09 ޖެނުއަރީ 2017
ޓިއުރިން (ޖެނުއަރީ 9) - އިޓާލިއަން ލީގުގައި ރޭ ބޮލޯނިއާ އަތުން 3-0 އިން މޮޅުވެ ޔުވެންޓަސް އިން އަމިއްލަ ދަނޑުގައި ޖެހިޖެހިގެން 26 މޮޅު ހަމަކޮށް ރެކޯޑެއް ހަދައިފި އެވެ.
ޓިއުރިން (ޖެނުއަރީ 9) - އިޓާލިއަން ލީގުގައި ރޭ ބޮލޯނިއާ އަތުން 3-0 އިން މޮޅުވެ ޔުވެންޓަސް އިން އަމިއްލަ ދަނޑުގައި ޖެހިޖެހިގެން 26 މޮޅު ހަމަކޮށް ރެކޯޑެއް ހަދައިފި އެވެ.
ރޭގެ މޮޅާ އެކު ޔުވެންޓަސް ލީގުގެ އެއް ވަަނައިގައި އޮތީ 18 މެޗުން 45 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ރޯމާ ވަނީ 19 މެޗުން 41 ޕޮއިންޓް ހޯދައިފަ އެވެ. ރޯމާ ރޭ ކުޅުނު މެޗުން ވަނީ 1-0 އިން ޖެނޯއާ ބަލިކޮށްފަ އެވެ. ތިން ވަނައިގައި ނަޕޯލީ އޮތީ 19 މެޗުން 38 ޕޮއިންޓް ހޯދައިގެންނެވެ.
ރޭގެ މެޗުގައި ޔުވެންޓަސްގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ އާޖެންޓީނާގެ ފޯވާޑް ގޮންޒާލޯ ހިގައިން އެވެ. މިއީ މި ސީޒަނުގައި ނަޕޯލީ ދޫކޮށް 75 މިލިއަން ޕައުންޑަށް ޔުވެންޓަސް ބަދަލުވުމަށް ފަހު ހިގައިން ޖެހި 16 ވަނަ ގޯލެވެ.
ޔުވެންޓަސްގެ އަނެއް ލަނޑު ކާމިޔާބު ކުރީ އުއްމީދީ މިޑްފީލްޑަރު ޕައޮލޯ ޑީބަލާ އެވެ. ރޭގެ މެޗުގައި ހަތަރު ވަނަ ލަނޑެއް ޖަހަން ޔުވެންޓަސް އަށް ގިނަ ފުރުސަތުތަކެއް ލިބިގެންދިޔަ ނަމަވެސް ބޭނުމެއް ނުކުރެވުނެވެ.
ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އޭސީ މިލާން ވަނީ އަމިއްލަ ދަނޑުގައި ކަލިއަގްރީ އަތުން 1-0 އިން މޮޅުވެފަ އެވެ. މިލާންގެ ހަމައެކަނި ލަނޑު މެޗު ނިމެން ތިން މިނިޓަށް ވެފައިވަނިކޮށް ކާމިޔާބު ކުރީ ކާލޮސް ބައްކާ އެވެ.
ފަހަކަށް އައިސް ރަނގަޅު ފޯމެއްގައި އޮތް އިންޓަ އިން ރޭ ވަނީ ރަށުން ބޭރުގައި 2-1 އިން އުދިނޭޒީ ބަލިކޮށްފަ އެވެ. އުދިނޭޒީގެ ޔަކުބް ޔަންޓޯގެ ލަނޑުން އެ ޓީމު ލީޑުނަގާފައިވަނިކޮށް އިންޓަ މޮޅުވީ ފަހަތުން އަރަ އެވެ. އެ ޓީމުގެ ދެ ލަނޑު ވެސް ކާމިޔާބުކުރީ ކްރޮއޭޝިއާގެ މިޑްފީލްޑަރު އިވާން ޕެރިސިޗް އެވެ.
ހިގުއައިންގެ ލަނޑުތަކުން ޔުވެންޓަސް އަށް މޮޅެއް
އެލެގްރީގެ 100 ވަނަ މެޗުން ޔުވެންޓަސް އަށް މޮޅެއް
ޔުވެންޓަސް މޮޅުވިއިރު ހިގުއައިން ވިދާލައިފި
ރެކޯޑް މޮޅާ އެކު ޔުވެންޓަސް އިން ލީޑުފުޅާކޮށްފި
ފުރަތަމަ މެޗުން ހިގައިން ޔުވެންޓަސް މޮޅުކޮށްދީފި
ޔުވެންޓަސް އަށް ޖެހިޖެހިގެން ހަތަރު ވަނަ ތަށި، ހިގުއައިން އަށް ރެކޯޑެއް
ޔުވެންޓަސް އާއި އިންޓަ އެއްވަރުމުން ހުރިހާ އުފަލެއް ނަޕޯލީ އަށް
ބޭނުންވަނީ ޔުވެންޓަސްގައި ދެމި ހުންނަން: ޕޮގްބާ
މިލާން އަތުން ފިއޮރެންޓީނާ މޮޅުކޮށްދިނީ ޑެހެއާ
ޔުވެންޓަސްއިން ކީޕަރު ޝެޒްނީގެ ކޮންޓްރެކްޓް އުވާލައިފި