13 ފެބުރުއަރީ 2017
ސާޑީނިއާ، އިޓަލީ (ފެބްރުއަރީ 13) – މަސިމިލިއާނޯ އެލެގްރީ އިޓާލިއަން ލީގުގައި ކޯޗުކޮށްދިން 100 ވަނަ މެޗުން ރޭ ކަލިއާރީ އަތުން 2-0 އިން ޔުވެންޓަސް ހޯދި މޮޅާ އެކު އެ ޓީމުން އިޓާލިއަން ލީގުގެ އެއް ވަނައިގައި ހަތް ޕޮއިންޓުގެ ލީޑު ދަމަހައްޓައިފި އެވެ.
ސާޑީނިއާ، އިޓަލީ (ފެބްރުއަރީ 13) – މަސިމިލިއާނޯ އެލެގްރީ އިޓާލިއަން ލީގުގައި ކޯޗުކޮށްދިން 100 ވަނަ މެޗުން ރޭ ކަލިއާރީ އަތުން 2-0 އިން ޔުވެންޓަސް ހޯދި މޮޅާ އެކު އެ ޓީމުން އިޓާލިއަން ލީގުގެ އެއް ވަނައިގައި ހަތް ޕޮއިންޓުގެ ލީޑު ދަމަހައްޓައިފި އެވެ.
ޔުވެންޓަސްގެ ކޯޗު އެލެގްރީ ކުރިން ކޯޗުކޮށްދިން ކަލިއާރީ އަތުން ރޭ ޔުވެންޓަސް މޮޅުވިއިރު ދެ ގޯލް ވެސް ޖަހައިދިނީ ގޮންޒާލޯ ހިގައިން އެވެ. މިއީ ރެކޯޑް އަގެއްގައި ނަޕޯލީ ދޫކޮށް މި ސީޒަނުގައި ޔުވެންޓަސް އަށް ބަދަލުވި ހިގައިން ލީގުގައި ޖެހި 18 ވަނަ ގޯލެވެ. އޭނާ ފުރަތަމަ ގޯލް 37 ވަނަ މިނެޓުގައި ޖެހިއިރު ދެ ވަނަ ގޯލް ޖެހީ 47 ވަނަ މިނެޓުގަ އެވެ. މި މެޗުގެ 67 ވަނަ މިނެޓުގައި ކަލިއާރީގެ ނިކޮލޯ ބަރެއްލާ އަށް ވަނީ ރަތްކާޑެއް ދައްކައިފަ އެވެ.
ޔުވެންޓަސް އެއް ވަނަ މަގާމުގައި އޮތީ 60 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި 53 ޕޮއިންޓާ އެކު އޮތީ ރޭ ކްރޮޓޯނޭ އަތުން 2-0 އިން މޮޅުވި އޭއެސް ރޯމާ އެވެ. ދެ ޕޮއިންޓް ފަހަތުގައި ތިން ވަނައިގައި އޮތީ ނަޕޯލީ އެވެ. އެ ޓީމު ވަނީ މި ހަފުތާގައި ކުޅުނު މެޗުން ޖެނޯއާ އަތުން 2-0 އިން މޮޅުވެފަ އެވެ.
އިންޓަ މިލާން ވަނީ ރޭ އެމްޕޮލީ އަތުން 2-0 އިން މޮޅުވެފަ އެވެ. އެ ޓީމު އޮތީ 45 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި އިންޓަ އަށް ގޯލް ޖަހައިދިނީ އެޑެއޭ މާޓިންސް އާއި އެންޓޯނިއޯ ކަންޑްރޭވާ އެވެ.
ހިގުއައިންގެ ލަނޑުތަކުން ޔުވެންޓަސް އަށް މޮޅެއް
ޔުވެންޓަސް މޮޅުވިއިރު ހިގުއައިން ވިދާލައިފި
މުހިއްމު މޮޅަކާ އެކު ޔުވެންޓަަސް އަށް ރެކޯޑެއް
ރެކޯޑް މޮޅާ އެކު ޔުވެންޓަސް އިން ލީޑުފުޅާކޮށްފި
ފުރަތަމަ މެޗުން ހިގައިން ޔުވެންޓަސް މޮޅުކޮށްދީފި
ޔުވެންޓަސް އަށް ޖެހިޖެހިގެން ހަތަރު ވަނަ ތަށި، ހިގުއައިން އަށް ރެކޯޑެއް
ޔުވެންޓަސް އާއި އިންޓަ އެއްވަރުމުން ހުރިހާ އުފަލެއް ނަޕޯލީ އަށް
ބޭނުންވަނީ ޔުވެންޓަސްގައި ދެމި ހުންނަން: ޕޮގްބާ
މިލާން އަތުން ފިއޮރެންޓީނާ މޮޅުކޮށްދިނީ ޑެހެއާ
ޔުވެންޓަސްއިން ކީޕަރު ޝެޒްނީގެ ކޮންޓްރެކްޓް އުވާލައިފި