މޮޅުވެއްޖެ އެވެ.
ޓިއުރިން، އިޓަލީ (އޮގަސްޓް 21) - ދުނިޔޭގެ ފަސް ވަނަ އަށް އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ޔުވެންޓަސްއާ ގުޅުނު ގޮންޒާލޯ ހިގައިން ކާމިޔާބުކުރި ލަނޑާ އެކު އިޓާލިއަން ލީގުގައި އެ ޓީމު ކުޅުނު ފުރަތަމަ މެޗުން ފިއޮރެންޓީނާ އަތުން 2-1 އިން މޮޅުވެއްޖެ އެވެ.
މި ސީޒަނުގެ ޗެމްޕިއަންސް ލީގަށް އަމާޒުކޮށް ގިނަ އަދަދެއްގެ ކުޅުންތެރިން ގެނެސްފައިވާ ޔުވެންޓަސް އަށް ރޭގެ މެޗުގައި ލީޑު ނަގައިދިނީ 37 ވަނަ މިނެޓުގައި ސާމީ ކެދީރާ އެވެ. އެކަމަކު 70 ވަނަ މިނެޓުގައި ފިއޮރެންޓީނާގެ ނިކޮލާ ކަލިނިޗް ވަނީ އެ ޓީމަށް އެއްވަރުކޮށްދީފަ އެވެ. ޔުވެންޓަސް މޮޅުވި ލަނޑު ބަދަލު ކުޅުންތެރިޔާ ހިގައިން ޖެހީ 75 ވަނަ މިނެޓުގަ އެވެ. މިދިޔަ ސީޒަނުގައި ނަޕޯލީގައި މޮޅު ކުޅުމެއް ދެއްކި ހިގައިން ޔުވެންޓަސްއާ ގުޅުނީ 90 މިލިއަން ޔޫރޯ އަށެވެ.
ލީގުގެ ފުރަތަމަ މެޗުގައި ރޭ އޭއެސް ރޯމާ ވަނީ އުދިނޭޒީ އަތުން 4-0 އިން މޮޅުވެފަ އެވެ. ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައިވާއިރު ނުވާއިރު ރޯމާގެ ފުރަތަމަ ދެ ލަނޑު ޖެހީ ޑިއޭގޯ ޕެރޯޓީ އެވެ. ފުރަތަމަ ލަނޑަކީ ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. އަނެއް ދެ ލަނޑު ޖެހީ އެޑިން ޖެކޯ އަދި މުހައްމަދު ސަލާހެވެ.
ލީގުގައި މިރޭ ކުޅޭ މެޗުތަކަށް ބަލާއިރު ރާއްޖެގަޑިން 9 ޖަހާއިރު އޮންނާނީ އޭސީ މިލާނާއި ޓޮރިނޯގެ މެޗެވެ. އިންޓަ އާއި ކިއޭވޯ އަދި ނަޕޯލީ އާއި ޕެސްކަރާގެ މެޗު އޮންނާނީ 23:45 ގަ އެވެ.
ހިގުއައިންގެ ލަނޑުތަކުން ޔުވެންޓަސް އަށް މޮޅެއް
އެލެގްރީގެ 100 ވަނަ މެޗުން ޔުވެންޓަސް އަށް މޮޅެއް
ޔުވެންޓަސް މޮޅުވިއިރު ހިގުއައިން ވިދާލައިފި
މުހިއްމު މޮޅަކާ އެކު ޔުވެންޓަަސް އަށް ރެކޯޑެއް
ރެކޯޑް މޮޅާ އެކު ޔުވެންޓަސް އިން ލީޑުފުޅާކޮށްފި
ޔުވެންޓަސް އަށް ޖެހިޖެހިގެން ހަތަރު ވަނަ ތަށި، ހިގުއައިން އަށް ރެކޯޑެއް
ޔުވެންޓަސް އާއި އިންޓަ އެއްވަރުމުން ހުރިހާ އުފަލެއް ނަޕޯލީ އަށް
ބޭނުންވަނީ ޔުވެންޓަސްގައި ދެމި ހުންނަން: ޕޮގްބާ
މިލާން އަތުން ފިއޮރެންޓީނާ މޮޅުކޮށްދިނީ ޑެހެއާ
ޔުވެންޓަސްއިން ކީޕަރު ޝެޒްނީގެ ކޮންޓްރެކްޓް އުވާލައިފި