Roadha Mihaaru
މަހުން ހާއްސަ އަގެއް ހޯދައިދޭ އެއްބަސްވުމަށް ތާއީދު

މަސްވެރިންނަށް ކަޅުބިލަމަހުން ހާއްސަ އަގެއް ހޯދައިދޭ އެއްބަސްވުން ދަމަހައްޓައިފި

26 މެއި 2016

ދިވެހި މަސްވެރިންނަށް ކަޅުބިލަމަހުން ހާއްސަ އަގެއް ހޯދައި ދިނުމަށް އެހީތެރިވާ އެމްއެސްސީ ސެޓްފިކެޓް ދަމަހައްޓަން އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ) ގެ ގައުމުތަކުން މިއަދު އެއްބަސްވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ދިވެހި މަސްވެރިންނަށް ކަޅުބިލަމަހުން ހާއްސަ އަގެއް ހޯދައި ދިނުމަށް އެހީތެރިވާ އެމްއެސްސީ ސެޓްފިކެޓް ދަމަހައްޓަން އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ) ގެ ގައުމުތަކުން މިއަދު އެއްބަސްވެއްޖެ އެވެ.

ރީޔޫނިއަންގައި މިހާރު ހުންނެވި ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ "މިހާރަ"ށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެއްބަސްވުން ދެމެހެއްޓުމުގައި މަސްވެރިކަން ކުރާ ގައުމުތަކުގެ ތާއީދު ހޯދާފައިވާނެ ކަމަށެވެ.

ރާއްޖެއިން އިސްވެ މަޝްވަރާ ކުރި ގައުމުތަކުގެ ތެރޭގައި އިންޑިއާ، ސްރީލަންކާ އަދި ޔޫރަޕްގެ ބައެއް ގައުމުތައް ހިމެނެ އެވެ. ހާއްސަކޮށް ރައީސް އަބްދުﷲ ޔާމީން ވަނީ އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި، އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލު ކުރައްވައި މިކަމާ ގުޅޭ މަޝްވަރާތައް ކުރައްވައިފަ އެވެ.

ޝައިނީ ވިދާޅުވީ ރާއްޖޭގެ މަސްވެރިން އެންމެ ގިނަ އިން ބާނަނީ ކަޅުބިލަމަސް ކަމަށާއި މަސްވެރިންނަށް ރަނގަޅު އަގެއް ހޯދައި ދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާ ކަމަށެވެ.

"ވަކި ވަރަކަށް މަސް ބާނާށޭ ބުނުމަކީ ސަރުކާރުން ބޭނުންވާ ގޮތެއް ނޫން. ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަނީ މަސްވެރިންނަށް ރަނގަޅު އަގެއް ދެވޭތޯ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ޝައިނީ މިދިޔަ ބުރާސްފަތިދުވަހު "މިހާރާ" ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ނިޝާން އަލީ

މިނިސްޓަރު ޝައިނީ މިދިޔަ ބުރާސްފަތިދުވަހު "މިހާރާ" ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ނިޝާން އަލީ

ޝައިނީ ވިދާޅުވި ގޮތުގައި މަސްވެރިކަމުގެ ސްޓޮކް ދަށަށް ދިޔައީމަ، އެންމެ ފުރަތަމަ މަސް ބާނާވަރު މަދު ކުރަން ޖެހޭނީ އިންޑިއާ ކަނޑުގައި ދާ ޖަހައިގެން މަސް ނަގާ ބޯޓު ފަހަރުންނެވެ. އަދި އެންމެ ފަހުން މަސް ބާނާވަރު މަދު ކުރަން ޖެހޭނީ ދޮށީގެ މަސްވެރިކަމުގައި އުޅޭ މީހުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އައިއޯޓީސީގައި 32 ގައުމެއް ހިމެނޭއިރު، އެ ހުރިހާ ގައުމަކުން ނިންމާ ގޮތަކަށް އަމަލު ކުރަން ޖެހޭނެ ކަމަށާއި އެހެންނޫނީ ރާއްޖޭގެ މަސްވެރިން ބާނާ މަސް ބޭރު ގައުމުތަކަށް ނުވިއްކޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭން އައިއޯޓީސީގައި ދައްކާ ނަމޫނާ އާއި ދެމެހެއްޓެނިވި މަސްވެރިކަމަކަށް ކުރާ މަސައްކަތްތައް ފާހަގަކޮށް ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ތިން އެވޯޑެއް ލިބުނެވެ.