23 ޖެނުއަރީ 2017
ޓިއުރިން (ޖެނުއަރީ 23) - އިޓާލިއަން ލީގުގައި ރޭ ލާޒިއޯ އަތުން 2-0 އިން މޮޅުވެ ޔުވެންޓަސް އިން ލީގު އެއް ވަނައިގައި މަގާމު ދެމެހެއްޓިއިރު، އެޓީމުގެ ފޯވާޑް ގޮންޒާލޯ ހިގުއައިން ވިދާލައިފި އެވެ.
ޓިއުރިން (ޖެނުއަރީ 23) - އިޓާލިއަން ލީގުގައި ރޭ ލާޒިއޯ އަތުން 2-0 އިން މޮޅުވެ ޔުވެންޓަސް އިން ލީގު އެއް ވަނައިގައި މަގާމު ދެމެހެއްޓިއިރު، އެޓީމުގެ ފޯވާޑް ގޮންޒާލޯ ހިގުއައިން ވިދާލައިފި އެވެ.
ލީގުގެ އެއް ވަނައިގައި ޔުވެންޓަސް އޮތީ 20 މެޗުން 48 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި 21 މެޗުން 47 ޕޮއިންޓާ އެކު ރޯމާ އޮތްއިރު، ތިން ވަނައިގައި ނަޕޯލީ އޮތީ 21 މެޗުން 44 ޕޮއިންޓް ހޯދައިގެންނެވެ.
ރޭގެ މެޗުގެ ފަސް ވަނަ މިނިޓްގައި ޔުވެންޓަސް އަށް ލީޑުނަގައިދިނީ ޕައޮލޯ ޑީބަލާ އެވެ. މިއި މި ސީޒަނުގައި ޑީބަލާ ޖެހި ފަސް ވަނަ ލަނޑެވެ. ހިގުއައިން ދެ ވަނަ ލަނޑު ކާމިޔާބުކުރީ އޭގެ 11 މިނިޓް ފަހުންނެވެ.
ހިގުއައިން ރޭގެ މެޗުގައި ލަނޑު ޖެހިއިރު، މިއީ ލީގުގައި އޭނާ ޖެހިޖެހިގެން ލަނޑު ޖެހި ފަސް ވަނަ މެޗެވެ. މިއީ 2005 ވަނަ އަހަރަށް ފަހު ޔުވެންޓަސް ކުޅުންތެރިޔަކު ލީގުގައި ޖެހިޖެހިގެން ފަސް މެޗުގައި ލަނޑު ޖެހި ފުރަތަމަ ފަހަރެވެ.
ޔުވެންޓަސް އަށް ލީގުގައި ޖެހިޖެހިގެން އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް އޮތީ ފްރާންސްގެ ކުރީގެ ފޯވާޑް ޑޭވިޑް ޓްރެޒެގޭ އަތުގަ އެވެ. އެ ފަހަރު ޓްރެޒެގޭ ވަނީ ޖެހިޖެހިގެން ނުވަ މެޗުން 11 ލަނޑު ޖަހައިފަ އެވެ.
ރޭގެ މެޗަށް ފަހު ޔުވެންޓަސްގެ ކޯޗު މަސިމޯ އަލެގްރީ ބުނީ ލާޒިއޯ އަކީ ލީގުގެ ގަދަ ހަތަރެއްގައި އޮތް ޓީމެއް ކަމަށާއި އެ ޓީމު އަތުން މޮޅުވުމަކީ ކުރިއަށް އެޅުނު ފިޔަވަޅެއްގެ ގޮތުގައި ދެކޭ ކަމަށެވެ.
"ލާޒިއޯ އަކީ މޮޅު ޓީމެއް. ދެކޮޅަށް ކުޅެން އުނދަގޫ ޓީމެއް. މި ވަގުތު އެ ޓީމު އަތުން މޮޅުވުމަކީ އަހަރެން ދެކޭ ގޮތުގައި ކުރިޔަށް އެޅޭ ފިޔަވަޅެއް،" އަލެގްރީ ބުންޏެވެ.
އިޓާލިއަން ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު އިންޓަ ވަނީ 1-0 އިން ޕަލާމޯ ބަލިކޮށްފަ އެވެ. އަދި ކަލިއަގްރީ އަތުން ރޯމާ މޮޅުވީ ވެސް 1-0 އިންނެވެ.
ހިގުއައިންގެ ލަނޑުތަކުން ޔުވެންޓަސް އަށް މޮޅެއް
އެލެގްރީގެ 100 ވަނަ މެޗުން ޔުވެންޓަސް އަށް މޮޅެއް
މުހިއްމު މޮޅަކާ އެކު ޔުވެންޓަަސް އަށް ރެކޯޑެއް
ރެކޯޑް މޮޅާ އެކު ޔުވެންޓަސް އިން ލީޑުފުޅާކޮށްފި
ފުރަތަމަ މެޗުން ހިގައިން ޔުވެންޓަސް މޮޅުކޮށްދީފި
ޔުވެންޓަސް އަށް ޖެހިޖެހިގެން ހަތަރު ވަނަ ތަށި، ހިގުއައިން އަށް ރެކޯޑެއް
ޔުވެންޓަސް އާއި އިންޓަ އެއްވަރުމުން ހުރިހާ އުފަލެއް ނަޕޯލީ އަށް
ބޭނުންވަނީ ޔުވެންޓަސްގައި ދެމި ހުންނަން: ޕޮގްބާ
މިލާން އަތުން ފިއޮރެންޓީނާ މޮޅުކޮށްދިނީ ޑެހެއާ
ޔުވެންޓަސްއިން ކީޕަރު ޝެޒްނީގެ ކޮންޓްރެކްޓް އުވާލައިފި