14 ޑިސެމްބަރ 2016
އެސްޓީއޯގެ ދަށަށް މިދިޔަ ސެޕްޓެމްބަރު މަހު ބަދަލުކޮށްފައިވާ މިފްކޯ އިން ރާއްޖޭގެ އެކި ސަރަހައްދުތަކުގެ މަސްވެރިންނަށް ދަރާފައިވާ ދަރަނި އަދާކޮށް ނިންމާފައިވާ ކަމުގެ ޔަގީންކަން އެ ކުންފުނިން ދީފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ރޭ ވިދާޅުވެއްޖެ އެވެ.
އެސްޓީއޯގެ ދަށަށް މިދިޔަ ސެޕްޓެމްބަރު މަހު ބަދަލުކޮށްފައިވާ މިފްކޯ އިން ރާއްޖޭގެ އެކި ސަރަހައްދުތަކުގެ މަސްވެރިންނަށް ދަރާފައިވާ ދަރަނި އަދާކޮށް ނިންމާފައިވާ ކަމުގެ ޔަގީންކަން އެ ކުންފުނިން ދީފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ރޭ ވިދާޅުވެއްޖެ އެވެ.
އަބަދުވެސް ފައިސާގެ މައްސަލަތައް ދިމާވެ، ސަރުކާރަށް ބަރޯސާވުން ބޮޑު ދައުލަތުގެ މަސް ކުންފުނި މިފްކޯ، އެސްޓީއޯގެ ދަށަށް ބަދަލުކުރީ ކުންފުނީގެ 300 މިލިއަން ރުފިޔާގެ ދަރަންޏާ އެކުގަ އެވެ. އޭގެ ތެރޭގައި މަސްވެރިންނަށް ނުދެވި ދެ މިލިއަން ރުފިޔާގެ ދަރަންޏެއް އޮތް ކަމަށް އިކޮނޮމިކް ކައުންސިލުން ވަނީ ބުނެފަ އެވެ.
ގއ. ގެމަނަފުށީގައި ބޭއްވި މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ޝައިނީ ވިދާޅުވީ މިފްކޯގެ ތެރޭގައި ހުރި މައްސަލަތަކާ މެދު އެސްޓީއޯއާ އެކު ވާހަކަ ދައްކައިގެން އަންނަ އަންނަ ފެބުއަރީ މަހުގެ ތެރޭގައި ހައްލު ހޯދޭތޯ މަސައްކަތް ކުރައްވާނެ ކަމަށް މެނޭޖިން ޑިރެކްޓަރު އަދުލީ އިސްމާއިލް ޔަގީންކަން ދެއްވާފައިވާ ކަމަށެވެ. އެކަން ބައްލަވާނެ ކަމަށް ވެސް މިނިސްޓަރު ޝައިނީ ވިދާޅުވި އެވެ.
އެސްޓީއޯގެ ދަށަށް މިފްކޯ ބަދަލުކުރަން ނިންމި މައިގަނޑު ސަބަބަކީ، ސަރުކާރުން ބުނެފައިވާ ގޮތުގައި އެ ކުންފުނީގެ ދަރަނި ބޮޑުވެފައިވާތީ އެކަމަށް ހައްލެއް ހޯދުމެވެ.
ކުރިން ހިންގި ގޮތުން ސަބްސިޑީގެ ގޮތުގައި ކޮންމެ އަހަރަކު ވެސް އެތައް މިލިއަން ރުފިޔާއެއް މިފްކޯ އަށް ދޭން ޖެހޭ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
ފައިސާ ދޭން ފެށުމުން މަސްވެރިން މުޒާހަރާ ހުއްޓާލައިފި
މިފްކޯ އޮތީ ހާލުގައި، މަހުގެ އަގަށް ބަދަލެއްނުގެނެވޭނެ
ދޮޅު އަހަރުގެ ތެރޭގައި މިފްކޯ އަށް ފައިދާވާނެ
މަސްވެރިންގެ ޝަކުވާތައް މިނިސްޓްރީން މިފްކޯ އަށް
"ބެޔަސް ނުބެޔަސް"އާ ދޭތެރޭ ޝަކުވާއެއް ނެތް: ޝައިނީ
މިފްކޯއަށް އަލުން ހިންދެމިލެވޭނެތަ؟
ފެއާ ޓްރޭޑް ސެޓްފިކެޓުގައި މަސް ބޭރު ކުރަން ފަށައިފި
މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ހެޔޮކުރަނީ
މަހުން ހާއްސަ އަގެއް ހޯދައިދޭ އެއްބަސްވުމަށް ތާއީދު
މަސްވެރިންނަށް މި މަހު 17 މިލިއަން ރުފިޔާ ޖަމާކޮށްފި