09 ޖެނުއަރީ 2023
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓު، އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމަށް ކެމްޕެއިން ކުރެއްވުމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުން އަހުމަދު ރިޔާޒް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓު، އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމަށް ކެމްޕެއިން ކުރެއްވުމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުން އަހުމަދު ރިޔާޒް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
އެމްއެންޕީގެ ނައިބު ރައީސް އަދި ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްގެ ބޭބެ އަހުމަދު ރިޔާޒް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި ވިދާޅުވީ، އެ ނިންމުން ނިންމެވީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ނާޒިމްގެ ކެމްޕެއިނުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެން، އެ ކެމްޕެއިނަށް ވަގުތު ދެއްވަން ކަމަށެވެ.
ސަރުކާރުގައި މަސައްކަތް ކުރަން ފުރުސަތު ދެއްވީތީ ރިޔާޒްގެ ސިޓީގައި ރައީސަށް ޝުކުރު އަދާކުރެއްވި އެވެ.
ކުރިން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ރިޔާޒް ޓްރާންސްޕޯޓު މިނިސްޓްރީއަށް ބަދަލު ކުރީ އެޑިއުކޭޝަން މިނިސްޓްރީގައި ހުންނެވި އިރު ކުރި ޖިންސީ ފުރައްސާރައިގެ ތުހުމަތަކާ ގުޅިގެން ހަ މަސް ވަންދެން މުސާރަ ލިބޭ ގޮތަށް ސަސްޕެންޑުކޮށްފައި ބެހެއްޓުމަށް ފަހު އެވެ.
ތުހުމަތު ދޮގު ކުރައްވަމުން ރިޔާޒު ކުރިން ވިދާޅުވެފައި ވަނީ އޭނާ ގާނޫނާ ހިލާފު އެއްވެސް ކަމެއް ނުކުރައްވާ ކަމަށެވެ. އަދި ސިޔާސީ ބޭނުމަށް އަބުރު ކަތިނުލަން އެދިވަޑައިގަތެވެ.
ކެމްޕެއިނަށް ވަގުތު ހުސް ކުރުމަށް ރިޔާޒް އިސްތިއުފާ ދެއްވި އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ވަގުތު ދެއްވުމަށްޓަކައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެމްބަރުންކަމުން އެ ކޮމިޝަންގެ ނައިބު ރައީސް އަހުމަދު ގައިސް ވެސް އިއްޔެ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
ޒިހާން މަސައްކަތުން އެކަހެރިވީ އަމިއްލައަށް: ރައީސް އޮފީސް
ޓްރާންސްޕޯޓްގެ ޑެޕިއުޓީ މިނިސްޓަރު ހަމަދު އެމްޑީޕީއަށް
ސިޔާސަތާ ދެކޮޅަށް މަސައްކަތްކުރާ ނަމަ މަގާމު އަތުލާނެ
އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަަކަށް އަނީލް
ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އަނަސް
ޝަރީފް، އެންވަޔަރުމެންޓްގެ ސްޓޭޓް މިނިސްޓަރަކަށް
ދެ ބޭފުޅަކަށް ސްޓޭޓް މިނިސްޓަރު ކަން ދެއްވައިފި
ރައީސް އޮފީހުގެ ޗީފް ސްޓްރެޓެޖިސްޓުގެ މަގާމަށް ހޫދު
ހުސައިން ވަހީދު ޔޫތަށް، ނާއިފް ހައުސިންއަށް
ޝުކޫރަށް ސްޓޭޓް މިނިސްޓަރުކަން ދީފި