Roadha Mihaaru
މަސްވެރިންގެ ޝަކުވާތައް މިނިސްޓްރީން މިފްކޯ އަށް

މަސްވެރިންގެ ޝަކުވާތައް މިނިސްޓްރީން މިފްކޯ އަށް ހުށަހަޅައިފި

17 އެޕްރީލް 2018

ދެކުނުގެ އަތޮޅުތަކުގައި މަސްވެރިކަން އިންތިހާ އަށް ރަނގަޅުވި ދުވަސްވަރު، މިފްކޯއާ ގުޅޭ ގޮތުން މަސްވެރިން ހުށަހެޅި ޝަކުވާތައް ފިޝަރީޒް މިނިސްޓްރީން މިފްކޯއާ ހިއްސާކޮށްފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ދެކުނުގެ އަތޮޅުތަކުގައި މަސްވެރިކަން އިންތިހާ އަށް ރަނގަޅުވި ދުވަސްވަރު، މިފްކޯއާ ގުޅޭ ގޮތުން މަސްވެރިން ހުށަހެޅި ޝަކުވާތައް ފިޝަރީޒް މިނިސްޓްރީން މިފްކޯއާ ހިއްސާކޮށްފި އެވެ.

މިމަހު ކުރީކޮޅު ދެކުނުގެ އަތޮޅުތަކަށް އާދަޔާ ހިލާފަށް މަސްވެރިކަން ރަނގަޅުވެ ދުވާލެއްގެ މައްޗަށް 600 ޓަނަށް ވުރެ ގިނަ މަސް ބޭނި އެވެ. މަސްވެރިކަން ރަނގަޅުވުމާއެކު މަސް ކިރޭގެ ގޮތެއް ނެތުމާއި އައިސް ލިބުން ދަތިވުން ފަދަ މައްސަލަތައް ކުރިމަތިވި އެވެ.

Thinadhoo masverinnah ais nulibigen ihuthijaaju koffi

Thinadhoo masverinnah ais nulibigen ihuthijaaju koffi

The most trusted news source in the Maldives

Mihaaru

އައިސް ނުލިބިގެން މަސްވެރިން ޝަކުވާ ކުރުން--

މިދިޔަ ހަފުތާގެ ހޯމަ ދުވަހު، ފިޝަރީޒް މިނިސްޓްރީންގެ އެސިސްޓެންޓް ޑިރެކްޓާ އަބްދުﷲ ޖައުފަރު ސޮއިކުރައްވާ މިފްކޯގެ ސީއޯއޯ އަދުލީ އިސްމާއިލަށް، ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ކިޔޫގައި ނުޖެހޭ ދޯނިތަކަށް އައިސް ދޫކުރުމުން މަސްވެރިންގެ މަސްލަހަތު ގެއްލިފައިވާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ.

އަދި ގއ. ދެއްވަދު އާއި ގދ. ފަރެސްމާތޮޑާގެ އައިސްޕްލާންޓްތަކުން އައިސް ނުލިބުމުގެ ޝަކުވާ ވެސް މަސްވެރިން ވަނީ މިނިސްޓްރީ އަށް ހުށަހަޅާފައިކަމަށް ބުނެފައިވެ އެވެ.

ކަނޑުމަހުގެ މަސްވެރިކަން ކުރާ 12 ދޯނި ދުއްވާ ފަރެސްމާތޮޑާގައި ހުންނަނީ 25 ޓަނުގެ އައިސް ޕްލާންޓަކާއި 10 ޓަނުގެ އައިސް ޕްލާންޓެކެވެ. އެ ޕްލާންޓުން އެންމެ ފަހުން އައިސް ދޫކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. މަސްވެރިން އައިސް އެޅުމަށް ދިގު ދަތުރުތަކެއް ކުރަންޖެހޭތީ ދަނީ ޝަކުވާ ކުރަމުންނެވެ.

Faresmaathodaa in anna mahu ice libeyne: MIFCO

Faresmaathodaa in anna mahu ice libeyne: MIFCO

The most trusted news source in the Maldives

Mihaaru

އަންނަ މަހު ފަރެސްމާތޮޑާ އައިސްޕްލާންޓުން އައިސް ލިބޭނެ ކަމަށް ބުނުން--

މިފްކޯގެ ސީއޯއޯ ރަމްޒީ އަބޫބަކުރު މީގެ ކުރިން ވިދާޅުވީ ފަރެސްމާތޮޑާގެ އައިސް ޕްލާންޓު ހުއްޓުމަކަށް އައީ ޖަނަރޭޓަރަށާއި ޕްލާންޓަށް ތަފާތު މައްސަލަތައް ދިމާވެގެން ކަމަށެވެ. ރާއްޖެ އިން ބޭރުން ސްޕެއާ ޕާޓްސް ގެނެސް މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މަސްވެރިންގެ ޝަކުވާތައް މިނިސްޓްރީން މިފްކޯއަށް ހުށަހެޅުމާ ގުޅިގެން މިފްކޯގެ ބަހެއް އަދިވަނީ ލިބޭގޮތް ނުވެފަ އެވެ.

މިނިސްޓްރީގެ އެ ސިޓީގައި ވަނީ މިމަހު ކުރީކޮޅު މިފްކޯއިން މަސްވެރިންނަށް އައިސް ދޫކުރިގޮތުގެ ތަފްސީލް އެމިނިސްޓްރީއަށް ފޮނުވުމަށް އަންގާފަ އެވެ.