Roadha Mihaaru
ރަނގަޅަށް ނިދާ ކުދިންގެ ބަރުދަން ރަނގަޅުވޭ

ރަނގަޅަށް ނިދާ ކުދިންގެ ބަރުދަން ރަނގަޅުވޭ

06 ޖެނުއަރީ 2019

ކުޑަކުދިން ރޭގަނޑު ވަކި ވަގުތެއްގައި ނިދަން އާދަކޮށް އެކަށީގެންވާ ވަރަށް ނިދުމަކީ އެ ކުދިން އެކަށީގެންވާ ބަރުދަނެއްގައި ހުރުމަށް އެހީއަކަށްވާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

ކުޑަކުދިން ރޭގަނޑު ވަކި ވަގުތެއްގައި ނިދަން އާދަކޮށް އެކަށީގެންވާ ވަރަށް ނިދުމަކީ އެ ކުދިން އެކަށީގެންވާ ބަރުދަނެއްގައި ހުރުމަށް އެހީއަކަށްވާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

މި ދިރާސާކޮށްފައިވަނީ އެމެރިކާގެ އެކި ސިޓީތަކުން 2،200 ކުއްޖަކު ބައިވެރިކޮށްގެންނެވެ. އޭގެ ތެރެއިން ތިން ބައިކުޅަ އެއް ބަޔަކީ އެ ކުދިންގެ އުމުރާ އެކަށީގެންވާ ވަރަށް ނިދާ އަދި ވަކި ވަގުތެއްގައި ނިދަން އާދަކޮށްފައި ތިބި، އުމުރުން 5-9 އަހަރާ ދެމެދުގެ ކުދިންނެވެ.

މި ކުދިންނާއި، އުމުރުން ނުވަ އަހަރުވާއިރު ވެސް ވަކި ވަގުތެއްގައި ނިދަން އާދަކޮށްފައި ނެތް އަދި އެކަށީގެންވާ ވަރަށް ނުނިދާ ކުދިންނާ އަޅާބެލި އިރު މި ކުދިންނަކީ އުމުރުން 15 އަހަރު ފުރުނުއިރު ބޮޑީ މާސް އިންޑެކްސް (އިސްކޮޅާއި ބަރުދަނަށް ބަލައި، ހަށިގަނޑުގައި ފެޓް ހުރި ކަމަށް ލަފާކުރާ ވަރު) މަތި ކުދިންނެވެ.

"ކުދިން ގެންގުޅޭ ގޮތުން ކުޑައިރު އަދި ފުރާވަރުގައި ވެސް ޖިސްމާނީ ގޮތުން ސިއްހަތަށް އަސަރުކުރޭ. އެހެންވެ، ކުޑައިރުން ފެށިގެން ވަކި އުސޫލުތަކެއްގެ ތެރޭގައި ކުއްޖާ ގެންގުޅުމަކީ ދުޅަހެޔޮ ސިއްހަތެއް ހޯދައިދޭން މުހިންމު ކަމެއް،" ޕޭން ސްޓޭޓްގެ ދިރާސާގައި އިސްކޮށް ހުންނެވި އޮރެފޫ ބަކްސްޓަން ވިދާޅުވެފައިވެ އެވެ.

ބަކްސްޓަން އަކީ ޕޭން ސްޓޭޓް ޔުނިވަސިޓީގެ ސްލީޕް، ހެލްތު އެންޑް ސޮސައިޓީ ކޮލަބްރޭޓަރީގެ ޑިރެކްޓަރެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ޖިސްމާނީ، ނަފްސާނީ ދަސްކުރުމުގެ ގާބިލްކަމަށް ވެސް ނިދިން އަސަރުކުރޭ،" އޭނާ ވިދާޅުވި އެވެ.

މިކަމާ ބެހޭ ގޮތުން ކުރި ދިރާސާ ރިޕޯޓް ސްލީޕް ޖާނަލްގައި ވަނީ ޝާއިއުކޮށްފަ އެވެ.