23 ޑިސެމްބަރ 2018
ދެ މިނިސްޓްރީ އަކަށް ސްޓޭޓް މިނިސްޓަރުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އައްޔަން ކުރައްވައިފި އެވެ.
ދެ މިނިސްޓްރީ އަކަށް ސްޓޭޓް މިނިސްޓަރުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނިގޮތުގައި ހަޔަ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރެއްވީ ގ. އަލްފަރު، ޚަދީޖާ އާދަމް، އެވެ. މިއީ، އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރެއްވި ދެ ވަނަ ބޭފުޅާ އެވެ.
ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމަށް އައްޔަން ކުރެއްވީ ގ. ޒަމާނީއާކުލަ، މުހައްމަދު ޝާފިއީ، އެވެ. މީގެ ކުރިން ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި ދެ ބޭފުޅަކު އެ މިނިސްޓްރީ އަށް އައްޔަން ކުރައްވާފައިވެ އެވެ.
މި ސަރުކާރުގައި މިހާރު ތިއްބެވި ސްޓޭޓް މިނިސްޓަރުން އަދި އެ ފެންވަރުގެ މަގާމުތަކުގެ އަދަދަކީ 43 އެވެ.
ސްޓޭޓް މިނިސްޓަރެއްގެ މުސާރަ އަކީ މަހަކު 32،000ރ. އެވެ. އޭގެ އިތުރުން ސްޓޭޓް މިނިސްޓަރަކަށް މަހަކު 15،000ރ. ގެ އެލަވަންސެއް ލިބިވަޑައިގަންނަވާނެ އެވެ.
ޑެޕިއުޓީ މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު ލިބިވަޑައިގަންނަވާނީ 35،500ރ. އެވެ. އެއީ 20،500ރ. ގެ މުސާރަ އާއި 15،000ރ. ގެ އެލަވަންސެކެވެ.
ރައީސް އޮފީހުގެ ޗީފް ސްޓްރެޓެޖިސްޓުގެ މަގާމަށް ހޫދު
ސިޔާސަތާ ދެކޮޅަށް މަސައްކަތްކުރާ ނަމަ މަގާމު އަތުލާނެ
އަމްރު މަގާމުން ވަކިކުރަން ޕީސީބީއަށް ފޮނުވައިފި
ކެމްޕެއިނުގައި ބައިވެރިވާން ރިޔާޒު އިސްތިއުފާ ދީފި
އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަަކަށް އަނީލް
ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އަނަސް
ޔޫތަށް ހުސައިން އިސްމާއިލް، ޖެންޑާ އަށް ދަމާސް ޝިހާބު
ޝަރީފް، އެންވަޔަރުމެންޓްގެ ސްޓޭޓް މިނިސްޓަރަކަށް
އަލީސޯލިހާއި އަފްޒަލް ތިމާވެއްޓާ ބެހޭ މިނިސްޓްރީ އަށް
ޓޫރިޒަމް މިނިސްޓަރަކަށް ޑރ. މައުސޫމް