ނަސަންދުރާ ޕެލަސް ހޮޓަލް ހިންގުމަށް ގެލެކްސީ އެންޓަޕްރައިޒަސްއާ އެކު ހެދި އެއްބަސްވުން އުވާނުލައި މުއްދަތު އިތުރު ކުރިނަމަ، ދައުލަތަށް ހަތަރު މިލިއަނަށް ވުރެ ގިނަ ޑޮލަރު (61 މިލިއަން ރުފިޔާ)ގެ ފައިދާއެއް ލިބޭނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
18 ޑިސެމްބަރ 2018
ނަސަންދުރާ ޕެލަސް ހޮޓަލް ހިންގުމަށް ގެލެކްސީ އެންޓަޕްރައިޒަސްއާ އެކު ހެދި އެއްބަސްވުން އުވާނުލައި މުއްދަތު އިތުރު ކުރިނަމަ، ދައުލަތަށް ހަތަރު މިލިއަނަށް ވުރެ ގިނަ ޑޮލަރު (61 މިލިއަން ރުފިޔާ)ގެ ފައިދާއެއް ލިބޭނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
ނަސަންދުރާ ހިންގުމަށް ޓޫރިޒަމް މިނިސްޓްރީން ގެލެކްސީ އެންޓަޕްރައިޒަސްއާއެކު ސޮއި ކުރީ 2010 ވަނަ އަހަރު އެވެ. ނަމަވެސް މިނިސްޓްރީން ވަނީ އެ ބިން އެމްއެމްޕީއާރުސީގެ ދަށަށް ބަދަލުކޮށް، އެއްބަސްވުން ބާތިލްކުރުމަށް ފަހު، 2015 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޅިޔަނު އެއްލައިދޫ މުހަންމަދު މަނިކުގެ މަސްހަލަތު އޮންނަ އެންޕީއެޗް އިންވެސްޓްމެންޓާ ނަސަންދުރާ ހަވާލުކޮށްފަ އެވެ.
ނަސަންދުރާގެ މައްސަލަ ތަހުގީގު ކުރި ގޮތާ ގުޅިގެން އޭސީސީން ނެރުނު ބަޔާނެއްގައި ބުނީ ނަސަންދުރާ ތަރައްގީކޮށް ހިންގުމަށް ޓޫރިޒަމް މިނިސްޓްރީން އެމްއެމްޕީއާރުސީއާ ހަވާލުކުރީ ޓޫރިޒަމާ ބެހޭ ގާނޫނާ ހިލާފަށް އިއުލާން ކުރުމަކާ ނުލައި ކަމަށެވެ. އަދި ގެލެކްސީއާއެކު ހެދި އަށް އަހަރު ދުވަހުގެ އެއްބަސްވުން ނިމުމަކަށް ގެނައުމަށް ފަހު، އެމްއެމްޕީއާރުސީ މެދުވެރިކޮށް އެންޕީއެޗް އިންވެސްޓްމެންޓްއަށް ބިމުގެ ލީސް ހޯލްޑް ރައިޓްސް ވިއްކާލާފައިވާ ކަން އެނގެން އޮންނަ ކަމަށް އޭސީސީން ބުންޏެވެ.
ސަރުކާރުގެ ވިސްނުމަކީ ލީސް ހޯލްޑް ގަތް ކުންފުންޏާ ހަވާލުކޮށްގެން ނަސަންދުރަ ތަރައްގީކޮށް ހިންގުން ކަމަށްވާނަމަ، އެއްބަސްވުން ބާތިލް ކުރުމުގެ ބަދަލުގައި މުއްދަތު އިތުރު ކުރިނަމަ، ޓޫރިސްޓު ރިސޯޓު ކުއްޔަށް ދީފައިވާ މުއްދަތު އިތުރު ކުރުމަށް ފީ ނެގުމާ ބެހޭ ގަވައިދުގެ ދަށުން ފައިދާވާނެ ކަމަށް އޭސީސީން ބުންޏެވެ.
ނަސަންދުރަ ހުރި ބިމާ އިން ވެގެން އޮތް އައިލެންޑް އޭވިއޭޝަން ސާވިސަސް ހިންގި ހ. އޯކިޑް ލޮޖްގެ ބިމާއެކު 50 އަހަރަށް ކުއްޔަށް ދިނީ އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި އެއްވެސް ފައިސާއެއް ނުނަގައިކަން އޭސީސީން ފާހަގަކޮށްފައިވެ އެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ނަސަންދުރާ އެންޕީއެޗް އިންވެސްޓްމަންޓަށް ދޫކުރި މައްސަލައިގައި އޭރުގެ ޓުރިޒަމް މިނިސްޓަރު އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީން ޕީޖީއަށް ފޮނުވި އެވެ. އެކަމަކު، އެ މައްސަލައިގައި ދައުވާ ކުރެވެން ނެތް ކަމަށް ނިންމައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ވަނީ މައްސަލަ އަނބުރާ ފޮނުވާލައިފަ އެވެ.
ނަސަންދުރަ ބިމުގައި 25 ބުރީގެ އިމާރާތުގެ މަސައްކަތް މިހާރު ވެސް އެބަ ކުރެ އެވެ. އެ އިމާރާތުގެ 15 ޝީޓު މިހާރު ވަނީ އަޅައިފަ އެވެ.
އޭސީސީ އާއި ހޮންކޮންގެ އައިސީއޭސީ ދެމެދު އެއްބަސްވުމެއް
ދައުލަތުގެ ފާރަވެރިޔާ:ދަތް ނެތް ސިންގާއެއް؟!
ހޯދަން އެންގީ 2018 ގެ ކުރިން ދޫކުރި ފައިސާތައް
ގޮތެއް ނިންމައި ނަސަންދުރަ މަސައްކަތަށް ހުއްދަ ދީފި
ކޮރަޕްޝަންގެ ތުހުމަތުކުރަނީ ރާވައިގެން އަގު ވައްޓާލަން
ދައުލަތަށް 190 މިލިއަން ހޯދަން އޭސީސީން އެންގި
މިއަހަރު ބެލި މައްސަލަތަކުން 188 މިލިއަން ލިބެންޖެހޭ
ނަސަންދުރަ މައްސަލާގައި އަދި ގޮތެއް ނުނިންމަން:ރިފްއަތު
ނަސަންދުރާ: 86 މިލިއަން ރުފިޔާގެ ހިޔާނާތެއް!
ސްޓްރާޑާ އަށް ނާޖާއިޒު މަންފާ ހޯދައި ދިން: އޭސީސީ