Roadha Mihaaru
ރަންބީރާ އެކު ފިލްމެއް ކުޅެން ރަންވީރު ހުރީ ތައްޔާރަށް

އަންހެނުންގެ ކުރީގެ ލޯބިވެރިޔާއާ އެކު ފިލްމެއް ކުޅެން ރަންވީރު ހުރީ ތައްޔާރަށް

30 ޑިސެމްބަރ 2018

ކަލްޓް ފިލްމެއްގެ ދަރަޖަ ހޯދާފައިވާ 1994 ގެ ކޮމެޑީ ފިލްމު "އަންދާޒް އަޕްނާ އަޕްނާ" ގެ ދެވަނަ ބައެއް ހަދާކަން އަދިވެސް ކަށަވަރެއް ނުވެ އެވެ. އެކަމަކު ރާޖްކުމާރު ސަންތޯޝީ ލިޔެ، ޑައިރެކްޓްކޮށް ގެނެސް ދިން މި ކާމިޔާބު ފިލްމުގެ ސީކްއެލްއެއް ހެދުމުގެ ވާހަައަކީ ދޭތެރެ ދޭތެރެ އިން މީޑިއާތަކުގައި ވަރަށް ހޫނުކޮށް ދެކެވެމުން އަންނަ ވާހަކަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކަލްޓް ފިލްމެއްގެ ދަރަޖަ ހޯދާފައިވާ 1994 ގެ ކޮމެޑީ ފިލްމު "އަންދާޒް އަޕްނާ އަޕްނާ" ގެ ދެވަނަ ބައެއް ހަދާކަން އަދިވެސް ކަށަވަރެއް ނުވެ އެވެ. އެކަމަކު ރާޖްކުމާރު ސަންތޯޝީ ލިޔެ، ޑައިރެކްޓްކޮށް ގެނެސް ދިން މި ކާމިޔާބު ފިލްމުގެ ސީކްއެލްއެއް ހެދުމުގެ ވާހަައަކީ ދޭތެރެ ދޭތެރެ އިން މީޑިއާތަކުގައި ވަރަށް ހޫނުކޮށް ދެކެވެމުން އަންނަ ވާހަކަ އެވެ.

މި ފަހަރު "އަންދާޒް އަޕްނާ އަޕްނާ" ގެ ވާހަކަ ގަދަވެފައި މި ވަނީ މި ފާޑުގެ ފިލްމެއް ކުޅެލުމުގެ ޝައުގުވެރިކަން އެކްޓަރު ރަންވީރު ސިންގް ސޯޝަލް މީޑިއާގައި ހިއްސާ ކުރި ހިސާބުންނެވެ. ޓްވިޓާގައި ފޭނުން ކުރި ސުވާލުތަކުގެ ތެރެއިން ސުވާލެއްގެ ޖަވާބުގައި އޭނާ ބުނީ "އަންދާޒް އަޕްނާ އަޕްނާ" ކަހަލަ ކޮމެޑީއަކަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަށެވެ.

އެ ފިލްމުގައި ލީޑް ރޯލް ކުޅެފައި ވަނީ އާމިރު ހާނާއި ސަލްމާން ހާނާއި ކަރިޝްމާ ކަޕޫރްގެ އިތުރުން ރަވީނާ ޓަންޑަން އެވެ.

މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ ރަންވީރުގެ އެންމެ ފަހުގެ ފިލްމު "ސިމްބާ" ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި އޭނާ ޕިންކްވިލާ އަށް ބުނީ "އަންދާޒް އަޕްނާ އަޕްނާ" ގެ ސީކްއެލް އަންހެނުން ދީޕިކާ ޕަދްކޯންގެ ކުރީގެ ލޯބިވެރިޔާ ރަންބީރު ކަޕޫރާ އެކު ކުޅެން ވަރަށް ޝައުގުވެރި ކަމަކަށް ވާނެ ކަމަށެވެ.

"އެއީ އަހަރެންގެ އެންމެ ފެވަރިޓް އެކްޓަރުންގެ ތެރެއިން އެކަކު. އެހެންވީމާ އަންދާޒް އަޕްނާ އަޕްނާގެ ސީކްއެލް ރަންބީރާ އެކު ކުޅެލުމަކީ ވަރަށް ވެސް ތަފާތު ތަޖުރިބާއަކަށް ވާނެ،" ރަންވީރު ބުންޏެވެ. "އަހަރެން އުންމީދު ކުރަން އެ ފުރުސަތު ލިބޭނެ ކަމަށް."

އޭނާ ބުނި ގޮތުގައި ސީދާ "އަންދާޒް އަޕްނާ އަޕްނާ" ގެ ސީކްއެލް ނޫން ކަމަށް ވިޔަސް ރަންބީރާ އެކު ކޮންމެވެސް ދުވަހަކުން ފިލްމެއްގައި މަސައްކަތްކޮށްލަން ވަރަށް ބޮޑަށް ބޭނުންވެ އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން ކަރަން ޖޯހަރު އިއުލާންކޮށްފައިވާ ތާރީހީ ފިލްމު "ތަހުތު" ގައި ދެބޭންގެ ރޯލް ކުޅެން އެންމެ ފުރަތަމަ ހުށަހެޅީ ރަންވީރާއި ރަންބީރަށެވެ. އެކަމަކު ރަންބީރު އެ ފިލްމަށް އެއްބަސްނުވުމުން އެ ފިލްމުގައި ރަންވީރުގެ ކޮއްކޮއެއްގެ ރޯލް ކުޅެން ވިކީ ކޯޝަލް އަށް ވަނީ ފުރުސަތު ދީފަ އެވެ.

ރަންބީރާއި ރަންވީރު ވަނީ 2016 ގައި ގެނެސް ދިން ކަރަންގެ ޗެޓް ޝޯ "ކޮފީ ވިތު ކަރަން" ސީޒަން ފަހެއްގައި ވެސް ދެ މީހުން އެކުގައި ފިލްމެއްގައި މަސައްކަތްކޮށްލަން ބޭނުންވާ ކަމަށް ބުނެފަ އެވެ.

Emme bodu vaadhaveriyaky Ranveer: Ranbir Kapoor

Emme bodu vaadhaveriyaky Ranveer: Ranbir Kapoor

The most trusted news source in the Maldives

Mihaaru

ރަންބީރު ބުނެފައިވާ ގޮތުގައި ރަންވީރަކީ އޭނާގެ އެންމެ ބޮޑު ވާދަވެރިޔާ.

"އަހަރެން އުންމީދު ކުރަން ކައިރި މުސްތަގުބަލެއްގައި ރަންބީރާ އެކު ފިލްމެއް ކުޅެން ލިބޭނެ ކަމަށް،" ރަންވީރު ބުންޏެވެ.

ރަންބީރު ބުނެފައިވާ ގޮތުގައި ރަންވީރަކީ އޭނާގެ އެންމެ ބޮޑު ވާދަވެރިޔާ އެވެ.