23 މެއި 2021
އެންވަޔަރުމެންޓް، ކްލައިމަޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މުހައްމަދު ޝަރީފް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އައްޔަން ކުރައްވައިފި އެވެ.
އެންވަޔަރުމެންޓް، ކްލައިމަޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މުހައްމަދު ޝަރީފް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އައްޔަން ކުރައްވައިފި އެވެ.
އޭނާ އެންމެ ފަހުން ހުންނެވީ މި މަހުގެ ފަސްވަނަ ދުވަހާ ހަމައަށް މި ސަރުކާރުގައި ހިންގި ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުގަ އެވެ.
ރައީސް، ކެބިނެޓަށް ގެންނެވި ބަދަލުތަކުގެ ދަށުން ކޮމިއުނިކޭޝަން މިނިސްޓްރީ އެ ދުވަހު އުވާލައްވައި އެ މިނިސްޓްރީގެ މަސައްކަތްތައް ވަނީ ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ދަށަށް ބަދަލުކުރައްވައިފަ އެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓަރަކަށް އައްޔަން ކުރެއްވީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާ އެވެ.
އައިޓީ ދާއިރާގައި ސަރުކާރުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ޝަރީފް، ތިމާވެއްޓާ ބެހޭ މިނިސްޓްރީގައި ވެސް ކުރައްވާނީ ކޮމިއުނިކޭޝަނާއި ސައިންސް އަދި ޓެކްނޮލޮޖީއާ ގުޅޭ މަސައްކަތްތައް ކަމަށް ބެލެވެ އެވެ.
އޭނާއަކީ އިންފޮމޭޝަން ޓެކްނޮލޮޖީ (އައިޓީ) ދާއިރާގެ ތަޖުރިބާކާރު ބޭފުޅެކެވެ. ޝަރީފް ވަނީ، ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) ގެ ޗީފް އިންފޮމޭޝަން އޮފިސަރުގެ މަގާމާއި ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް އަދި ހެޑް އޮފް ނެޓްވޯކްސްގެ މަގާމު ފުރުއްވައިފަ އެވެ.
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ގަވާނިން ބޯޑުގެ މެމްބަރެއްގެ ގޮތުގައި ވެސް ޝަރީފް އައިޓީ ދާއިރާ ތަމްސީލު ކުރެއްވި އެވެ. އިނގިރޭސި ވިލާތުގެ ޔުނިވާސިޓީ އޮފް ބާމިންގްހަމް އިން މާސްޓާ އޮފް އިންޖީނިއަރިން ހާސިލު ކުރައްވާފައިވާ ޝަރީފް ވަނީ ސައިރިކްސް ކޮލެޖްގެ އެކަޑެމިކް ޑިވެލޮޕްމަންޓްގެ ވައިސް ރެކްޓާގެ މަގާމު ވެސް ފުރުއްވައިފަ އެވެ.
ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ މަސައްކަތްތައް ތިމާވެއްޓާ ބެހޭ މިނިސްޓްރީ އަށް ބަދަލުކުރުމުން އެ ތަނުގެ ބައެއް އިސްވެރިން ވެސް ވަނީ ތިމާވެއްޓާ ބެހޭ މިނިސްޓްރީ އަށް ބަދަލުކުރައްވައިފަ އެވެ. އޭގެ ތެރޭގައި ސްޓޭޓް މިނިސްޓަރު އަލީ ސޯލިހާއި އަހުމަދު އަފްޒަލް އިބްރާހިމް ހިމެނިވަޑައިގަންނަވަ އެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީގައި ޝަރީފާއެކު ފަސް ސްޓޭޓް މިނިސްޓަރުން މިހާރު ތިއްބަވާނެ އެވެ.
ޝުކޫރަށް ސްޓޭޓް މިނިސްޓަރުކަން ދީފި
ކެމްޕެއިނުގައި ބައިވެރިވާން ރިޔާޒު އިސްތިއުފާ ދީފި
އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަަކަށް އަނީލް
ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އަނަސް
އަލީސޯލިހާއި އަފްޒަލް ތިމާވެއްޓާ ބެހޭ މިނިސްޓްރީ އަށް
ދެ ބޭފުޅަކަށް ސްޓޭޓް މިނިސްޓަރު ކަން ދެއްވައިފި
ރައީސް އޮފީހުގެ ޗީފް ސްޓްރެޓެޖިސްޓުގެ މަގާމަށް ހޫދު
ހުސައިން ވަހީދު ޔޫތަށް، ނާއިފް ހައުސިންއަށް
"މުވައްޒަފުންގެ ނަން ނުދިނީ ކޯޓުގެ ހުކުމެއް އޮތީމަ"
ސިޔާސީ މުވައްޒަފުންގެ ނަމަކީ ޒާތީ މައުލޫމާތެއް:ސަރުކާރު