ސޮނީ ސްޕޯޓްސް އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތުގެ ޒޯން ފަހެއްގެ ޗެމްޕިއަންކަން ފޯ ސީޒަން ލަނޑާ ގިރާވަރު ބަލިކޮށް އަނަންތަރާ ކިހާވަށް ވިލާސް އިން ހޯދައިފި އެވެ.
ސޮނީ ސްޕޯޓްސް އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތުގެ ޒޯން ފަހެއްގެ ޗެމްޕިއަންކަން ފޯ ސީޒަން ލަނޑާ ގިރާވަރު ބަލިކޮށް އަނަންތަރާ ކިހާވަށް ވިލާސް އިން ހޯދައިފި އެވެ.
އިއްޔެ ކުޅުނު ފައިނަލް މެޗު އަނަންތަރާ އިން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. އެ ޓީމުން މި މެޗުގެ ސެޓުތައް ގެންދިޔައީ 25-19, 25-17, 25-08 އިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އަނަންތަރާގެ ދިމުތު އުޕަސަންތާ އަށެވެ.
ޒޯން ފަހެއްގެ އެންމެ މޮޅު ހަ ކުޅުންތެރިއަކަށް ހޮވިފައިވަނީ އަނަންތަރާގެ ދިމުތު އާއި އަހުމަދު ހުސެއިން އަދި ޖަވާމް އަލީގެ އިތުރުން ފޯ ސީޒަންގެ ޝައްދާދު ޒަކީ އާއި އަކުރަމް އަބްދުﷲގެ އިތުުރުން ސޮނޭވާގެ އަލީ ވިޝާން އެވެ.
މި ޒޯންގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ އަނަންތަރާގެ ކޯޗު މުހައްމަދު ޝަރަފް އެވެ.
ޒޯން އެކެއްގެ ތިން ވަނަ ޝެރަޓަން އިން ހޯދީ ކުރުނބާ މޯލްޑިވްސް ބަލިކުރުމަށް ފަހު އެވެ. މި މެޗުގެ ސެޓުތައް ދިޔައީ 15-25، 26-24، 21-25، 10-25 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޝެރެޓަންގެ މުހައްމަދު ޒިޔާން އެވެ.
ރިސޯޓް ވޮލީއަށް ގެނައި ބަދަލުގެ ފައިދާ ފެނިއްޖެ
އަނަންތަރާ އިން ޒޯން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފި
ޒޯން ޗެމްޕިއަންސް ލީގު ބަނޑޮސް ކާމިޔާބުކޮށްފި
ގައުމީ ޒުވާން ވޮލީ ޓީމުގެ ކޯޗަކަށް އިރާންގެ ނަޒާރީ
ވޮލީގެ މަޝްހޫރު ވ.ގެ އަތޮޅު މުބާރާތް މިމަހު 15ގައި
ސިފައިންނާއި އެޗްޑީސީގެ ރޭންކިން މެޗު ކެންސަލް
ތިން ބައްޔާ އެކު ސިފައިންނާއި އެޗްޑީސީއަށް ނާކާމިޔާބު
ހުސެންގެ ފަހަތުންގޮސް އިންމައަށް އޭވީސީ ރެފްރީގެ ދަރަޖަ
ސީޒަން ފަސްކުރަން ޖެހުމުން، ސަރުކާރުން ބަދަލު ދެނީ
އެހެން ހަފުލާއަކަށް ޖާގަ ދޭން ވޮލީ ސީޒަން ފަސްކޮށްފި